ވޮޝިންޓަން (ސެޕްޓެމްބަރު 28) - އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕުގެ ދަނބިދަރިކަލުން ޖާރެޑް ކުޝްނާ، ވޯޓުލާން ރަޖިސްޓްރީކޮށްފައި ވަނީ އަންހެނެއްގެ ގޮތުގައިކަން ހާމަވެއްޖެ އެވެ.
28 ސެޕްޓެމްބަރ 2017
ވޮޝިންޓަން (ސެޕްޓެމްބަރު 28) - އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕުގެ ދަނބިދަރިކަލުން ޖާރެޑް ކުޝްނާ، ވޯޓުލާން ރަޖިސްޓްރީކޮށްފައި ވަނީ އަންހެނެއްގެ ގޮތުގައިކަން ހާމަވެއްޖެ އެވެ.
ނޮވެމްބަރު 2009 ގެ އިންތިޚާބުގައި ވޯޓުލާން ރަޖިސްޓްރީ ކުރި މީހުންގެ ލިސްޓުގައި ރައީސް ޓްރަމްޕުގެ ސީނިއާ އެޑްވައިޒަރުގެ މަގާމުގައި މިހާރު ހުންނެވި ކުޝްނާ އޮތީ "އަންހެން" ޖިންސުގެ ތެރޭގަ އެވެ. ނިއު ޔޯކް ސްޓޭޓް ބޯޑް އޮފް އިލެކްޝަންސްގެ ސްކްރީން ގްރެބްތަކުން އެކަން ވަނީ ހާމަވެފަ އެވެ.
ރެކޯޑަށް މި އޮޅުން އެރި ގޮތެއް ނޭނގެ އެވެ. އެކަމާ ބެހޭ ގޮތުން ކުޝްނާ ވެސް ކޮމެންޓް ކުރައްވައިފައެއް ނުވެ އެވެ.
ފޯމްތައް ފުރުމުގައި މީގެ ކުރިން ވެސް ކުޝްނާ އަށް ވަނީ އޮޅުންތައް އަރައިފަ އެވެ. ސީބީއެސް އިން ޖުލައި މަހު ބުނެފައި ވަނީ މައުލޫމާތު ފުރިހަމަ ނުވުމުގެ ސަބަބުން، ކުޝްނާގެ ފެޑެރަލް ޑިސްކްލޯޒާ ފޯމް ތިން ފަހަރަށް ހުށަހަޅަން ޖެހުނު ކަމަށެވެ. އެ ފަހަރު ކުޝްނާ ވިދާޅުވެފައި ވަނީ ފޯމް ރަނގަޅަށް ފުރިހަމަ ނުކުރަނީސް އޭނާގެ ޓީމުން ފޯމު ފޮނުވީ ކަމަށެވެ.
ކުޝްނާއާ ބެހޭ ގޮތުން މި ޚަބަރު ފެންމަތިވި އިރު ދާދި ފަހުން ވަނީ ވައިޓް ހައުސްގެ ރަސްމީ ބޭނުންތަކުގައި ކުޝްނާގެ އަމިއްލަ އީމެއިލް އެކައުންޓް ބޭނުންކުރާކަން ހާމަވެފަ އެވެ. އެމެރިކާގެ ޚާރިޖީ ވަޒީރުކަމުގައި ހިލަރީ ކްލިންޓަން ހުންނެވި އިރު އެކަމަނާގެ އަމިއްލަ އީމެއިލް ބޭނުން ކުރެއްވި މައްސަލައިގައި، ރިޔާސީ އިންތިޚާބުގައި، އެންމެ ބޮޑަށް ހަމަލާ ދެއްވި އެއް ބޭފުޅަކީ ޓްރަމްޕެވެ.
ފޮރުވާނެ އެއްޗެއް ނެތް: ޓްރަމްޕުގެ ދަނބިދަރިކަލުން
ޓްރަމްޕުގެ ދަނބިދަރިކަލުން އިރާގުގައި
ހޮންޑިއުރަސްގެ ކުރީގެ ރައީސަށް ޓްރަމްޕު މާފު ދީފި
އިޒްރޭލުން ސީރިއާގެ ކަންކަމާ ނުބެހެން ޓްރަމްޕު އިންޒާރު
"އިޚްވާނުލް މުސްލިމީން" އެމެރިކާގެ ޓެރަރިސްޓް ލިސްޓަށް
ހަރަދު ކުޑަކުރަން ހެދި އޮފީސް "ސިއްރުން" އުވާލައިފި
މަމްދާނީއާ ބައްދަލުކޮށް، ޓްރަމްޕުގެ ރާގު ބަދަލުވެއްޖެ
ޚާޝުގްޖީގެ މައްސަލައިގައި މުހައްމަދުގެ ދިފާއަށް ޓްރަމްޕު
މުހައްމަދަކީ އިންސާނީ ހައްގުގައި ނަމޫނާއެއް: ޓަރްމްޕު
މާލެ ކައިރީގައި ޓްރަމްޕް ބްރޭންޑުގެ ރިސޯޓެއް ހުޅުވަނީ