Roadha Mihaaru
މަހްލޫފާއި އީވާ ސިފައިން ލާ ކަހަލަ ޔުނީފޯމެއްގައި!

މަހްލޫފާއި އީވާ ސިފައިން ލާ ކަހަލަ ޔުނީފޯމެއްގައި! މަޖިލިހަކަށް ނުވަދެވުނު

25 ޖުލައި 2017

ރައްޔިތުންގެ މަޖިލީހުގެ ގަލޮޅު ދެކުނު ދާއިރާގެ އަހުމަދު މަހްލޫފާއި އެމްޑީޕީގެ ގަލޮޅު އުތުރު ދާއިރާގެ އީވާ އަބްދުﷲ، މިލިޓަރީ ހެދުން ގޮތަށް ޑިޒައިން ކޮށްފައިވާ ގަމީސް ލައިގެން މަޖިލީހުގެ އިދާރާ އަށް ވަޑައިގެންފި އެވެ. އެކަމަކު އަސްލު ޔުނީފޯމްގައި ތިބި ސިފައިންނާ ހެދި އެތެރެއަށް ވެންނެވޭ ގޮތެއް ނުވި އެވެ.

މުހައްމަދު ޔާމީން މުހައްމަދު ޔާމީން

ރައްޔިތުންގެ މަޖިލީހުގެ ގަލޮޅު ދެކުނު ދާއިރާގެ އަހުމަދު މަހްލޫފާއި އެމްޑީޕީގެ ގަލޮޅު އުތުރު ދާއިރާގެ އީވާ އަބްދުﷲ، މިލިޓަރީ ހެދުން ގޮތަށް ޑިޒައިން ކޮށްފައިވާ ގަމީސް ލައިގެން މަޖިލީހުގެ އިދާރާ އަށް ވަޑައިގެންފި އެވެ. އެކަމަކު އަސްލު ޔުނީފޯމްގައި ތިބި ސިފައިންނާ ހެދި އެތެރެއަށް ވެންނެވޭ ގޮތެއް ނުވި އެވެ.

މަހްލޫފާއި އީވާ ހެނދުނު މަޖިލީހުގެ ގޯތިތެރެއަށް ވެންނެވުނެވެ. ރައްޔިތުންގެ މަޖިލިހުގެ މެމްބަރުންގެ މަސްއޫލިއްޔަތު އަދާކުރައްވަން ހުރަސް ނޭޅުމަށް ދެ ބޭފުޅުން ގޮވާލެއްވި ނަމަވެސް، އިއްޔެއިން ސުރެ މަޖިލިސް ހިސޯރުކޮށްގެން ތިބި ސިފައިން އެވާހަކައަށް އަޅައެއްނުލި އެވެ.

ދެ މެމްބަރުންނަށް މަޖިލީހުގެ ގޯތިތެރޭގައި ވެސް ތިއްބެވުނީ ކުޑަ ވަގުތުކޮޅަކަށެވެ. ސިފައިިން ވަނީ ދެ މެމްބަރުން ވެސް އެތަނުން ނެރެފަ އެވެ.

މަހްލޫފް މިއަދު މަޖިލީހުގެ އިދާރާގެ ގޯތިތެރޭގައި.

މަހްލޫފް މިއަދު މަޖިލީހުގެ އިދާރާގެ ގޯތިތެރޭގައި.

މަހްލޫފް ވިދާޅުވީ އިއްޔެ މެމްބަރުން މަޖިލީހަށް ވަންނަވަން މަސައްކަތް ކުރެއްވީ ރަސްމީ ހެދުމުގައި ގަމީހާއި ޓައި އަޅުއްވައިގެން ކަމަށެވެ. އެކަމަކު އެގޮތަށް ހެދުން ލައްވައިގެން ވަޑައިގަތުމުން ވެސް ސަލާމަތީ ބާރުތަކުން ހުރަސްއެޅި ކަމަށް ވިދާޅުވި އެވެ.

"ގަމީހާއި ޓައި އެޅީމަ ނުވެއްދީމަ ސިފައިންނާ ދާދި އެއްގޮތަކަށް ހެދުން އަޅައިގެން މަޖިލީހަށް ވަދެވޭތޯ ބެލީ. އެކަމަކު ވެސް މަޖިލީހުގެ ތެރެއަށް ނުވަދެވުނު،" މަހްލޫފް ވިދާޅުވި އެވެ.

އީވާ ވިދާޅުވި ގޮތުގައި މަޖިލީހަށް ވަޑައިގަތީ ރައީސް އޮފީހުން ނެރުނު ބަޔާނުގައި މަޖިލީހުގެ އިދާރާ ހިސޯރުކޮށްފައި ނުވާނެ ކަމަށް ބުނެފައިވާތީ އެއީ ހަގީގަތެއްތޯ ބެލުމަށާއި މަޖިލީހުގައި ކުރަން ޖެހޭ ކަންކަން ހުރުމުން އެކަން ކުރެއްވުމުގެ ބޭނުމުގަ އެވެ. އެކަމަކު މަޖިލީހުގެ އިދާރާ އޮތީ ހަގީގަތުގައި ވެސް ސިފައިން ހިސޯރުކޮށްފައިކަން ސާފުވިކަމަށް އީވާ ވިދާޅުވި އެވެ.

މަހްލޫފް (ކ-2) އާއި އީވާ މިއަދު މަޖިލީހުގެ ގޯތިތެރޭގައި.

މަހްލޫފް (ކ-2) އާއި އީވާ މިއަދު މަޖިލީހުގެ ގޯތިތެރޭގައި.

"އަޅުގަނޑުމެން މަޖިލީހަށް ވަންނަން ބޭނުންވެގެން ދިޔައިރު، މަޖިލީހުގެ އިދާރާ އޮތީ ސިފައިންގެ ބެލުމުގެ ދަށުގައި. މެމްބަރުންނަކަށް ނުވަދެވޭ،" އީވާ ވިދާޅުވި އެވެ.

މަޖިިލީހުގެ މެމްބަރުންނަށް މަޖިލީހަށް ވެންނެވުމުގެ ފުރުސަތު ބަންދުކޮށްފައި އޮތް ނަމަވެސް، އެތަނުގެ އިދާރީ މުވައްޒަފުންނަށް ދަތިކަމެއް ނެތި ވަދެ، ނިކުމެ ހެދެ އެވެ. ނަމަވެސް ސިފައިން ދަނީ މަޖިލީހުގެ އިރުމަތީ ގޭޓް ކައިރީގައި ފޯރިމަރަމުންނެވެ.