Roadha Mihaaru
ޔުނައިޓެޑް ވިކްޓަރީ ބަލިކޮށް މާޒިޔާ ސެމީއާ ގާތަށް

ވެޓެރަންސް ކަޕް: ޔުނައިޓެޑް ވިކްޓަރީ ބަލިކޮށް މާޒިޔާ ސެމީއާ ގާތަށް

25 ޖޫން 2016

ވެޓެރަންސް ކަޕް ދެ ވަނަ ބުރުގައި މިއަދު ޔުނައިޓެޑް ވިކްޓަރީގެ މައްޗަށް 3-0 އިން ކުރިހޯދައި މާޒިޔާ ސްޕޯޓްސް މުބާރާތުގެ ސެމީ ފައިނަލާ ގާތަށް ޖެހިލައިފި އެވެ.

ވެޓެރަންސް ކަޕް ދެ ވަނަ ބުރުގައި މިއަދު ޔުނައިޓެޑް ވިކްޓަރީގެ މައްޗަށް 3-0 އިން ކުރިހޯދައި މާޒިޔާ ސްޕޯޓްސް މުބާރާތުގެ ސެމީ ފައިނަލާ ގާތަށް ޖެހިލައިފި އެވެ.

މި ގްރޫޕްގެ ފުރަތަމަ މެޗުން މާޒިޔާ ވަނީ 5-1 އިން ނިއު ރޭޑިއަންޓް އަތުން ބަލިވެފަ އެވެ. އެ ޓީމު މިއަދު ޔުނައިޓެޑް ވިކްޓަރީ އަތުން މޮޅުވުމުން ގްރޫޕްގެ ދެ ވަނައިގައި އޮތީ ދެ މެޗުން ލިބުނު ތިން ޕޮއިންޓާ ގެއްލުން އެއް ލަނޑާ އެކު އެވެ. ގްރޫޕްގެ ފަހު މެޗުން ނިއު އަތުން ޔުނައިޓެޑް ވިކްޓަރީ ތިން ލަނޑުގެ ތަފާތަކުން މޮޅުނުވެއްޖެނަމަ މާޒިޔާ އަށް ސެމީގެ ޖާގައެއް ލިބޭނެ އެވެ. ނިއު ކަޓާނީ ޔުނައިޓެޑް ވިކްޓަރީ އަތުން ބޮޑު ތަފާތަކުން ބަލިވެގެންނެވެ.

ޓާފް އެއް ނަންބަރު ދަނޑުގައި މިއަދު ކުޅުނު މެޗުގައި މިއަދު މާޒިޔާގެ ލަނޑުތައް ކާމިޔާބުކުރީ މުހައްމަދު އަރީފް އާއި އިބްރާހިމް ޝާފިއު އަދި އަބްދުﷲ ހަލީމެވެ. މެޗުގެ 45 އަހަރުން މަތީގެ މޮޅު ކުޅުންތެރިއަކީ މާޒިޔާގެ ހަލީމް އެވެ. އަދި މޮޅު ކުޅުންތެރިއަކީ އެ ޓީމުގެ އަރީފް އެވެ.

މުބާރާތުގައި މާދަމާ ކުޅޭ މެޗުގައި ދިވެހި ސިފައިންގެ ކްލަބް ބައްދަލުކުރާނީ ބީޖީ ސްޕޯޓްސްއާ އެވެ. މެޗު ފަށާނީ ހަވީރު 16:30 ގަ އެވެ.