Roadha Mihaaru

އިތުރު ތިން މެމްބަރަކު ވެސް މާދަމާ ފުލުހަށް ހާޒިރުކުރަނީ

ސިޔާސީ އިދިކޮޅު ފަރާތްތަކަށް ނިސްބަތްވާ ރައްޔިތުންގެ މަޖިލީހުގެ މެމްބަރުން ގަދަކަމުން މަޖިލިހުގެ އިދާރާ އަށް ވަދެވަޑައިގެންނެވި މައްސަލާގައި އިތުރު މެމްބަރުންތަކެއް ވެސް ފުލުސް އޮފީހަށް ހާޒިރުވާން އަންގައިފި އެވެ.

އިތުރު ތިން މެމްބަރަކު ވެސް މާދަމާ ފުލުހަށް ގެންދަނީ
މުއިއްޒު އިބްރާހިމް
މުއިއްޒު އިބްރާހިމް

01 އޯގަސްޓް 2017

ސިޔާސީ އިދިކޮޅު ފަރާތްތަކަށް ނިސްބަތްވާ ރައްޔިތުންގެ މަޖިލީހުގެ މެމްބަރުން ގަދަކަމުން މަޖިލިހުގެ އިދާރާ އަށް ވަދެވަޑައިގެންނެވި މައްސަލާގައި އިތުރު މެމްބަރުންތަކެއް ވެސް ފުލުސް އޮފީހަށް ހާޒިރުވާން އަންގައިފި އެވެ.

ރައްޔިތުންގެ މަޖިލިހުގެ އިދިކޮޅު މެމްބަރުން މަޖިލިހުގެ އިދާރާ އަށް މިދިޔަ މަހުގެ 24 ގައި ވަނުމަށް ސަލާމަތީ ބާރުތަކުން ހުރަސް އަޅާފައި ވަނިކޮށް، އެ ބޭފުޅުން ގަދަކަމުން އެ އިދާރާ އަށް ވެދެވަޑައިގެންނެވި މައްސަލާގައި މެމްބަރުން ފުލުހަށް ހާޒިރުކުރަނީ ފުލުހުން ސަފު ފަޅާލިކަމުގެ ތުހުމަތުކޮށެވެ.

އެ މައްސަލާގައި މީގެ ކުރިން ތިން މެމްބަރަކު ފުލުހަށް ހާޒިރުކޮށްފައިވެ އެވެ. އަދި އިތުރު ދެ މެމްބަރަކު މާދަމާ ފުލުހަށް ހާޒިރުވާން މިއަދު އަންގާފައި ވަނިކޮށް މިހާރު ވަނީ އިތުރު މެމްބަރަށް ވެސް ހާޒިރުވާން ޗިޓް ފޮނުވައިފަ އެވެ.

ފުލުސް އޮފީހަށް ހާޒިރުވުމަށް އެންމެ ފަހުން ޗިޓް ފޮނުވީ ކެންދޫ ދާއިރާގެ ޖުމްހޫރީ ޕާޓީގެ މެމްބަރު އަލީ ހުސައިނާއި ހެންވޭރު ދެކުނު ދާއިރާގެ އެމްޑީޕީގެ މެމްބަރު މުހައްމަދު އަބްދުލްކަރީމް (ރުކުމާ) އާއި ނޮޅިވަރަމް ދާއިރާގެ މެމްބަރު ހުސައިން އަރީފަށެވެ. މާދަމާ މެންދުރު ފަހު 3:15 އަށް ފުލުހަށް ހާޒިރުވާން އަލީ ހުސައިނަށް އެންގިއިރު މެމްބަރު ރުކުމާ އަށް އަންގާފައިވަނީ މާދަމާ ރޭ 8:15 އަށް ހާޒިރުވުމަށެވެ. އަރީފަށް އެންގީ މާދަމާ ރޭ 9:15 އަށް ހާޒިރުވުމަށެވެ.

އެ ތިން މެމްބަރުންގެ އިތުރުން މާދަމާ ޕޮލިހަށް ހާޒިރުކުރަނީ ހިތަދޫ މެދު ދާއިރާގެ މެމްބަރު އިބްރާހިމް މުހައްމަދު ދީދީ (ޑީޑީ) އާއި ހިތަދޫ އުތުރު ދާއިރާގެ މެމްބަރު މުހައްމަދު އަސްލަމެވެ. އަސްލަމް ފުލުހަށް ހާޒިރުވާން އަންގާފައި ވަނީ މާދަމާ ހަވީރު 4:45 އަށެވެ. ކުރީގެ ބްރިގޭޑިއާ ޖެނެރަލް ޑީޑީ ފުލުހަށް ހާޒިރުކުރަނީ މާދަމާ ހަވީރު 7:45 އަށެވެ.

މީގެ އިތުރުން ހެންވޭރު އުތުރު ދާއިރާގެ މެމްބަރު އަބްދުﷲ ޝާހިދު މިރޭ ވަނީ ފުލުހަށް ހާޒިރުކޮށްފަ އެވެ.

ގަދަކަމުން މަޖިލީހަށް ވަތް މެމްބަރުން އެތަނުން ނެރެފައިވަނީ ސަލާމަތީ ބާރުތަކުން ވަދެ އެވެ. އެ ހަމަނުޖެހުންތަކުގައި ބައެއް މެމްބަރުންނަށް ވަނީ އަނިޔާވެފަ އެވެ.