25 ޖުލައި 2018
ބޭންކް އޮފް މޯލްޑިވްސް އަށް މިދިޔަ ކުއާޓަރުގައި 239 މިލިއަން ރުފިޔާގެ ބޮޑު ފައިދާއެއް ލިބިއްޖެ އެވެ.
ބޭންކް އޮފް މޯލްޑިވްސް އަށް މިދިޔަ ކުއާޓަރުގައި 239 މިލިއަން ރުފިޔާގެ ބޮޑު ފައިދާއެއް ލިބިއްޖެ އެވެ.
ރާއްޖޭގެ އެންމެ ބޮޑު ބޭންކުން މިއަދު އާއްމުކުރި މި އަހަރުގެ ދެވަނަ ކުއާޓަރުގެ މާލީ ހިސާބުތައް ދައްކާ ގޮތުން ޖުމްލަ އާމްދަނީގެ ގޮތުގައި 600 މިލިއަން ރުފިޔާ ލިބުނެވެ. އޭގެ ތެރޭގައި އިންޓަރެސްޓާއި އެފަދަ އެހެން އާމްދަނީން 388.7 މިލިއަން ރުފިޔާ އަދި ފީ އާއި ކޮމިޝަން އިންކަމްގެ ގޮތުގައި 190.9 މިލިއަން ރުފިޔާ ލިބިފައިވެ އެވެ.
މިދިއަ ކްއާޓަރުގައި އިންކަމް ޓެކްސްގެ ގޮތުގައި ބީއެމްއެލުން ވަނީ ދައުލަތަށް 92 މިލިއަން ރުފިޔާ ދައްކާފަ އެވެ. އެހެންކަމުން ޓެކްސް އަށް ކެނޑުމުގެ ކުރިން މިދިއަ ކްއާޓަރުގެ ފައިދާއަކީ 331 މިލިއަން ރުފިޔާ އެވެ.
ބީއެމްއެލްގެ މިދިޔަ ކުއާޓަރުގައި ހިންގުމުގެ ފައިދާއަކީ 503.1 މިލިއަން ރުފިޔާ އެވެ. އަދި އުފެއްދުންތެރި ނޫން ލޯނުތަކަށް އާމްދަނީން 47.3 މިލިއަން ރުފިޔާ މިދިޔަ ކުއާޓަރުގައި އުނިކޮށްފައިވެ އެވެ.
ބީއެމްއެލުން ނެރުނު ނޫސްބަޔާނެއްގައި ބުނެފައި ވަނީ މި އަހަރުގެ ފުރަތަމަ ހަ މަސް ދުވަހުގެ މާލީ ނަތީޖާތައް ދައްކާ ގޮތުން ޓެކްސް އަށް ކެނޑުމުގެ ކުރިން 687 މިލިއަން ރުފިޔާގެ ފައިދާއެއް ލިބުނު ކަމަށެވެ. މިއީ މިދިޔަ އަހަރުގެ އެ މުއްދަތާ އަޅާބަލާއިރު 16 ޕަސެންޓް އިތުރު އަދަދެއް ކަމަށް ވެސް ބީއެމްއެލުން ބުންޏެވެ.
މިދިޔަ އަހަރު ބީއެމްއެލަށް ވަނީ ރެކޯޑް އަދަދެއްގެ ފައިދާއެއް ވެފަ އެވެ. އެ ބޭންކުން ޓެކްނޮލޮޖީ ދާއިރާ އާއި އިޖުތިމާއީ ކަންކަމުގައި ކުރާ އިންވެސްޓްމަންޓް ޕްރޮގްރާމް ބޮޑުވެފައި ވާތީ، މި އަހަރުގެ ފައިދާއަށް އަސަރު ކުރާނެ ކަމަށް ކުރިން އޮތީ އަންދާޒާކޮށްފަ އެވެ. ނަމަވެސް، ވިޔަފާރީގެ ހުރިހާ ދާއިރާއަކުން ވެސް ލިބުނު ކުރިއެރުމާއި އުފެއްދުންތެރި ނޫން ލޯނުގެ ނިސްބަތް ކުޑަކުރުމުގެ ސަބަބުން ފުރަތަމަ ހަ މަސް ދުވަހުގެ ނަތީޖާ، ކުރިން ލަފާކުރި މިންވަރަށް ވުރެ ރަނގަޅުވެފައިވާ ކަމަށް ބީއެމްއެލުން ބުންޏެވެ.
ސީއީއޯ އެންޑްރޫ ހީލީ ވިދާޅުވީ މި އަހަރުގެ ފުރަތަމަ ހަ މަސް ދުވަސް ކާމިޔާބުކަމާ އެކީ ނިންމާލެވުމަކީ ލިބޭ ވަރަށް ބޮޑު އުފަލެއް ކަމަށެވެ. އަދި ބޭންކުގެ ފަންޑިން ކޮސްޓާއި އިންވެސްޓްމަންޓް އިތުރުވުމުން ފައިދާއަށް ހީނަރުކަމެއް އަންނާނެ ކަމަށް ލަފާކުރެވުނަސް، އަހަރުން އަހަރަށް މާލީ ނަތީޖާ ރަނގަޅުވުމަކީ ވެސް ވަރަށް ބޮޑު ހިތްހަމަޖެހުމެއް ކަމަށް އޭނާ ވިދާޅުވި އެވެ.
"މި ނަތީޖާ ހޯދުނީ އަޅުގަނޑުމެންގެ ޕްރޮޑަކްޓްތަކާއި ހިދުމަތްތަކަށް ކަސްޓަމަރުންގެ ޑިމާންޑް އޮތްވަރު އިތުރުވުމާއި ދޫކުރެވުނު ލޯނުގެ ފެންވަރު ރަނގަޅުވުމުން. މި ފުރުސަތުގައި މުޅި ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ނުހަނު ބުރަކޮށް މަސައްކަތްކުރަމުންދާ ބޭންކުގެ މުވައްޒަފުންނަށް ވަރަށް ހާއްސަ ޝުކުރެއް އަދާކުރަން،" އެންޑްރޫ ވިދާޅުވި އެވެ.
އެ ބޭންކުން ވަނީ ބްރާންޗް، ރިލޭޝަންޝިޕް މެނޭޖަރުން، ސެލްފް ސާވިސް ބޭންކިން ސެންޓަރު، އޭޓީއެމް، ޕީއޯއެސް މާޗަންޓުން އަދި 20 އަތޮޅުގައި އެޖެންޓުން ހިމެނޭ ބޭންކިން ވިއުގައެއްގެ އިތުރުން އެންމެ ޒަމާނީ އޮންލައިން ބޭންކިން ޚިދުމަތް ވެސް ގާއިމްކޮށްފަ އެވެ.
ބީއެމްއެލް ހިއްސާގެ ފައިދާގެ ގޮތުގައި ރެކޯޑު އަދަދެއް
ބީއެމްއެލްގެ ބޯޑަށް ކުރިމަތިލާން ހުޅުވާލައިފި
ކޮވިޑާ އެކު ބީއެމްއެލްގެ ފައިދާ 60 ޕަސެންޓް ދަށް
ތިންވަނަ ކުއާޓާގައި ބީއެމްއެލްގެ ފައިދާ 258މިލިއަނަށް
އުރީދޫގެ ހިއްސާއަކަށް 3.30ރ. ބަހަން ހުށަހަޅަނީ
ބީއެމްއެލްއަށް 247 މިލިއަން ރުފިޔާގެ ފައިދާއެއް!
1.5 ބިލިއަން ރުފިޔާގެ ލޯނު ބީއެމްއެލް އިން ދޫކުރި
ބީއެމްއެލްގެ ޗެއާޕާސަން ފަަރީހާ އާ ބޯޑުގައި ނުހިމެނޭ
ބީއެމްއެލްއަށް 183ގެ މިލިއަން ރުފިޔާގެ ފައިދާއެއް!
ބީއެމްއެލްއަށް 260 މިލިއަން ރުފިޔާގެ ބޮޑު ފައިދާއެއް