އެޕަލް އިން ބުނަނީ ކުއަލްކޮމް އިން ބުނާ ވަރުގެ ފީއެއް ދޭން ނުޖެހޭނެ ކަމަށެވެ. އެ ބުނުން ދަމަހައްޓައި، ކުއަލްކޮމް އަށް ދައްކަންޖެހޭ އެތައް ފައިސާއެއް އެޕަލް އިން ވަނީ ހިފަހައްޓާފަ އެވެ. އައިފޯނުގައި ބޭނުންކުރާ ކުއަލްކޮމް ޓެކްނޮލޮޖީ އަށް ލައިސަންސް ފީ ދައްކަން ޖެހޭނެ ކަމަށް ކުއަލްކޮމް ތަކުރާރުކޮށް ބުނެ އެވެ.
19 ޖުލައި 2017
އެޕަލް އިން ބުނަނީ ކުއަލްކޮމް އިން ބުނާ ވަރުގެ ފީއެއް ދޭން ނުޖެހޭނެ ކަމަށެވެ. އެ ބުނުން ދަމަހައްޓައި، ކުއަލްކޮމް އަށް ދައްކަންޖެހޭ އެތައް ފައިސާއެއް އެޕަލް އިން ވަނީ ހިފަހައްޓާފަ އެވެ. އައިފޯނުގައި ބޭނުންކުރާ ކުއަލްކޮމް ޓެކްނޮލޮޖީ އަށް ލައިސަންސް ފީ ދައްކަން ޖެހޭނެ ކަމަށް ކުއަލްކޮމް ތަކުރާރުކޮށް ބުނެ އެވެ.
ކުއަލްކޮމް އާއި އެޕަލް އަރާރުންވާން ފެށީ އެޕަލް އިން ގޮތް ދޫނުކުރުމުގެ ސަބަބުންނެވެ. އެޕަލް އިން ތުހުމަތުކުރާ ގޮތުގައި، ކުއަލްކޮމް އިން ފީ ނަގަނީ އެ ފަހަރަކު ހިތަށް އެރި ވަރަކަށެވެ. ކުއަލްކޮމް އިން ބުނަނީ ލައިސަން ފީ ނޫން އަގެއް ނުނަގާ ކަމަށެވެ. މި މައްސަލަ ކޯޓުގައި ދިގުދެމިންގެން ދާތާ ހައެއްކަ މަސް މިހާރު ވަނީ ވެފަ އެވެ.
މި މައްސަލާގައި ކުއަލްކޮމްގެ ރުޅިގަނޑު މަޑުވެ، ރާގު ބަދަލުވާން ވަނީ ފަށާފަ އެވެ. ބުނަނީ މިހެންނެވެ؛ މިއީ ކޯޓުން ބޭރުގައި ހައްލުކުރެވެން ޖެހޭނެ މައްސަލައެކެވެ. އެ ކެތްތެރިކަމާއި ރޫހު، ވިޔަފާރި ކުންފުނިތަކުގެ މެދުގައި އޮންނަން ވާނެ ކަމަށެވެ.
ހައިޓެކް ކުންފުނިތަކުގެ މެދުގައި ހިނގާ ބޮޑެތި މައްސަލަތަކުގެ މަދު ޕަސެންޓެއް މެނުވީ، ފަނޑިޔާރުގެ މުގުރުބުރިން ނިންމާކަށް ނުޖެހެ އެވެ. ގިނަ މައްސަލަތައް ނިމެނީ ކޯޓުން ބޭރުގައި، ކޮފީ މޭޒު ދޮށުގައި އަދި ދިގުދެމިގެންދާ ބަހުސްތަކަކަށް ފަހު އެވެ. މައްސަލަ ނިމޭއިރު ކޮންމެވެސް ބަޔަކު، ކޮންމެވެސް ބަޔަކަށް ބޮޑު އަދަދަކުން ފައިސާ ދައްކަ އެވެ. ކޯޓުގައި މައްސަލަ ދިގުދެމިގެން ދިއުމަކީ ދެ ކުންފުންޏަށް ވެސް ބޮޑެތި ގެއްލުންވާ ކަމެކެވެ. ކޯޓަށް ދައްކަންޖެހޭ ފީ އަދި ވަކީލުން ދައްކަންޖެހޭ ފީ، އެއް ނޫޓު މައްޗަށް އަނެއް ނޫޓު އަރައި ފުނިޖެހި އިތުރުވަމުން ދާތީ އެވެ.
އެޕަލް އާ ކުއަލްކޮމް ދެމެދުގައި ޖެހިގެން އުޅޭ މައްސަލާގައި، ރަނގަޅީ ކޮން ބައެއްކަން އަހަރެމެންނަކަށް ނޭނގެ އެވެ. އެނގޭހާ ވެސް އެއްޗަކީ މައްސަލަ ނިމޭއިރު، ފައިސާ ދައްކަން ޖެހޭ ބަޔަކު، ބޮޑު އަދަދަކުން ހިސާބު ޖަހަންޖެހޭނެ ކަމެވެ.
5ޖީ އައިފޯނަށް އެޕަލްގެ އަމިއްލަ މޯޑެމް އަވަސްވެދާނެ
އިންޓެލްގެ މޯޑެމް ޗިޕް ޑިވިޒަން އެޕަލް އިން ގަންނަނީ
އައިފޯން 10: "އެޕަލް އޭ11 ބަޔޮނިކް" ޗިޕް
އައިފޯނަށް ސެމްސަންގުން ހެދީ ފެންވަރު ދަށް ޗިޕްތަކެއް؟
"ޖެއްސުންކުރާތީ" ކުއަލްކޮމް ގޮވައިގެން އެޕަލް ކޯޓަށް
ޓީ-މޮބައިލް ނެޓްވޯކުގައި އައިފޯނަށް ސްޓާލިންކް ހިދުމަތް
އައިފޯނު 16 ޕްރީއޯޑަރު ކުރި ކަސްޓަމަރުންނަށް ފޯނު ދީފި
އައިފޯން 16 ބެސްޓްބައި މޯބައިލްގެ ޑިސްޕްލޭއަށް
އައިފޯން 16ގެ ޕްރީ އޯޑަރަށް އުރީދޫން މިރޭ ހުޅުވާލަނީ
އެޕަލް އައިފޯނާއި ގަޑި އަދި އެއާޕޮޑްސް ދައްކާލައިފި