24 ޖުލައި 2017
ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އަށް މި އަހަރުގެ ދެވަނަ ކުއާޓަރު ނިމުނުއިރު ސާފު ފައިދާގެ ގޮތުގައި 183.4 މިލިއަން ރުފިޔާ ލިބިއްޖެ އެވެ.
ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އަށް މި އަހަރުގެ ދެވަނަ ކުއާޓަރު ނިމުނުއިރު ސާފު ފައިދާގެ ގޮތުގައި 183.4 މިލިއަން ރުފިޔާ ލިބިއްޖެ އެވެ.
ރާއްޖޭގެ އެންމެ ބޮޑު ބޭންކުން މިއަދު އާއްމުކުރި މިދިޔަ ކުއާޓަރުގެ މާލީ ހިސާބުތައް ދައްކާ ގޮތުން އެ ބޭންކަށް އާމްދަނީގެ ގޮތުގައި 561.4 މިލިއަން ރުފިޔާ ލިބިފައިވެ އެވެ. އެގޮތުން އިންޓަރެސްޓާއި އެފަދަ އެހެން އާމްދަނީގެ ގޮތުގައި އެ ބޭންކަށް 358.9 މިލިއަން ރުފިޔާ ލިބިފައިވާއިރު ފީތަކާއި އެހެނިހެން ކޮމިޝަނުން އާމްދަނީގެ ގޮތުގައި 174.3 މިލިއަން ރުފިޔާ ލިބިފައިވާ ކަމަށް އެ ހިސާބުތަކުން ދައްކަ އެވެ.
ބީއެމްއެލްއިން އާއްމުކުރި ހިސާބުތައް ދައްކާ ގޮތުން ހިންގުމުގެ ފައިދާގެ ގޮތުގައި އެ ބޭންކަށް މިދިޔަ ކުއާޓަރުގައި 483.7 މިލިއަން ރުފިޔާ ލިބިފައިވެ އެވެ. އަދި ހިންގުމުގެ ހަރަދުގެ ގޮތުގައި 114.5 މިލިއަން ރުފިޔާ ހޭދަކޮށްފައިވާ ކަމަށް ވެސް އެ ހިސާބުތަކުން ދައްކަ އެވެ. އޭގެ އިތުރުން ދޫކޮށްފައިވާ ލޯނުތަކުގެ ތެރެއިން އަނބުރާ ނުލިބޭނެ ކަމަށް ބަލައި 123.1 މިލިއަން ރުފިޔާ އުނިކޮށްފައިވެ އެވެ.
އެ ބޭންކުގެ މިދިޔަ ކުއާޓަރުގެ ހިސާބުތައް ދައްކާ ގޮތުން ހިއްސާއަކަށް 136ރ. ފައިދާގެ ގޮތުގައި ޖެހިފައިވެ އެވެ.
އެ ބޭންކުން ނެރުނު ނޫސްބަޔާނެއްގައި ބުނެފައި ވަނީ ކުރިން ލިބޭނެ ކަމަށް ލަފާކުރި މާލީ ނަތީޖާ އަށް ވުރެ ރަނގަޅު މާލީ ނަތީޖާއެއް މި އަހަރުގެ ދެވަނަ ކުއާޓަރުގެ އިތުރުން އަހަރުގެ މިހާތަަނަށް ވެސް ހޯދާފައިވާ ކަމަށެވެ.
ބީއެމްއެލް އިން ބުނީ ހިންގުމަށް ބޮޑު ހަރަދެއް ކުރަމުން އަދި އިންވެސްޓްމަންޓްތައް ކުރިޔަށް ގެންދަމުން ވެސް އެ ބޭންކުން މިދިޔަ ކުއާޓަރުގައި ވިޔަފާރީގެ މައިގަނޑު ހުރިހާ ދާއިރާއަކުން ވެސް ހަރުދަނާ ކުރިއެރުންތަކެއް ހޯދާފައިވާ ކަމަށެވެ. އަދި ލޯނު ދޫކުރި ނިސްބަތް ހަރުދަނާ މިންވަރެއްގައި ދެމެހެއްޓެމުންދާއިރު، ބޭންކުގެ ރައުސުލްމާލާއި ލިކުއިޑިޓީ ރޭޝިއޯ ވަނީ ރަނގަޅު މިންވަރެއްގައި ހިފެހެއްޓިފައިވާ ކަމަށެވެ.
"މިދިޔަ އަހަރުގެ ރެކޯޑް ފައިދާ އަކަށް ފަހު ބީއެމްއެލްއިން ފަށާފައިވާ ފުޅާ އިންވެސްޓްމަންޓް ޕްރޮގްރާމާއެކު ހިންގުމުގެ ހަރަދު އިތުރުވެފައިވުމާއި ފައިދާގެ ރޭޓްތައް ކުޑަކޮށްފައިވާތީވެ، 2017 ވަނަ އަހަރު ފައިދާ އަށް އަސަރުކޮށްފާނެ ކަމަށް ބީއެމްއެލްއިން ވަނީ ލަފާކޮށްފައި. މިއަދު ހާމަކުރި ނަތީޖާތައް ދައްކާ ގޮތުން މި އަހަރުގެ ފުރަތަމަ ހަ މަސްދުވަހުގެ ޓެކްސް އަށް ނުކަނޑައި ފައިދާގެ ގޮތުގައި ބީއެމްއެލް އަށް 592 މިލިއަން ރުފިޔާ ވަނީ ލިބިފައި،" އެ ބޭންކުން ބުންޏެވެ.
ބީއެމްއެލް އިން ބުނީ މިދިޔަ ކުއާޓަރުގައި ލިބުނު ފައިދާއަކީ މިދިޔަ އަހަރުގެ ފުރަތަމަ ހަ މަސްދުވަހާ އަޅާބަލާއިރު 17 ޕަސެންޓްގެ ކުރިއެރުމެއް ކަމަށެވެ. އަދި އެއީ ލަފާކުރި މިންވަރަށްވުރެ މަތީ އަދަދެއް ކަމަށް ވެސް އެ ބޭންކުން ބުންޏެވެ.
ދެވަނަ ކުއާޓަރުގައި ލިބުނު ނަތީޖާއާ ބެހޭ ގޮތުން އެ ބޭންކުގެ ސީއީއޯ އެންޑްރޫ ހީލީ ވިދާޅުވީ މި އަހަރުގެ ފުރަތަމަ ހަ މަސްދުވަހުގެ ތެރޭގައި ލިބުނު ރަނގަޅު ނަތީޖާއާ މެދު ވަރަށް ހިތްހަމަޖެހިވަޑައިގަންނަވާ ކަމަށެވެ. އަދި ކުރިން ލަފާކުރި މިންވަރަށްވުރެ ރަނގަޅު ނަތީޖާއެއް ހޯދިފައި ވަނީ ބޭންކްގެ ޕްރޮޑަކްޓްތަކަށް އަދި ހިދުމަތްތަކަށް ކަސްޓަމަރުންގެ ފަރާތުން ލިބެމުން އަންނަ ބޮޑު ތަރުހީބުގެ ސަބަބުން ކަމަށް ވެސް އޭނާ ވިދާޅުވެފައިވެ އެވެ.
"ވަރަށް ބުރަ ދުވަސްވަރެއް ނަމަވެސް އަޅުގަނޑުމެންގެ މުވައްޒަފުން ދަނީ ހީވާގިކަމުގެ ލާމަސީލު ނަމޫނާއެއް ދައްކަމުން. ހާއްސަކޮށް މުޖުތަމަޢުތަކާ ބޭންކާ ދެމެދު އޮތް ގުޅުން އިތުރަށް ބަދަހި ކުރުމަށް ހިންގުނު 'އަހަރެންގެ ބޭންކް' ކޮމިއުނިޓީ ކެމްޕޭންގެ ތެރެއިން ފެނުނު ގިނަ އަދަދެއްގެ އިވެންޓްތަކާއި ހަރަކާތްތައް ފާހަގަކޮށްލެވޭ. މި ކާމިޔާބީ ދެމެހެއްޓުމަށްޓަކައި މި އަހަރުގެ ބާކީ އޮތް ދުވަސްތަކުގައި ވެސް އަޅުގަނޑުމެން ބުރަކޮށް މަސައްކަތްކުރަމުން ދާނަން،" އެންޑްރޫ ވިދާޅުވި އެވެ.
ބީއެމްއެލްއަށް 239 މިލިއަން ރުފިޔާގެ ސާފު ފައިދާއެއް
ބީއެމްއެލްއަށް 448 މިލިއަންގެ ސާފު ފައިދާއެއް
ބީއެމްއެލްގެ ފުރަތަމަ ކުއާޓާގައި 493 މިލިއަން
3 ވަނަ ކުއާޓާގައި ބީއެމްއެލްއަށް 367 މިލިއަން
ދެވަނަ ކުއާޓާގައި ބީއެމްއެލްއަށް 592 މިލިއަން ރުފިޔާ
ބީއެމްއެލް ހިއްސާގެ ފައިދާގެ ގޮތުގައި ރެކޯޑު އަދަދެއް
ބީއެމްއެލްގެ ބޯޑަށް ކުރިމަތިލާން ހުޅުވާލައިފި
ބީއެމްއެލުން ހިއްސާއަކަށް 15ރ. ބަހަން ނިންމައިފި
ކޮވިޑާ އެކު ބީއެމްއެލްގެ ފައިދާ 60 ޕަސެންޓް ދަށް
ތިންވަނަ ކުއާޓާގައި ބީއެމްއެލްގެ ފައިދާ 258މިލިއަނަށް