Roadha Mihaaru
އާޓިފިޝަލް ސްވީޓްނާއިން ހަކުރުބަލި ޖެހިދާނެ

އާޓިފިޝަލް ސްވީޓްނާއިން ހަކުރުބަލި ޖެހިދާނެ

19 ޖުލައި 2017

އާދައިގެ ހަކުރު ބޭނުންކުރުމުން ހަކުރު ބައްޔާއި އެނޫން ވެސް ބަލިތައް ޖެހިދާނެކަމުގެ ބިރަށްޓަކައި ގިނަ ބަޔަކު މިހާރު ވަނީ އާޓިފިޝަލް ސްވީޓްނާ ބޭނުންކުރަން ފަށާފަ އެވެ. ނަމަވެސް ސައިންސްވެރިން ކުރި ދިރާސާއަކަށް ފަހު އިންޒާރު ދެއްވި ގޮތުގައި އާޓިފިޝަލް ސްވީޓްނާ ގިނަ ދުވަސްތަކެއް ވަންދެން ބޭނުންކުރުމަކީ ބަރުދަން އިތުރުވެ ފަލަބައްޔާއި ހަކުރުބަލި އަދި ހިތުގެ ބަލިތައް ޖެހުމުގެ ނުރައްކާ އިތުރުވާ ކަމެކެވެ.

ފާތުމަތު އަނީސާ ފާތުމަތު އަނީސާ

އާދައިގެ ހަކުރު ބޭނުންކުރުމުން ހަކުރު ބައްޔާއި އެނޫން ވެސް ބަލިތައް ޖެހިދާނެކަމުގެ ބިރަށްޓަކައި ގިނަ ބަޔަކު މިހާރު ވަނީ އާޓިފިޝަލް ސްވީޓްނާ ބޭނުންކުރަން ފަށާފަ އެވެ. ނަމަވެސް ސައިންސްވެރިން ކުރި ދިރާސާއަކަށް ފަހު އިންޒާރު ދެއްވި ގޮތުގައި އާޓިފިޝަލް ސްވީޓްނާ ގިނަ ދުވަސްތަކެއް ވަންދެން ބޭނުންކުރުމަކީ ބަރުދަން އިތުރުވެ ފަލަބައްޔާއި ހަކުރުބަލި އަދި ހިތުގެ ބަލިތައް ޖެހުމުގެ ނުރައްކާ އިތުރުވާ ކަމެކެވެ.

ހަކުރުގެ ބަދަލުގައި ބޭނުންކުރާ މި އެއްޗަކީ ހަކުރު ގޮތަށް، ކާނާގައި ފޮނިރަހަ ލައްވާ އެއްޗެކެވެ. ނަމަވެސް މިއިން ލިބޭ ފުޑް އެނާޖީ ފާހަގަކޮށްލެވޭ ވަރަށް ދަށެވެ. ހަކުރުގެ ބަދަލުގައި ބޭނުންކުރާ މިފަދަ ބައެއް އެއްޗެހި ތައްޔާރުކުރަނީ ގުދުރަތީ މާއްދާތަކުން ނަމަވެސް މީގެ ބައެއް ވައްތަރުތައް ސިންތެޓިކް ބޭނުންކޮށްގެން ވެސް އުފައްދަ އެވެ. އާއްމުގޮތެއްގައި އާޓިފިޝަލް ސްވީޓްނާ ކިޔަނީ ގުދުރަތީ އެއްޗެހިން އުފައްދާ ތަކެތި ފިޔަވައި އެހެން ގޮތްގޮތަށް އުފައްދާ ތަކެއްޗަށެވެ.

އާޓިފިޝަލް ސްވީޓްނާގެ ތެރޭގައި ހިމެނޭ އެސްޕަޓޭމް، ސުކްރަލޯސް، ސްޓީވިއާ ކެއުމުގައި ބޭނުންކުރުމުން މެޓަބޮލިޒަމް އަށާއި ގޮހޮރުގައި ހުންނަ ބެކްޓީރިއާ އަށް އަދި ކާ ހިތްވުމަށް ނޭދެވޭ އަަސަރު ކުރާކަމަށް ސައިންސްވެރިން ބުނެ އެވެ. ނަމަވެސް މިކަމަށް ސައިންސްވެރިން ދައްކާފައިވާ ބައެއް ހެކިތަކަކީ ބައެއް މީހުން ގަބޫލުކުރާ ހެކިތަކަކަށް ނުވެ އެވެ.

މިފަހަރުގެ ދިރާސާ ހަދާފައިވަނީ ކެނެޑާގެ ޔުނިވަސިޓީ އޮފް މަނިޓޯބާ ގައެވެ. މި ދިރާސާގައި 10 ވަރަކަށް އަހަރު ވަންދެން ހަތަރު ލައްކަ ވަރަކަށް މީހުން އެެނަލައިޒް ކުރި އެވެ.

މި ޓްރައަލްގެ ނަތީޖާއިން ދެއްކި ގޮތުގައި އާޓިފިޝަލް ސްވީޓްނާ ބޭނުންކުރުމުން ބަރުދަން ލުޔެއް ނުވެ އެވެ. ނަމަވެސް ބަރުދަން އިތުރުވެ ހަކުރުބައްޔާއި ފަލަބަލި އަދި ހިތުގެ ބަލިތަކާއި އެނޫންވެސް ސިއްހީ އިތުރު މައްސަލަތައް ޖެހުމުގެ ފުރުސަތު އިތުރުވާކަން ވަނީ ހާމަވެފަ އެވެ.

ދިރާސާގެ ރިޕޯޓު ތައްޔާރުކުރި ޑރ. ރަަޔަން ޒަރިޗަންސްކީ ވިދާޅުވީ އާޓިފިޝަލް ސްވީޓްނާ ބޭނުންކުރާ އެތައް މިިލިއަން ބަޔަކު ދުނިޔޭގައި އުޅޭއިރު މި ބާވަތްތަކުގެ ކްލިނިކަލް ޓްރައަލްތަކުގައި ބައިވެރިކޮށްފައި ވަނީ ވަރަށް މަދު ބަޔަކު ކަމަށެވެ. އަދި އާޓިފިޝަލް ސްވީޓްނާ ދިގު މުއްދަތަކަށް ބޭނުންކުރުމުން ކުރާ އަސަރުތައް ރަނގަޅަށް ދެނެގަނެވެންދެން ކެއުމުގައި މި ބޭނުންކުރުމުގައި ސަމާލުވާން ޖެހޭ ކަމަށް އޭނާ ވިދާޅުވި އެވެ.

ކެނޭޑިއަން މެޑިކަލް އެސޯސިއޭޝަން ޖާނަލްގައި ޝާއިއުކޮށްފައިވާ މި ރިޕޯޓުގައި މި ޓީމުން ބުނެފައިވާ ގޮތުގައި މާބަނޑު މީހުން އާޓީފިޝަލް ސްވީޓްނާ ބޭނުންކުރުމުން ބަރުދަން އިތުރުވެ، އެމީހުންގެ ބަނޑުގައި އޮންނަ ދަރިފުޅުގެ ގޮހޮރުގައި ބެކްޓީރިއާ އަށަގަތުމާއި މެޓަބޮލިޒަމް ދަށްވުން ފަދަ ކަންތައްތައް ދިމާވެ އެވެ.

އާޓީފިޝަލް ސްވީޓްނާ ބޭނުންކުރުން މިހާރު ވަރަށް ބޮޑަށް އާއްމުވެފައި ވުމާއި އާދަޔާޚިލާފަށް ފަލަވުމުން ޖެހޭ ބަލިތައް ވެސް ގިނަވަމުން ދިއުމާއެކު މިކަމާ ގުޅޭ ގޮތުން އެކަށީގެންވާ އިތުރު ދިރާސާތައް ވަރަށް މުހިއްމުކަން މި ޓީމުން ވަނީ ފާހަގަ ކޮށްފަ އެވެ.