27 ޖުލައި 2017
ސަންގު ޓީވީގެ ނޫސްވެރިޔާ އަބްދުﷲ ޔާމީން މާދަމާ ފުލުސް އޮފީހަށް ހާޒިރުވާން އަންގައިފި އެވެ.
ސަންގު ޓީވީގެ ނޫސްވެރިޔާ އަބްދުﷲ ޔާމީން މާދަމާ ފުލުސް އޮފީހަށް ހާޒިރުވާން އަންގައިފި އެވެ.
ފުލުހުންގެ އަމުރަށް ނުކިޔަމަންތެރިވި ކަމުގެ ތުހުމަތުގަ އާއި ފުލުހުންގެ ވާޖިބަށް ހުރަސްއެޅި ކަމުގެ ތުހުމަތުގައި ޔާމީން ފުލުސް އޮފީހަށް ހާޒިރުވާން އަންގާފައި އޮތީ މާދަމާ ހަވީރު ފަހެއް ޖަހާއިރަށެވެ.
ސަންގު ޓީވީން ބުނި ގޮތުގައި ޔާމީނަކީ، އިދިކޮޅު ފަރާތްތަކުން އެމްޑީޕީގެ ހަރުގެ ކައިރީގައި ރޭ ބޭއްވި އެއްވުން ކަވަރު ކުރަން ހަރަކާތްތެރިވި ނޫސްވެރިއެކެވެ.
ރޭގެ އެއްވުން ކަވަރު ކުރުމަށް ހަރަކާތްތެރިވި ބައެއް ނޫސްވެރިންނަށް ވަރަށް ބޮޑަށް އަނިޔާކޮށް، އެ މީހުން ހައްޔަރުކުރި އެވެ. އޭގެ ތެރޭގައި ސަންގު ޓީވީގެ ޔާމީން ވެސް ހިމެނެ އެވެ. މޯލްޑިވްސް މީޑިއާ ކައުންސިލް (އެމްއެމްސީ) އާއި މީޑިއާތަކުގެ ފިއްތުންތަކުގެ ތެރޭގައި އެ ނޫސްވެރިން މާ ގިނައިރުތަކެއް ނުވެ ވަނީ ދޫކޮށްލައިފަ އެވެ.
އިދިކޮޅު ފަރާތްތަކުގެ މުޒާހަރާ ކަވަރު ކުރަން އުޅުނު ހަތް ނޫސްވެރިޔަކު ފުލުހުން ހައްޔަރު ކުރި އެވެ. އެއީ ރާއްޖެ ޓީވީގެ ތިން ނޫސްވެރިއަކާއި ސަންގު ޓީވީގެ ހަތަރު ނޫސްވެރިއެކެވެ.
ސަރުކާރާ ދެކޮޅަށް ސިލްސިލާކޮށް މުޒާހަރާކުރަމުން ދާއިރު، އެ ހަރަކާތްތައް ކަވަރު ކުރުމުގައި ފުލުހުންގެ ނޫސްވެރިންނަށް ބޮޑެތި ހުރަސްތައް ކުރިމަތިވެ އެވެ.
ފުލުހުންނަށް ހުރަސް އެޅި ކަމުގެ ކުށް ސާބިތުވެ، ރާއްޖެ ޓީވީގެ ދެ ނޫސްވެރިން ކަމަށްވާ މުހައްމަދު ވިސާމާއި ލީވާން އަލީ ނާސިރުގެ މައްޗަށް ދައުލަތުން އުފުލި ދައުވާއެއް ސާބިތު، ދެ ނޫސްވެރިން މީގެ ކުރިން ވަނީ ބޮޑު އަދަދަކުން ޖޫރިމަނާކޮށްފަ އެވެ.
ދެ ފުލުހެއްގެ މައްސަލަ ބަލައިދޭން އެންއައިސީ އަށް
ހައްޔަރުކުރި ނޫސްވެރިންގެ ޝަކުވާތައް އެމްއެމްސީއަށް
މީޑިއާގެ އަމަލު ހުރީ އެއްވި މީހުންނާ އެއް ހަމައެއްގައި
ނޫސްވެރިންނަށް އަނިޔާ ދިނުމަކީ ނިޔަތެއް ނޫން: ފުލުހުން
ނޫސްވެރިން "ހޭއަރުވާލާނަމޭ" ބުނި މައްސަލަ ބަލަންޖެހޭ
ނޫސްވެރިންގެ މަސައްކަތަށް ހުރަސް ނާޅަން އެދިއްޖެ
އަހަރެން ހޭނެތުނީ ފުލުހުންގެ އަނިޔާތަކުން: ހުސައިން
"ސަރުކާރު ވައްޓާލަން ބައެއް މީޑިއާތަކުން ހިތްވަރުދޭ"
ނޫސްވެރިޔާ ހުސެއިންގެ އެތެރެހައްޓަށް ވަނީ އަނިޔާވެފައި
މީޑިއާތަކަށް ފިޔަވަޅު އަޅަން ގޮވާލައިފި