Roadha Mihaaru

ޔޫކޭގައި "ހަކުރު ޓެކްސް" މިލްކްޝޭކާއި ކޮފީއަށް ވެސް ފުޅާކުރަނީ

އިނގިރޭސި ވިލާތުގައި، ހަކުރު ހުންނަ ބުއިންތަކުން މިހާރު ނަގާ ޓެސްކް އިން ކުރިން އިސްތިސްނާކޮށްފައިވާ ބައެއް ބާވަތްތަކުން ވެސް ޓެކްސް ނަގަން ފެށުމަށް ބަޖެޓްގައި ހިމަނަން ނިންމައިފި އެވެ.

ޔޫކޭގައި "ހަކުރު ޓެކްސް" މިލްކްޝޭކާއި ކޮފީއަށް ވެސް

އިނގިރޭސި ވިލާތުގައި، ހަކުރު ހުންނަ ބުއިންތަކުން މިހާރު ނަގާ ޓެސްކް އިން ކުރިން އިސްތިސްނާކޮށްފައިވާ ބައެއް ބާވަތްތަކުން ވެސް ޓެކްސް ނަގަން ފެށުމަށް ބަޖެޓްގައި ހިމަނަން ނިންމައިފި އެވެ.

ބަޖެޓް ހުށަހެޅުމުގެ ކުރިން ހައުސް އޮފް ކޮމަންސްގައި ހެލްތު އެންޑް ސޯޝަލް ކެއާ ސެކްރެޓަރީ ވެސް ސްޓްރީޓިން ވިދާޅުވި ގޮތުގައި މިލްކްޝޭކާއި ކޮފީގެ ބުއިންތަކާއި ކިރުގެ ބަދަލުގައި ބޭނުންކުރެވޭ ބުއިންތަކުން ވެސް "ހަކުރު ޓެކްސް" ނަގަން ފަށާނެ އެވެ.

މިހާރު އެ ގައުމުގައި އާންމުކޮށް ހަކުރު ޓެކްސް ނަގަމުން އަންނަނީ ސޮފްޓް ޑްރިންކް އިންޑަސްޓްރީއަށް އަމާޒުކޮށެވެ. އަދި އާންމުކޮށް އެ ޓެކްސް ނަގަނީ ސުޕަމާޓްތަކުގައި ވިއްކާ ދަޅާއި ކާޓަން ފަދަ ތަކެތީގައި ހުންނަ ބުއިންތަކުންނެވެ.

ހެލްތު އެންޑް ސޯޝަލް ކެއާ ސެކްރެޓަރީ ވިދާޅުވީ ކިރު އަޅައިގެން ހަދާފައި ހުންނަ ބުއިންތަކުގެ ތެރެއިން ހަކުރު ހުންނަ ބާވަތްތަކުން ޓެކްސް ނަގަން ފަށާނީ ޖެނުއަރީ 1، 2028 އިން ފެށިގެން ކަމަށެވެ.

ސަރުކާރުން ބުނީ މިފަދަ ބުއިންތައް އުފައްދާ ކުންފުނިތަކުން ޖެހޭނީ ކަނޑައެޅޭ މިންވަރަކަށް ހަކުރު މަދުކުރަން ކަމަށާއި ނުވަތަ އިތުުރު ޓެކްސްއެއް ދައްކަން ކަމަށެވެ.

މާނަ އަކީ، އެ ބުއިންތަކުގެ އަގު ތަންކޮޅެއް ބޮޑުވުން ނުވަތަ މިހާރު ހުރި އަގުގައި ވިއްކަން ބޭނުން ނަމަ ހަކުރު މަދުކުރަންޖެހުމެވެ.

ޔޫކޭގައި ހަރުކު ޓެކްސް ތައާރަފްކުރީ ކޮންޒަވޭޓިވް ސަރުކާރުން 2018 ވަނަ އަހަރުގެ އޭޕްރިލް މަހު އެވެ. އެއީ ކާބޯތަކެތިން ހަކުރު މަދުކޮށް، ފަލަ ބަލީގެ މައްސަލަ ކުޑަކުރުމެވެ.

ހަކުރުގެ ޓެކްސް މިހާރު ނަގަނީ ހަކުރު އެކުލެވޭ ޕްރީ-ޕެކްޑް ސޮފްޓް ޑްރިންކުންނެވެ. ސުޕަމާކެޓްތަކުގައި ދަޅު، ފުޅި އަދި ކާޓަންގައި ވިއްކާ ހަކުރު އަދި ފިޒީ ސޮފްޓް ޑްރިންކަށް ވެސް މި އުސޫލު ހިނގަ އެވެ. އަލަށް ޓެކްސް ފުޅާކުރާ ތަކެއްޗާ އެކު މިލްކްޝޭކް އަދި ކޮފީ ޑްރިންކް ފަދަ ހަކުރު އެކުލެވޭ ޕްރީ-ޕެކްޑް މިލްކް ބޭސްޑް ބުއިންތަކުން ވެސް ހަކުރު ޓެކްސް ނަގާނެ އެވެ.

މީގެ އިތުރުން ސޯޔާ، އޯޓްސް އަދި ރައިސް މިލްކް ފަދަ ޕްލާންޓް ބޭސްޑް ޑްރިންކް ފަދަ ހަކުރު އެކުލެވޭ ބުއިންތައް ވެސް އޭގެ ތެރޭގައި ހިމަނާފައިވެ އެވެ. ކިރު އެކުލެވޭ ބުއިންތަކުން މީގެ ކުރިން ހަކުރު ޓެކްސް ނުގަނަނީ ކެލްސިއަމް އަކީ ކުޑަކުދިންނާއި ޒުވާނުންނަށް މުހިންމު ކެލްސިއަމް އެކުލެވިގެންވާ އެއްޗެއް ކަމަށް ބަލައިފަ އެވެ. އެކަމަކު ކިރު އެކުލެވޭ ބުއިމެއް ނަމަވެސް އަލަށް ގެންނަ ބަދަލުގައި، ހަކުރު ގިނަ ނަމަ އެ ބާވަތްތައް އިސްތިސްނާއެއް ނުވާނެ އެވެ.

އިނގިރޭސި ވިލާތުގެ ނެޝަނަލް ހެލްތު ސާވިސް އިން ލަފާދޭ ގޮތުގައި ބޮޑެތި މީހުން ދުވާލަކު 30 ގްރާމަށް ވުރެ ގިނައިން ހަކުރު ބޭނުންކުރުން ރައްކާތެރިއެއް ނޫނެވެ. ކުޑަކުދިން (2-3 އަހަރާ ދެމެދުގެ ކުދިން) ދުވާލަކު 12 ގްރާމަށް ވުރެ ގިނައިން ހަކުރު ބޭނުންކޮށްގެން ނުވާނެ އެވެ. އެކި އުމުރުފުރާތަކަށް ހަކުރު ބޭނުންވާ ވަރު ތަފާތުވެ އެވެ.