29 ޖުލައި 2017
ސުޕްރީމް ކޯޓުގެ ފަނޑިޔާރު ކަމަށް، ރައީސް އޮފީހުގެ ލީގަލް އެފެއާޒް މިނިސްޓަރު އައިޝަތު އާޒިމާ ޝަކޫރު ހަމަޖެއްސުމަކީ ރައީސް އަބްދުﷲ ޔާމީން ހިންގަވާ އިތުރު ޖަރީމާއެއް ކަމަށް ރައްޔިތުންގެ މަޖިލީހުގެ ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު އަހުމަދު މަހުލޫފް މިރޭ ވިދާޅުވެއްޖެ އެވެ.
ސުޕްރީމް ކޯޓުގެ ފަނޑިޔާރު ކަމަށް، ރައީސް އޮފީހުގެ ލީގަލް އެފެއާޒް މިނިސްޓަރު އައިޝަތު އާޒިމާ ޝަކޫރު ހަމަޖެއްސުމަކީ ރައީސް އަބްދުﷲ ޔާމީން ހިންގަވާ އިތުރު ޖަރީމާއެއް ކަމަށް ރައްޔިތުންގެ މަޖިލީހުގެ ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު އަހުމަދު މަހުލޫފް މިރޭ ވިދާޅުވެއްޖެ އެވެ.
އިދިކޮޅު ހަރަކާތުގެ މައި ޖަގަހަ އަދި ޖުމްހޫރީ ޕާޓީގެ އޮފީސް މ. ކުނޫޒުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި މަހުލޫފް ވިދާޅުވީ ސުޕްރީމު ކޯޓުގެ ފަނޑިޔާރަކަށް އާޒިމާ ހަމަޖައްސަވަން ނިންމަވައި، ޕީޕީއެމަށް ނިސްބަތްވާ މަޖިލިސް މެމްބަރުންނާ އެކަމާ ގުޅޭ މަޝްވަރާތައް ކުރައްވާފައިވާ ކަން އެނގިވަޑައިގެންފައިވާ ކަމަށެވެ. އަދި މިއީ ސަރުކާރުން ކުރަން އުޅޭ ވަރަށް ނުރައްކާތެރި ކަމެއް ކަމަށް ވިދާޅުވި އެވެ.
މަހުލޫފް ވިދާޅުވީ ރާއްޖޭގެ ކޯޓުތަކުގެ އިންސާފުވެރިކަމާ މެދު ކަންބޮޑުވެ ވަޑައިގެންނަވާ ކަމަށާއި އެ ތަންތަނުން ނިންމާ ނިންމުންތަކާ މެދު ހިތްހަމަ ޖެހިވަޑައިނުގަންނަވާ ކަމަށެވެ. އެ ހާލަތުގައި ޝަރުއީ ދާއިރާ އޮއްވައި، ސުޕްރީމު ކޯޓަށް ގެންނަން މި އުޅޭ ބަދަލަކީ ކޯޓުތަކުގެ ނިންމުންތަކަށް ހުރަސް އަޅައި، ބިރު ދެއްކުމަށް ކުރާ ކަމެއް ކަމަށް ގަބޫލު ކުރެވޭ ކަމަށް އޭނާ ވިދާޅުވި އެވެ.
މަހުލޫފް ވިދާޅުވި ގޮތުގައި މަޖިލީހުގެ މެޖޯރިޓީ އިދިކޮޅު ފަރާތްތަކަށް ލިބިފައިވާ އިރު މި ފަދަ ކަމެއް ނިންމާ ޖަލްސާ އަށް އެއިން އެއްވެސް މެމްބަރަކު ވަޑައެއް ނުގަންނަވާނެ އެވެ. އަދި 43 މެމްބަރުން ނުލައި މަޖިލީހުގެ ޖަލްސާއެއް ނުބޭއްވޭނެ ކަމަށާއި އެކަމަކު ބާކީ ތިބި ސަރުކާރު ކޯލިޝަންގެ 37 މެމްބަރުންނާއެކު ޖަލްސާ ބާއްވައި، އެ ގޮތަށް ނިންމުމަށް ހަމަޖައްސާފައިވާކަން އެނގިވަޑައިގެންފައިވާ ކަމަށް ވިދާޅުވި އެވެ.
އިދިކޮޅު ފަރާތްތަކުން ބޭއްވި ޖަލްސާއެއްގައި މަހްލޫފު ވާހަކަ ދައްކަވަނީ.---މިހާރު ފޮޓޯ: ހުސެއިން ވަހީދު
"މިކަން އެބަ ޖެހޭ ހުއްޓުވަން. އެއީ ޖުޑިޝަރީ ތެރެ އިން ވިޔަސް، ސިފައިންނާ ފުލުހުން ނުވަތަ ރައްޔިތުން ނިކުމެ ވިޔަސް އެބަ ޖެހޭ ހުއްޓުވަން. އެކަމަށް އެޅެން ހުރި ހުރިހާ ހުރަހެއް އެބަ އަޅަން ޖެހޭ،" މަހުލޫފް ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގައި ގިނަ މިނިސްޓަރުން ވެސް މަގާމުން ވަކި ކުރައްވާފައިވާ އިރު، އިދިކޮޅު ގިނަ ސިޔާސީ މީހުން ވެސް ދައުވާކޮށް ކޯޓަށް ގެންގޮސް، ޖަލަށް ލަމުން ދާ ކަމަށެވެ. އެހެންވެ، މިހާރު ކޯޓުތަކުގެ ފަނޑިޔާރުން ވެސް ޖަލަށް ލައި އަދަބު ދިނުމަކީ ވެސް ރައީސް ކުރައްވަފާނެ ކަމެއް ކަމަށް ވިދާޅުވި އެވެ.
ކުރިން ހަތް ފަނޑިޔާރުން ތިބި ސުޕްރީމް ކޯޓުގެ ބެންޗު ފަސް ފަނޑިޔާރުންނަށް ބަދަލުކުރީ ވެސް މި ސަރުކާރުންނެވެ. އަނެއްކާ ހަތަކަށް އިތުރު ކުރަން އުޅޭ ކަމުގެ އަޑުތައް ފެތުރުނު އިރު ގާނޫނުއަސާސީގައި ކަންބޮޑުވެވަޑައިގަންނަވާ ބޮޑެތި މައްސަލަތަކެއް ހުރި ކަމަށް މިނިވަން ދުވަހުގެ ރަސްމީ ޚިތާބުގައި ރައީސް އަބްދުﷲ ޔާމީން ވަނީ ވިދާޅުވެފަ އެވެ. އެމަނިކުފާނު ވިދާޅުވީ ރާއްޖޭގެ ދުސްތޫރީ އޮނިގަނޑު އޮތީ "ޑެޑްލޮކަކަށް ދާ ގޮތަށް" ކަމަށާއި މި އޮނިގަނޑުގެ ދަށުން ދިވެހި ގައުމުގެ ރައީސަކަށް ހުންނަ މީހާ، "އެއް އަތް ފަހަތަށް ބަނދެގެން ރައްޔިތުންގެ ކުރިމައްޗަށް ނެރެވިދާނެ" ކަމަށެވެ. ދުސްތޫރީ އޮނިގަނޑު އޮތީ ދައުލަތުގެ މަސައްކަތްތަކަށް ހުރަސްއަޅައި، ދައުލަތް ހުއްޓުމަކަށް ގެނެވޭ ފަދަ ފުރުސަތުތުތަކެއް ދައުލަތުގެ ދުޝްމަނުންނަށް ހޯދައިގަނެވޭނެ ގޮތަށް ކަމަށް ވެސް ވިދާޅުވި އެވެ. ރައީސްގެ މި ވާހަކަފުޅަށް ސަރުކާރު ތެރެއިން އެންމެ ބޮޑަށް ތާއީދުކުރައްވާ އެއް ބޭފުޅަކީ، 2008 ގައި ގާނޫނުއަސާސީ ތަސްދީގުކުރެއްވި އިރު އެޓާނީ ޖެނެރަލަކަށް ހުންނެވި އާޒިމާ އެވެ. ޕީއެސްއެމަށް ދެއްވި އިންޓަވިއުއެއްގައި އޭނާ ވިދާޅުވީ ރާއްޖޭގެ ދުސްތޫރީ އޮނިގަނޑު އޮތީ ގައުމީ މަސްލަހަތަށް ވުރެ ބޮޑަށް ސިޔާސީ މަސްލަހަތަށް ޖާގަ ދީފައި ކަމަށެވެ.
ބޭނުންވާ ހުކުމް ނުކުރާ ނަމަ ޝަރުއީ ދާއިރާ ގޯސް!
ޔާމީން ޖަލަށް ނުލާ ފަނޑިޔާރުން ވަކިކުރަންޖެހޭ: އާޒިމް
ނުފޫޒުު ފޯރުވުނު ނަމަ މިނިވަނެއް ނުކުރާނެ: ޔާމީން
"ފެބްރުއަރީ 1 އާއި ނޮވެމްބަރު 3 އާ ތަފާތެއް ނެތް"
ޕީޕީއެމް ސަޕޯޓަރުން ސުޕްރީމްކޯޓު ދޮށުގައި އަޑުއުފުލައިފި
މިތިބީ ސާބިތުކަންމަތީ ރައީސް ޔާމީނާއެކު: މިނިސްޓަރުން
ރައީސް ދެއްކެވި ވާހަކަފުޅުތައް ކުށްވެރިކޮށްފި
ސުޕްރީމް ކޯޓަށް ހުކުމް ނުކުރެވެނީ ރައީސްގެ ނުފޫޒާ ހެދި
ސުޕްރީމް ކޯޓު ހިނގާކަން ކަށަވަރުކޮށްދޭން ހުރީ ރައީސް
ސުޕްރީމް ކޯޓަށް އާޒިމާ ގެންނަން އުޅޭ ކަމުގެ އަޑު!