ތެލުގެ ބާވަތްތަކުން ނަގާ ޑިއުޓީ ކުޑަކުރުމާ ގުޅިގެން މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ (އެމްއޭސީއެލް) އިން ވިއްކާ ތެލުގެ އަގު ހެޔޮކޮށްފި އެވެ.
07 ޖުލައި 2017
ތެލުގެ ބާވަތްތަކުން ނަގާ ޑިއުޓީ ކުޑަކުރުމާ ގުޅިގެން މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ (އެމްއޭސީއެލް) އިން ވިއްކާ ތެލުގެ އަގު ހެޔޮކޮށްފި އެވެ.
ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު ހިންގާ ކުންފުނިން ނެރުނު ނޫސްބަޔާނެއްގައި ބުނީ، އެ ކުންފުނިން ބައިނަލްއަގުވާމީ ދަތުރުތަކަށާއި ޑޮމެސްޓިކް ދަތުރުތަކަށް ވިއްކާ ތެލުގެ އަގު މިމަހުގެ އެއްވަނަ ދުވަހުން ފެށިގެން ހެޔޮކޮށްފައިވާ ކަމަށެވެ.
އެމްއޭސީއެލް އިން ބުނިގޮތުގައި ބައިނަލްއަގްވާމީ ދަތުރުތަކަށް މިހާރު ޖެޓް ފިއުލް ލިޓަރެއް ވިއްކަނީ 0.69 ސެންޓް (10.68ރ) އަށެވެ. އަދި އެތެރޭގެ ދަތުރުތަކަށް ތެޔޮ ލިޓަރެއް ވިއްކަނީ 0.69 ސެންޓް (10.76ރ) އަށެވެ.
އެމްއޭސީއެލް އިން ތެލުގެ އަގަށް ގެނައި ބަދަލާ ގުޅިގެން، ބައިނަލްއަގްވާމީ ދަތުރުތަކަށް ވިއްކާ ތެޔޮ ލިޓަރަކުން 36 ލާރީ ހެޔޮވިއިރު، އެތެރޭގެ ދަތުރުތަކުން ވަނީ 74 ލާރި ހެޔޮ ވެފަ އެވެ.
އެމްއޭސީއެލް އިން ތެލުގެ އަގު ހެޔޮކުރި ނަމަވެސް އެއާލައިންތަކުން ނަގާ ތެލުގެ ސާޗާޖަށް އެއްވެސް ބަދަލެއް ގެނައި ކަމެއް އެނގިފައެއް ނުވެ އެވެ.
ޖެޓް ފިއުލްގެ ސްޓޮކް ގެނެސްފި
އާ ފިއުލް ފާމް ބޭނުންކުރާނީ ސެޕްޓެމްބަރުގައި: މަހުޖޫބް
ޖެޓް ފިއުލްގެ މައްސަލަ ހައްލުކުރަން ހަފުތާއެއް ނަގާނެ
އިއްތިހާދު އެއާވޭސްގެ ހިދުމަތް އާ ޓާމިނަލްގައި ފަށައިފި
ކުރީގެ މެމްބަރު ޖަމީލް އުސްމާން، އެމްއޭސީއެލްގެ ބޯޑަށް
ކިއު މަދުކުރުމަށްޓަކައި ވީއައިއޭގައި އީގޭޓުތައް ހަރުކުރަން ފަށައިފި
އޮސްޓްރިއަން ވެސް ވީއައިއޭގެ ޓާމިނަލް 1 އަށް
ޔޫއެސް-ބަންގްލާ ވެސް ދެން ބޭނުންކުރާނީ ޓާމިނަލް 1
އެއާ އިންޑިއާއިން އާ ޓާމިނަލް ބޭނުންކުރަން ފަށައިފި
ފްލައިދުބާއީ ވެސް ވީއައިއޭގެ އާ ޓާމިނަލަށް