Roadha Mihaaru
ޕާކިސްތާނާ އެކު ހަ އެއްބަސްވުމެއްގައި ސޮއިކޮށްފި

ރާއްޖެ އާއި ޕާކިސްތާނާ ދެމެދު ހަ އެއްބަސްވުމެއްގައި ސޮއިކޮށްފި

25 ޖުލައި 2017

ދިވެހިރާއްޖެ އާއި ޕާކިސްތާނާ ދެމެދު ގުޅުން ބަދަހިކުރުމާ ބެހޭ ހަ އެއްބަސްވުމެއްގައި މިއަދު ސޮއިކޮށްފި އެވެ.

އިސްމާއިލް ނަސީރު އިސްމާއިލް ނަސީރު

ދިވެހިރާއްޖެ އާއި ޕާކިސްތާނާ ދެމެދު ގުޅުން ބަދަހިކުރުމާ ބެހޭ ހަ އެއްބަސްވުމެއްގައި މިއަދު ސޮއިކޮށްފި އެވެ.

މިއަދު ހަވީރު ރައީސް އޮފީހުގައި ބޭއްވި މި ރަސްމިއްޔާތުގައި، ރައީސް އަބްދުﷲ ޔާމީނާއި ޕާކިސްތާނުގެ ބޮޑުވަޒީރު މުހައްމަދު ނަވާޒު ޝަރީފް ވެސް ބައިވެރިވެވަޑައިގެންނެވި އެވެ.

ޓޫރިޒަމް ދާއިރާގެ އެއްބަސްވުން

"މެމޮރެންޑަމް އޮފް އަންޑަސްޓޭންޑިން ބިޓްވީން ދަ ގަވަމަންޓް އޮފް މޯލްޑިވްސް އެންޑް ދަ ގަވަމަންޓް އޮފް ޕާކިސްތާން އޮން މެޓަސް ރިލޭޓިން ޓު ޓުއަރިޒަމް"ގެ ނަމުގައި ދެ ގައުމުގެ ދެމެދުގައި ވަނީ އެއްބަސްވުމެއްގައި ސޮއިކުރައްވައިފަ އެވެ. މި އެއްބަސްވުމުގައި ރާއްޖޭގެ ޓޫރިޒަމް މިނިސްޓަރު މޫސާ ޒަމީރު ސޮއި ކުރެއްވި އިރު ޕާކިސްތާނުން ސޮއިކުރެއްވީ ޓޫރިޒަމް ޑިވެލޮޕްމަންޓް ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރު ޗައުދަރީ އަބްދުލްގަފޫރު ޚާނެވެ.

ޚާރިޖީ ދާއިރާގެ އެއްބަސްވުން

ދިވެހިރާއްޖޭގެ ފޮރިން ސާވިސް އިންސްޓިޓިއުޓާއި، ޕާކިސްތާނުގެ ފޮރިން ސާވިސް އެކެޑަމީއާ ދެމެދު ގުޅުން ބަދަހިކުރުމާބެހޭ އެއްބަސްވުމެއްގައި ވެސް ދެ ގައުމުގެ ދެމެދުގައި ވަނީ ސޮއިކޮށްފަ އެވެ.

"މެމޮރެންޑަމް އޮފް އަންޑަސްޓޭންޑިން ބިޓްވީން ދަ ފޮރިން ސާވިސް އިންސްޓިޓިއުޓް އޮފް މޯލްޑިވްސް އެންޑް ދަ ފޮރިން ސާވިސް އެކެޑަމީ އޮފް ޕާކިސްތާން" ގައި ސޮއިކުރެއްވީ ރާއްޖޭގެ ފޮރިން މިނިސްޓަރު ޑރ. މުހައްމަދު އާސިމާއި، ޕާކިސްތާނުގެ އެޑްވައިޒަރު ޓު ދަ ޕްރައިމް މިނިސްޓަރު އޮން ފޮރިން އެފެއާޒް ހިޒް އެކްސެލަންސީ ސަރުތާޖް އަޒީޒް އެވެ.

ވިޔަފާރީގެ ދާއިރާގެ އެއްބަސްވުން

މޯލްޑިވްސް- ޕާކިސްތާން ޖޮއިންޓް ބިޒްނަސް ކައުންސިލުގެ ކަންކަމާ ގުޅޭގޮތުން ގުޅުން ބަދަހިކުރުމާ ބެހޭ އެއްބަސްވުން، "މެމޮރެންޑަމް އޮފް އަންޑަސްޓޭންޑިން އޮން ކޯޕަރޭޝަން އޮން ދަ މެޓާސް އޮފް އަ މޯލްޑިވްސް– ޕާކިސްތާން ޖޮއިންޓް ބިޒްނަސް ކައުންސިލް ބިޓްވީން ދަ މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް އެންޑް ދަ ފެޑެރޭޝަން އޮފް ޕާކިސްތާން ޗެމްބާ އޮފް ކޮމާސް"ގައި ސޮއިކުރެއްވީ ރާއްޖޭެ އިކޮނޮމިކް ޑިވެލޮޕްމަންޓް މުހައްމަދު ސައީދާއި، ފެޑެރޭޝަން އޮފް ޕާކިސްތާން ޗެމްބާސް އޮފް ކޮމާސް އެންޑް އިންޑަސްޓްރީ (އެފް.ޕީ.ސީ.ސީ.އައި)ގެ ރައީސް ޒުބައިރު ފާރިދު ތުފެއިލެވެ.

ތިމާވެއްޓާ ބެހޭ އެއްބަސްވުން

މޫސުމަށް އަންނަ ބަދަލުތަކާއި، ތިމާވެށި ހިމާޔަތް ކުރުމާ ގުޅޭގޮތުން ގުޅުން ބަދަހިކުރުމާ ބެހޭ އެއްބަސްވުން، "މެމޮރެންޑަމް އޮފް އަންޑަސްޓޭންޑިން އިން ދަ ފީލްޑްސް އޮފް ކްލައިމެޓް ޗޭންޖް އެންޑް އެންވަޔަރަންމަންޓަލް ޕްރޮޓެކްޝަން ބިޓްވީން ދަ މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް އެންޑް އެނާޖީ އޮފް މޯލްޑިވްސް އެންޑް މިނިސްޓްރީ އޮފް ކްލައިމެޓް ޗޭންޖް އޮފް ޕާކިސްތާން"ގައި ސޮއިކުރެއްވީ ރާއްޖޭގެ ތިމާވެއްޓާ ބެހޭ މިނިސްޓަރު ތޯރިގު އިބްރާހީމާއި، ޕާކިސްތާނުން ރާއްޖެ އަށް ކަނޑައަޅާފައި ހުންނަވާ ސަފީރު ވައިސް އެޑްމިރަލް (ރިޓަޔާޑް) ސަޢީދު ޚަވާރު އަލީ ޝާހެވެ.

ތައުލީމާ ބެހޭ އެއްބަސްވުން

ދިވެހިރާއްޖޭގެ ގައުމީ ޔުނިވާސިޓީ އާއި ޕާކިސްތާނުގެ ވާޗުއަލް ޔުނިވާސިޓީއާ ދެމެދު ގުޅުން ބަދަހިކުރުމާ ބެހޭ އެއްބަސްވުން، "މެމޮރެންޑަމް އޮފް އަންޑަސްޓޭންޑިން ބިޓްވީން ދަ މޯލްޑިވްސް ނޭޝަނަލް ޔުނިވާސިޓީ އެންޑް ދަ ވާޗުއަލް ޔުނިވާސިޓީ އޮފް ޕާކިސްތާން"ގައި ސޮއިކުރެއްވީ ދިވެހި ގައުމީ ޔުނިވާސިޓީގެ ޗާންސެލަރު ޑރ. މުހައްމަދު ލަތީފާއި، ވާޗުއަލް ޔުނިވާސިޓީ އޮފް ޕާކިސްތާންގެ ރެކްޓަރު ޑރ. ނަވީދު އަހުމަދު މަލިކެވެ.

ސިވިލް ސާވިސް އެއްބަސްވުން

ދިވެހިރާއްޖޭގެ ސިވިލް ސާވިސް ކޮމިޝަނާއި، ޕާކިސްތާނުގެ ނޭޝަނަލް ސްކޫލް އޮފް ޕަބްލިކް ޕޮލިސީއާ ދެމެދު ގުޅުން ބަދަހިކުރުމާ ބެހޭ އެއްބަސްވުން، "މެމޮރެންޑަމް އޮފް އަންޑަސްޓޭންޑިން ބިޓްވީން ދަ ސިވިލް ސާވިސް ކޮމިޝަން، މޯލްޑިވްސް އެންޑް ދަ ނޭޝަނަލް ސްކޫލް އޮފް ޕަބްލިކް ޕޮލިސީ، ޕާކިސްތާން" ގައި ސޮއި ކުރެއްވީ، ސިވިލް ސަރވިސް ކޮމިޝަންގެ ޑރ. އަލީ ޝަމީމާއި، ޕާކިސްތާންގެ ނެޝަނަލް މެނޭޖްމަންޓް ކޮލެޖުގެ ޑީން ނައީމް އަސްލަމްއެވެ.