Roadha Mihaaru
އެޕަލް އިން ސިރީ އަށް އުނގަންނައިދެނީ

އެޕަލް އިން ސިރީ އަށް އުނގަންނައިދެނީ

06 އެޕްރީލް 2020

އެޕަލް އިން "ވޮއިސިސް" ގަނެފި އެވެ. މިއީ ބަހުރުވަތަކުގެ ތަބީއަތު ދިރާސާކުރާ ކުންފުންޏެކެވެ. މަސައްކަތަކީ، އެ އެއްޗެއްގެ އަސްލު ދެނެނުގަނެވޭހައި މޮޅަށް، މަސްނޫއީ ބަހުރުވަތައް އުފެއްދުމެވެ.

އަހުމަދު ނިޔާޒް އަހުމަދު ނިޔާޒް

އެޕަލް އިން "ވޮއިސިސް" ގަނެފި އެވެ. މިއީ ބަހުރުވަތަކުގެ ތަބީއަތު ދިރާސާކުރާ ކުންފުންޏެކެވެ. މަސައްކަތަކީ، އެ އެއްޗެއްގެ އަސްލު ދެނެނުގަނެވޭހައި މޮޅަށް، މަސްނޫއީ ބަހުރުވަތައް އުފެއްދުމެވެ.

އެޕަލް އިން ވޮއިސިސް ގަތީ ކީއްކުރަން ކަމެއް ނުބުނެވެ. އެކަމަކު ބުނީ، ކުދިކުދި ކުންފުނިތައް އަބަދުވެސް ގަންނަ ކަމަށެވެ. އަދި އެއީ ކީއްކުރަން ކުރާ ކަމެއްކަން ހާމަކޮށް ވާހަކަ ނުދައްކާ ކަމަށެވެ.

އެޕަލް އިން ވޮއިސިސް ގަތީ ކޮން މަގުސަދެއްގައިކަން ކިޔައިނުދިނަސް، މި މުއާމަލާތާ މެދު އަހަރެމެންނަށް ފެންނަ ގޮތެއް އެބަ އޮތެވެ. ވޮއިސިސްގެ ބޭނުންހިފައި މި ނޫން ކަމެއް އެޕަލް އަށް ކުރެވެން އޮތް ކަމަކަށް ނުފެނެ އެވެ.

ގޫގުލް އެސިސްޓޭންޓް އަދި އެމެޒޯންގެ އެލެކްސާ ފަދަ "ވާޗުއަލް" އެހީތެރިންނަށް ވުރެ އެޕަލްގެ ސިރީ، ފަހަކަށް އައިސް އުޅެނީ ވަރަށް ފަހަތުގަ އެވެ. މިހެން އުޅެނިކޮށް ސެމްސަންގުން "ބިކްސްބީ"ގެ ނަމުގައި އުފެއްދި ޑިޖިޓަލް އެހީތެރިއެއްގެ ފުށުން ވެސް އެޕަލް އަށް ލިބެނީ ރިހުމެވެ.

ސިރީ އަށް އުނގަނައިދީ ބަސްކޮށާރު ހަރުދަނާކުރުމަށް އެޕަލުން ކުރާ މަސައްކަތުގައި، އެޕަލްގެ ދަށަށް ވޮއިސިސް ގެންނާނެ ގޮތަކާ މެދު ބަހުސްކުރެވޭތާ ދުވަސްތަކެއް ވެފައި ވެ އެވެ.

"ވޮއިސިސް ލިމިޓެޑް" އަކީ އަޔަލޭންޑް ކުންފުންޏެކެވެ. އެ މީހުން މާކެޓްކުރާ ޓެކްނޮލޮޖީ އަށް ކިޔަނީ "ވޮއިސިސް" އެވެ. އެއީ ޑިޖިޓަލް ބަހުރުވައިން، އޮންލައިން ފިހާރަތައް ހިންގުމަށް އެހީތެރިވެދޭ ޓެކްނޮލޮޖީއެކެވެ. މިސާލަކަށް ވަކި މަރުކާއެއްގެ އަވަނެއް އަދި ވަކި އަގެއްގައި ގަންނަން ބޭނުންވާ މީހާ، އެ ގޮތަށް އަނގައިން ބުނެލުމުން، އެ އެއްޗެއް ހޯދައި ދަައްކައިދެ އެވެ. ސިރީ އަށް މި ފަދަ ބުއްދިވެރިކަމެއް ހޯދައިދިނުމަކީ އެޕަލުން ދެކޭ ހުވަފެނެކެވެ.