Roadha Mihaaru

ފޮރުވާނެ އެއްޗެއް ނެތް: ޓްރަމްޕުގެ ދަނބިދަރިކަލުން

ވޮޝިންޓަން (ޖުލައި 25) - އެމެރިކާގެ ރައީސް ކަމަށް ޑޮނަލްޑް ޓްރަމްޕް ވަޑައިގަތުމަށް ކުރެއްވި މަސައްކަތުގެ ތެރޭގައި ރަޝިޔާގެ އޮފިޝަލުންނާ އެކު ހަތަރު ބައްދަލުވުމެއް ބޭއްވި ކަމަށާއި އެކަމުގައި ފޮރުވާނެ އެއްޗެއް ނެތް ކަމަށް ޓްރަމްޕުގެ ދަނބިދަރިކަލުން ޖާރެޑް ކުޝްނާ ވިދާޅުވެއްޖެ އެވެ.

ފޮރުވާނެ އެއްޗެއް ނެތް: ޓްރަމްޕުގެ ދަނބިދަރިކަލުން
ހަސަން އާމިރު
ހަސަން އާމިރު

25 ޖުލައި 2017

ވޮޝިންޓަން (ޖުލައި 25) - އެމެރިކާގެ ރައީސް ކަމަށް ޑޮނަލްޑް ޓްރަމްޕް ވަޑައިގަތުމަށް ކުރެއްވި މަސައްކަތުގެ ތެރޭގައި ރަޝިޔާގެ އޮފިޝަލުންނާ އެކު ހަތަރު ބައްދަލުވުމެއް ބޭއްވި ކަމަށާއި އެކަމުގައި ފޮރުވާނެ އެއްޗެއް ނެތް ކަމަށް ޓްރަމްޕުގެ ދަނބިދަރިކަލުން ޖާރެޑް ކުޝްނާ ވިދާޅުވެއްޖެ އެވެ.

ސެނެޓުން ކުރިއަށް ގެންދާ ތަހުގީގުގައި ކުރި ސުވާލުތަކަށް ފަހު އާއްމުކޮށް މަޑުމައިތިރި ކަމަށް ފެންނަ ކުޝްނާ ވިދާޅުވީ އޭނާ ކޮށްފައިވާ ކަމެއް ނަމަ ކޮށްފައިވާނީ ރަނގަޅަށް ކަމަށެވެ. ޓްރަމްޕުގެ އެޑްވައިޒަރުގެ މަގާމުގައި މިހާރު ހުންނެވި 36 އަހަރުގެ ކުޝްނާ ވިދާޅުވީ ރަޝިޔާއާ އެކު ސިއްރުން އެއްވެސް ކަމެއް ކޮށްފައި ނުވާނެ ކަމަށެވެ. އަދި ޓްރަމްޕުގެ ކެމްޕޭނުގައި އުޅުއްވި އެއްވެސް ފަރާތަކުން އެފަދަ ކަމެއް ކޮށްފައިވާކަން އެނގިވަޑައިނުގަންނަވާ ކަމަށް ވެސް ވިދާޅުވި އެވެ.

ރަޝިޔާގެ އޮފިޝަލުންތަކަކާ ކުޝްނާ ބައްދަލު ކުރެއްވި ކަމަށް ފަޅާއެރުމާ އެކު މީޑިއާގެ ސަމާލުކަން އެކަމަށް ވަރަށް ބޮޑަށް ހުއްޓުނެވެ. ނަމަވެސް އެކަމާ ބެހޭ ގޮތުން ކުޝްނާ އަމިއްލަފުޅަށް އެކަމާބެހޭ ގޮތުން ވާހަކަ ދެއްކެވި މިއީ ފުރަތަމަ ފަހަރެވެ.

ސެނެޓާއި ހައުސްގެ ކޮމިޓީއަށް ދެއްވާނެ ޚުލާސާ ބަޔާނެއް ކުޝްނާ އިއްޔެ ވަނީ އާއްމު ކުރައްވައިފަ އެވެ. ކުޝްނާ ވިދާޅުވީ މިދިޔަ އަހަރުގެ ޑިސެމްބަރު މަހު ޓްރަމްޕް ޓަވަރުގައި ރަޝިޔާ ސަފީރު ސާގީ ކިސްލީކްއާ ބައްދަލު ކުރެއްވި ކަމަށެވެ. ނަމަވެސް އެ ބައްދަލުވުމުގައި މަޝްވަރާ ކުރެއްވީ ސީރިއާގެ މައްސަލައާ ގުޅޭ ގޮތުން ކަމަށް ވެސް ވިދާޅުވި އެވެ.

ކުޝްނާ ކައިވެނިބައްލަވައިގެން އުޅުއްވަނީ ޓްރަމްޕުގެ ދަރިކަނބަލުން އިވަންކާއާ އެވެ. ޓްރަމްޕް ވަނީ ކުޝްނާގެ ދިފާއުގައި އާދިއްތަ ދުވަހު ޓްވީޓްތަކެއް ކުރައްވައިފަ އެވެ.