Roadha Mihaaru
ސަގާފަތްކުރިއަރުވަން މެލޭޝިއާއާއެކު ސޮއިކޮށްފި

ސަގާފަތާއި ތަރިކަ އާއި އަދާކާދަ ކުރިއަރުވަން މެލޭޝިއާއާ އެކު ރާއްޖެ އިން ސޮއިކޮށްފި

04 އޯގަސްޓް 2017

ރާއްޖޭގެ ސަގާފަތާއި ތަރިކައާއި އަދާކާދަ ކުރިއަރުވަން މެލޭޝިއާއާ އެކު ސޮއިކޮށްފި އެވެ.

ރާއްޖޭގެ ސަގާފަތާއި ތަރިކައާއި އަދާކާދަ ކުރިއަރުވަން މެލޭޝިއާއާ އެކު ސޮއިކޮށްފި އެވެ.

މިދިޔަ ހަފުތާގައި މެލޭޝިއާގެ ޓޫރިޒަމް ސެންޓަރުގައި ބޭއްވި ރަސްމިއްޔާތެއްގައި ދިވެހި ސަރުކާރުގެ ފަރާތުން އެ އެއްބަސްވުމުގައި ސޮއިކުރެއްވީ މެލޭޝިއާގައި ހުންނަވާ ދިވެހި ސަފީރު މުހައްމަދު ފަހުމީ އެވެ. މެލޭޝިއާގެ ފަރާތުން ސޮއިކުރެއްވީ ޓޫރިޒަމް އެންޑް ކަލްޗާ މިނިސްޓްރީގެ ޑިރެކްޓަރު ޖެނެރަލް އަބްދުލް ޣައްފާރު އެެވެ.

މެލޭޝިއާގެ ނޫހެއްގައި ބުނެފައި ވަނީ ރާއްޖެ އާއި މެލޭޝިއާ އަކީ އިސްލާމީ ގައުމެއްގެ އިތުރުން ވަރަށް ގިނަ އެއްގޮތް ކަންތައްތަކެއް ހުރި ގައުމެއް ކަމަށެވެ. އެ އެއްބަސްވުމުގެ ދަށުން، ދެ ގައުމުގެ ދެމެދުގައި އޮންނަ ސިޔާސީ ގުޅުން އިތުރަށް ބަދަހި ކުރުމާއި ދެ ގައުމުގެ ކުރިއެރުމަށް ގުޅިގެން މަސައްކަތް ކުރާނެ ކަމަށް ވެސް މެލޭޝިއާގެ ކަލްޗާ މިނިސްޓްރީއާ ހަވާލާދީ ބުނެފައިވެ އެވެ.

ނޫހުގައި ބުނެފައި ވަނީ ރާއްޖެއާ އެކު ސޮއިކުރި އެއްބަސްވުމުގެ ދަށުން، ސަގާފަތާއި ތަރިކަ އަދި އާދަކާދަ ކުރިއެރުވުމަށް މީހުން ތަމްރީނުކުރަން ދެ ގައުމުން ގުޅިގެން މަސައްކަތް ކުރާނެ ކަމަށެވެ.