Roadha Mihaaru
ދިވެހި ހައްޖުވެރިން ފުރަން ފަށައިފި

ދިވެހި ހައްޖުވެރިން ފުރަން ފަށައިފި

07 އޯގަސްޓް 2017

މި އަހަރު ރާއްޖޭން ހައްޖަށް ދާ ފުރަތަމަ ގުރޫޕް، މިއަދު ފުރައިފި އެވެ.

އާމިނަތު ޝިފްލީން އާމިނަތު ޝިފްލީން

މި އަހަރު ރާއްޖޭން ހައްޖަށް ދާ ފުރަތަމަ ގުރޫޕް، މިއަދު ފުރައިފި އެވެ.

މި އަހަރު ރާއްޖޭން 1،000 މީހުން ހައްޖަށް ދާއިރު، ސްރީ ލަންކަން އެއާލައިންސް އިން މިއަދު ހެނދުނު ފުރީ ޒައީ ގުރޫޕުގެ ހަވާލުގައި ހައްޖަށް ދާ 96 މީހުންނެވެ.

އެ ގުރޫޕުގެ އިތުރުން ހައްޖަށް މީހުން ގެންދިއުމުގެ ހުއްދަ ދީފައި ވަނީ ހައްޖު ކޯޕަރޭޝަނާއި އަލްހަރަމައިން އަދި ސިސިލްފަރު ހައްޖު ގުރޫޕަށެވެ.

މި އަހަރު ރާއްޖެއިން ހައްޖަށް ދާ މީހުން ފުރުމުގެ ކުރިން އާއިލާ މީހުންނާ އެއާޕޯޓުގައި ސަލާމް ކުރަނީ.---މިހާރު ފޮޓޯ: ހުސެއިން ވަހީދު

މި އަހަރު ރާއްޖެއިން ހައްޖަށް ދާ މީހުން ފުރުމުގެ ކުރިން އާއިލާ މީހުންނާ އެއާޕޯޓުގައި ސަލާމް ކުރަނީ.---މިހާރު ފޮޓޯ: ހުސެއިން ވަހީދު

ހައްޖު ކޯޕަރޭޝަނުން 693 މީހުން ގެންދާއިރު، ސިސިލްފަރު ގުރޫޕުން 96 އަދި އަލްހަރަމައިން އިން 98 މީހަކު ހައްޖަށް ގެންދިއުމަށް ވަނީ ހަމަޖެހިފަ އެވެ.

ހައްޖަށް ދާ އެންމެ ފަހު ގުރޫޕު ސައުދީ އަރަބިއްޔާއަށް ފުރުމަށް ހަމަޖެހިފައިވަނީ މި މަހުގެ 23 ގަ އެވެ.

އިސްލާމިކް މިނިސްޓްރީން ބުނި ގޮތުގައި މި އަހަރު ރާއްޖޭން ހައްޖަށް ދާ ހުރިހާ އެންމެންނަށް ވެސް، މިނާ އާއި އަރަފާތުގައި އެއް ސަރަހައްދެއްގައި ތިބެވޭނެ އެވެ.