Roadha Mihaaru
ސްމާޓްވޮޗެއް ނުހޯދަނީ ކިއްވެ؟

ސްމާޓްވޮޗެއް އޮތީ ކިތައް މީހުންގެ އަތުކުރީގައިތަ؟

07 އޯގަސްޓް 2017

އަހަރަކު ހަތަރު ފަހަރު ކުންފުނިތަކުން ހިސާބުކިތާބު ނިންމަ އެވެ. ފައިދާވީ ކޮން ވިޔަފާރިއަކުންތޯ އަދި ގެންލުންވީ ކޮން ވިޔަފާރިއަކުންތޯ ބެލުމެވެ. ސްމާޓްވޮޗް އުފައްދަން މަޝްހޫރު ކުންފުނިތަކުން ވެސް، މި އަހަރު ދެ ވަނަ ފަހަރަށް ހިސާބު ނިންމައިފި އެވެ.

އަހުމަދު ނިޔާޒް އަހުމަދު ނިޔާޒް

އަހަރަކު ހަތަރު ފަހަރު ކުންފުނިތަކުން ހިސާބުކިތާބު ނިންމަ އެވެ. ފައިދާވީ ކޮން ވިޔަފާރިއަކުންތޯ އަދި ގެންލުންވީ ކޮން ވިޔަފާރިއަކުންތޯ ބެލުމެވެ. ސްމާޓްވޮޗް އުފައްދަން މަޝްހޫރު ކުންފުނިތަކުން ވެސް، މި އަހަރު ދެ ވަނަ ފަހަރަށް ހިސާބު ނިންމައިފި އެވެ.

ސްމާޓްވޮޗް ވިޔަފާރި އަކީ އެހާ ކަމުދާ މަސައްކަތެއް ކަމަށް އެ މީހުން ނުބުނެ އެވެ. އެކަމަކު ކުރިމަގު ތަނަވަސްވާ ކަމަށް ދައްކާފައެއް ނުވެ އެވެ. ސްމާޓްވޮޗް ވިޔަފާރިއާ މެދު ބެލެވެނީ ނުތަނަވަސް ނަޒަރަކުންނެވެ.

އެޕަލް އިން ހީކުރީ އެ މީހުން ބޭނުންގައި އަގެއްގައި ސްމާޓްވޮޗް ވިއްކިދާނެ ކަމަށެވެ. އެކަމަކު އެކަމެއް އެ މީހުންނަކަށް ނުވި އެވެ. މާކެޓަށް ވަދެ ހިންދެމިނުލެވިގެން އުޅެނިކޮށް ޖެހުނީ އަގު ހެޔޮ މޮޑެއްތައް ތައާރުފުކުރާށެވެ.

ސްމާޓްވޮޗް ވިޔަފާރި އަކީ ދެމެހެއްޓެނިވި މަސައްކަތެއް ގޮތުގައި ފިޓްބިޓް ވެސް ނުދެކެ އެވެ. ފާއިތުވި އަހަރަށް ވުރެ މި އަހަރު އެ ކުންފުންޏަށް ވި ފައިދާ ވަނީ ދަށްވެފަ އެވެ. ވާހަކަތައް ހުރި ގޮތަށް ބަލާއިރު، ސްމާޓްވޮޗަށް ވުރެ ބޮޑު ފައިދާއެއް "ފިޓްނަސް ޓްރެކާ ބޭންޑް"އަކުން ވެސް އެ ކުންފުންޏަށް ހޯދިދާނެ އެވެ.

ސެމްސަންގް އަދި އެލްޖީ އިން ވެސް ސްމާޓްވޮޗާ މެދު ސީރިއަސްކޮށް ނުދެ އެވެ. އެއީ ވެސް ލިސްޓްގައި އޮންނަންޖެހޭ އައިޓަމަކަށް ވާތީ، އެ މަސައްކަތުގައި ކޮންމެވެސް ވަރަކަށް ކޭއްތިލަ އެވެ. ބޮޑު އަހަންމިއްޔަތުކަމެއް ދީގެން ތަރައްގީކުރާތީ ނުފެނެ އެވެ. މޮޓޮރޯލާއިން ސްމާޓްވޮޗެއް ދެން އުފައްދާނެ ކަމަކަށް ނުބެލެވެ އެވެ.

ސްމާޓްވޮޗަށް އެޕްލިކޭޝަން ލިޔުމަކީ ޑިވެލޮޕަރުން ފޫހިވާ ކަމެއް ކަމަށް ބުނެވެ އެވެ. މާނަ އަކީ ބޭނުންކުރާ މީހުން ސިއްސައިގެންދާ ކަހަލަ އެޕްލިކޭޝަންތަކެއް ސްމާޓްވޮޗަށް ނުލިބުމެވެ.

މަސްރަހު ދިރާސާކުރާ މީހުން ދެކޭ ގޮތުގައި ސްމާޓްވޮޗް ސިނާއަތަށް މާ ބޮޑު ތަރައްގީއެއް ނާންނާނެ އެވެ. އެޕަލް، ފިޓްބިޓް އަދި ގޫގުލް އިން ސްމާޓްވޮޗް މާކެޓް ހިފަހައްޓަން މަސައްކަތްކުރި ނަމަވެސް، އެ އަށް ވުރެ ބޮޑު ފައިދާ އެހެން މަސައްކަތްތަކުން އެ މީހުންނަށް ލިބެ އެވެ. އެޕަލްގެ ހުރިހާ އަމާޒަކާށް ވާނީ އައިފޯނުން ހޯދެން ހުރި ހުރިހާ ފައިދާއެކެވެ.

ސްމާޓްވޮޗަކީ މާ މުހިންމު އެއްޗެއް ކަމަށް ދެކި، އަތުކުރީގައި އަޅައިގެން އުޅޭތީ ނުފެނެ އެވެ. މަދު މީހެއްގެ އަތުކުރިން ސްމާޓްވޮޗެއް ފެނުނު ނަމަވެސް، "އޯގްމެންޓެޑް ރިއާލިޓީ" ފަދަ ޓެކްނޮލޮޖީގެ ސަބަބުން ސްމާޓްވޮޗްގެ ބޭނުންކެނޑުން އެކަށީގެންވާ ކަމަށް މާކެޓް ދިރާސާކުރީ މީހުން ބުނެ އެވެ.