Roadha Mihaaru
ސުއޫދުގެ ވަރުގަދަ ހަމަލާތަކެއް މުއައްސަސާތަކަށް!

ގާނޫނުއަސާސީ "މަރާލާފައިވާތީ" ސުއޫދުގެ ވަރުގަދަ ހަމަލާތަކެއް މުއައްސަސާތަކަށް!

08 އޯގަސްޓް 2017

ތިން ބާރު ވަކިކޮށް، ފާރަވެރިވެވޭނޭ ނިޒާމަކާ އެކު ރައްޔިތުންގެ ހައްގުތައް ކަށަވަރުކޮށްދީފައި އޮތް ގާނޫނުއަސާސީ "މަރާލާފައިވާ" ކަމަށް ވިދާޅުވެ ސަރުކާރުގެ މުއައްސަސާތަކަށް ކުރީގެ ބަންޑާރަނައިބު ހުސްނުއްސުއޫދު ވަރުގަދަ ބަހުގެ ހަމަލާތަކެއް މިރޭ ދެއްވައިފި އެވެ.

ފަޒީނާ އަހުމަދު ފަޒީނާ އަހުމަދު

ތިން ބާރު ވަކިކޮށް، ފާރަވެރިވެވޭނޭ ނިޒާމަކާ އެކު ރައްޔިތުންގެ ހައްގުތައް ކަށަވަރުކޮށްދީފައި އޮތް ގާނޫނުއަސާސީ "މަރާލާފައިވާ" ކަމަށް ވިދާޅުވެ ސަރުކާރުގެ މުއައްސަސާތަކަށް ކުރީގެ ބަންޑާރަނައިބު ހުސްނުއްސުއޫދު ވަރުގަދަ ބަހުގެ ހަމަލާތަކެއް މިރޭ ދެއްވައިފި އެވެ.

ގާނޫނުއަސާސީ އަށް ނުވަ އަހަރު ފުރުން ފާހަގަކުރުމަށް ޖުމްހޫރީ ޕާޓީގެ ހަރުގެ، މ. ކުނޫޒްގައި އިދިކޮޅު ފަރާތްތަކުން ބޭއްވި ޖަލްސާގައި ސުއޫދު ސިފަކުރެއްވި ގޮތުގައި ގާނޫނުއަސާސީ މިހާރު އޮތީ ވަޒަނަށް ބަޑި ޖަހާއިރު އެ ވަޒަނަށް ވެފައި އޮންނަ ގޮތް ވެފަ އެވެ. ގާނޫނުއަސާސީ މިހާރު އޮތީ ފުރޭންޏަކަށް ވެފައި ކަމަށާއި ހަމަލާ ދެމުންދެމުން ގޮސް ފުރޭންޏެއްގެ ލޯވަޅު ހުންނަ ގޮތަށް ތޮރުފިފައިވާ ކަމަށް ވެސް ވިދާޅުވި އެވެ.

ގާނޫނުއަސާސީ އެކުލަވާލުމުގައި ވެސް އިސް ދައުރެއް އަދާކުރެއްވި ސުއޫދު ވިދާޅުވީ އެ ގާނޫނުއަސާސީގެ "ފޮނި މީރުކަން" ރައްޔިތުންނަށް މިހާރު ނުލިބޭ ކަމަށެވެ. ގާނޫނުއަސާސީ އެކުލަވައިލި އިރު ރައްޔިތުން ބޭނުންވީ ބާރުތައް ވަކިވެފައިވާ ސިޔާސީ ނިޒާމެއް ގާއިމްކުރަން ކަމަށާއި އެއަށް ފަހު ސިޔާސީ ޕާޓީތައް އެކުލެވޭ ނިޒާމަކާއި މިނިވަން ޝަރުއީ ނިޒާމެއް އޮތުން ކަމަށް ވެސް ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި އެ ޝަރުއީ ނިޒާމަކީ ގާނޫނުއަސާސީ ދިފާއުކުރާނެ ތަނެއްގެ ގޮތުގައި އޮތުމަށް ވެސް ރައްޔިތުން ބޭނުންވި އެވެ. މިނިވަން މުއައްސަސާތަކެއް ގާއިމްކުރީ، ސުއޫދު ވިދާޅުވި ގޮތުގައި، ހުދުމުހުތާރު ވެރިކަމަކަށް ރާއްޖޭގައި ފުރުސަތު ލިބުނަ ނުދިނުމަށެވެ.

މިނިވަން ޖުޑިޝަރީގެ އުއްމީދު ދިޔައީ ފަނުފުލުން!

ސުއޫދު ވިދާޅުވި ގޮތުގައި ގާނޫނުއަސާސީން ހޯދައިދޭން އެންމެ ބޮޑަށް ވަކާލާތު ކުރި އެއް ކަމަކީ މިނިވަން ޖުޑިޝަރީއެކެވެ. ޝަރުއީ ނިޒާމުން ރާއްޖޭގެ މިނިވަންކަމާއި ރައްޔިތުންގެ ހައްގުތަކާއި ގާނޫނުއަސާސީ ދިފާއުކުރާނެ ކަމުގެ އުއްމީދުތައް ކުރި ނަމަވެސް އެކަން ވަނީ ފަނުފުލުން ގޮސްފައި ކަމަށް އޭނާ ވިދާޅުވި އެެވެ.

ވަކީލުންތަކެއް ހުވާކުރުމަށް މިދިޔަ އަހަރުގެ އޮކްޓޯބަރުގައި ބޭއްވި ރަސްމިއްޔާތެއްގައި އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދު (މ) އަދި އެ ކޯޓުގެ އެހެން ތިން ފަނޑިޔާރަކާއި ބަންޑާރަ ނައިބު އަނިލް (ވ).---މިހާރު ފައިލް ފޮޓޯ

ވަކީލުންތަކެއް ހުވާކުރުމަށް މިދިޔަ އަހަރުގެ އޮކްޓޯބަރުގައި ބޭއްވި ރަސްމިއްޔާތެއްގައި އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދު (މ) އަދި އެ ކޯޓުގެ އެހެން ތިން ފަނޑިޔާރަކާއި ބަންޑާރަ ނައިބު އަނިލް (ވ).---މިހާރު ފައިލް ފޮޓޯ

"އަޅުގަނޑުމެން ފަނޑިޔާރުންނާ ހަވާލުކުރި މަސައްކަތަކީ އެންމެ މަސައްކަތެއް. ގާނޫނުއަސާސީއާ އެއްގޮތްވާ ގޮތުގެ މަތިން އަދުލު އިންސާފު ގާއިމް ކޮށްދެއްވާށޭ. އެވަރު މިއުޅެނީ މިހާރު އޮތް ޖުޑިޝަރީއަށް ކޮށް ނުދެވިގެން،" ސުއޫދު ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ އަދުލުއިންސާފު ގާއިމްކުރުމުގައި ފަނޑިޔާރުން ހަމައެކަނި ބައްލަވަން ޖެހިވަޑައިގަންނަވާނީ ގާނޫނުއަސާސީ އާއި ގާނޫނުތަކާއި އިސްލާމީ ޝަރީއަަތަށް ކަމަށް ވެސް ކަނޑައަޅާފައިވާ ކަމަށެވެ. އެކަމަކު އެ ތަރަހަ އިން ބޭރަށް ފަނޑިޔާރުން ނިކުމެ، ބޭނުން ގޮތަކަށް ގާނޫނުއަސާސީ މާނަކޮށް، ބަދަލުތަކެއް ގެނެސްފައިވާ ކަމަށް ވިދާޅުވި އެވެ.

ގާނޫނުއަސާސީ އަށް މިހާތަނަށް ދީފައި އޮތް އެންމެ ބޮޑު ހަމަލާއަކީ ވެސް އެއީ ކަމަށް ސުއޫދު ވިދާޅުވި އެވެ.

މިނިވަން މުއައްސަސާތަކަށް މުހިއްމީ މަގާމު ދިފާއުކުރުން!

ރައްޔިތުންގެ ހައްގުތައް ކަށަވަރުކޮށްދޭނެ މިނިވަން މުއައްސަސާތަކެއް އުފެއްދީ، ސުއޫދު ވިދާޅުވި ގޮތުގައި، ދިވެހިރާއްޖޭގައި ޑިކްޓޭޓާޝިޕަކަށް ޖާގަ ނުދީ ފާރަވެރިވާނެ ބަޔަކު ކަނޑައެޅުމަށެވެ.

ސުއޫދު ވިދާޅުވީ މިނިވަން މުއައްސަސާތަކުގެ އަމަލުތައް ހުރީ އުފެއްދި މަގްސަދާ، މުޅިން އިދިކޮޅަށް ކަމަށެވެ. މުއައްްސަސާތަކުގެ މެމްބަރުން މަސައްކަތް ކުރައްވަނީ އަމިއްލަ ވަޒީފާ އާއި އިނާޔަތްތަކާއި ކުރިއެރިއެރުމާއި ތަނަވަސްކަން ހޯދުމަށް ކަމަށް އޭނާ ވިދާޅުވި އެވެ.

"ދިވެހިރައްޔިތުންނަށް އެއްވެސް ކަމެއް ކޮށްދޭކަށް ބޭނުމެއް ނޫން. ގާނޫނުއަސާސީ ދިފާއު ކޮށްދޭކަށް، ހިމާޔަތްކޮށްދޭން ބޭނުމެއް ނޫން،" ސުއޫދު ވިދާޅުވި އެވެ.

މިސާލެއް ދައްކަވަމުން ނެންގެވީ، ޕްރޮސިކިއުޓާ ޖެނެރަލް މަސައްކަތް ކުރައްވަމުން އަންނަ ގޮތެވެ.

ޕްރޮސެކިއުޓަ ޖެނެރަލް އައިޝަތު ބިޝާމް މި މަހުގެ އެއްވަނަ ދުވަހު މީޑިއާއާ ވާހަކަ ދައްކަވަނީ.---މިހާރު ފޮޓޯ: ހުސެއިން ވަހީދު

ޕްރޮސެކިއުޓަ ޖެނެރަލް އައިޝަތު ބިޝާމް މި މަހުގެ އެއްވަނަ ދުވަހު މީޑިއާއާ ވާހަކަ ދައްކަވަނީ.---މިހާރު ފޮޓޯ: ހުސެއިން ވަހީދު

އޭނާ ވިދާޅުވީ ދައުލަތުގެ ޕޮރޮސިކިއުޓަ ޖެނެރަލް މަސައްކަތް ކުރަން ޖެހޭނީ މިނިވަންކަމާއި މުސްތަގިއްލުކަމާ އެކުގައި ކަމަށް ގާނޫނުއަސާސީގައި އޮންނަ ކަމަށެވެ. ވަރަށް ގިނަ ބާރުތަކެއް ދީފައިވާ ޕީޖީ މަސައްކަތް ކުރައްވާ ގޮތަށް ބަލާއިރު ފެންނަނީ ހަމައެކަނި ޓެރަރިޒަމްގެ ގާނޫނު ގެންގުޅުއްވާ ތަން ކަމަށް ވެސް ސުއޫދު ވިދާޅުވި އެވެ.

"ހަމަ ކޮންމެ މީހަކަށް ވެސް ޓެރަރިޒަމްގެ ގާނޫނުގެ ދަށުން ދައުވާ ކުރަމުން މިދަނީ. ކީއްވެގެންތޯ ޕްރޮސިކިއުޓަ ޖެނެރަލް އޮފީހުގައި ބަންޑާރަ ނައިބު އިނދެގެން އޭނަ އަމިއްލަ އަށް ސިޔާސީ ފަރާތްތަކުގެ މައްޗަށް ދައުވާ ޑްރާފްޓް ކުރަންވީ،" ސުއޫދު ސުވާލު އުފެއްދެވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި ގާނޫނުއަސާސީގައި ކަނޑައަޅާފައި އޮތް ގޮތުން ބަންޑާރަ ނައިބަކަށް، ޕްރޮސިކިއުޓަ ޖެނެރަލްގެ މައްޗަށް ނުފޫޒެއް ނުފޯރުވޭނެ އެވެ. އެކަމަކު މިއަދު ފެންނަނީ އެއާ އިދިކޮޅަށް ކަމަށާއި ގާނޫނުއަސާސީން ހުއްޓުވަން ބޭނުންވީ އެފަދަ އަމަލުތައް ކަމަށް ވެސް ސުއޫދު ވިދާޅުވި އެވެ.

ދައުވާކުރުމާ ގުޅޭ ގޮތުން ޕްރޮސެކިއުޓަ ޖެނެރަލް ރައީސް އޮފީހަށް ވަޑައިގެން، ރައީސުލްޖުމްހޫރިއްޔާއާ މަޝްވަރާކޮށް އިރުޝާދު ހޯއްދަވަނީ ކީއްވެތޯ ވެސް ސުވާލު ކުރެއްވި އެވެ. ދައުވާތައް މިހާރު އަމާޒުކޮށްފައިވާ ގޮތުން، އެއީ ރައީސުލްޖުމްހޫރިއްޔާ އާއި އެޓާނީ ޖެނެރަލާއި ޕީޖީ އަދި ފުލުހުންނާއި ސިފައިން ގުޅިގެން ހިންގާ ޣައިރު ގާނޫނީ ކަންތައްތަކެއް ކަމަށް ބެލެވޭ ކަމަށް ވެސް ސުއޫދު ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި އޭސީސީ އަށް އަންނަނީ މޫސުންތަކެކެވެ. އެއިން ކޮންމެ މޫސުމެއްގައި ފެންނަނީ ސިޔާސީ މީހުން އެތަނަށް ހާޒިރުކުރާ މަންޒަރު ކަމަށް ސުއޫދު ވިދާޅުވި އެވެ.

އޭސީސީގެ އަހަރީ ރިޕޯޓެއް ނެރުމަށް ބޭއްވި ރަސްމިއްޔާތުގައި، އެ ކޮމިޝަންގެ މެމްބަރުން ބައިވެރިވަޑައިގަންނަވަނީ.- ފޮޓޯ: އޭސީސީ

އޭސީސީގެ އަހަރީ ރިޕޯޓެއް ނެރުމަށް ބޭއްވި ރަސްމިއްޔާތުގައި، އެ ކޮމިޝަންގެ މެމްބަރުން ބައިވެރިވަޑައިގަންނަވަނީ.- ފޮޓޯ: އޭސީސީ

އެތައް ޒަމާނެއްވެ، ފައިލް ބަންދުކޮށްފައިވާ މައްސަލަތައް ވަކި މޫސުމެއް ޖެހުމުން ހިލިގަންނަ ކަމަށާއި ވަކި ބައެއްގެ މައްސަލަ އަޑި އަށް ލައި ފޮރުވާ ކަމަށް ވިދާޅުވި އެވެ.

ސުއޫދު ވިދާޅުވީ އޭސީސީގެ ބައެއް މެމްބަރުންނަށް ލިބުނު ލަގްޒަރީ އެޕާޓްމެންޓްތަކުގެ ވާހަކަ ނުދައްކަވައި އިސްކަންދެއްވީ އަމިއްލަ މަސްލަހަތަށް ކަމަށެވެ.

ފުލުހުންގެ މަސައްކަތަށް އަލިއަޅުއްވާލަމުން ވިދާޅުވީ ސިޔާސީ ފަރާތްތައް އެ ތަނަށް ހާޒިރު ކުރުން ނޫން ކަމެއް ކުރާ ތަން ނުފެންނަ ކަމަށެވެ. އެކި ނަންނަމުގައި އެކި ތުހުމަތުތަކުގައި، ސިޔާސީ މީހުން ގެންދަނީ ކުޅިވަރެއް ކުޅޭހެން ކަމަށް ވެސް ސުއޫދު ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި އިލެކްޝަންސް ކޮމިޝަން މަސައްކަތް ކުރަމުން ދަނީ ޕީޕީއެމްގެ ދަރުބާރު ފެކްޝަންގެ ސުލޫކީ ކޮމެޓީ މަސައްކަތް ކުރާ އުސޫލުންނެވެ. ގައުމީ މުއައްސަސާއެއްގެ ގޮތުގައި އެ ކޮމިޝަނުގެ މެމްބަރުންގެ ވާޖިބު އަދާނުކުރައްވާ ކަމަށް ވިދާޅުވި އެވެ.

ދިވެހި ފުލުހުން ރައްޔިތުންގެ މަޖިލިހުގެ އިދިކޮޅު މެމްބަރުންނަށް ހުރަސްއަޅަނީ.---މިހާރު ފޮޓޯ

ދިވެހި ފުލުހުން ރައްޔިތުންގެ މަޖިލިހުގެ އިދިކޮޅު މެމްބަރުންނަށް ހުރަސްއަޅަނީ.---މިހާރު ފޮޓޯ

ސުއޫދު ވިދާޅުވީ ތިން ބާރު ގާނޫނުއަސާސީގައި ވަކިކޮށްދީފައި އޮތަސް އޭގެ މައްޗަށް ފައިން އަރައި މުޅި މަހްފޫމް ވަނީ ގެއްލުވާލައިފައި ކަމަށެވެ. ރައްޔިތުންގެ އެއްބާރު ހުއްޓުވާލާފައި އޮތުމަކީ ގާނޫނުއަސާސީ ނެތް ކަމަށް ވަކާލާތު ކުރެވިދާނެ ކަމެއް ކަމަށް އޭނާ ވިދާޅުވި އެވެ.

"ރައްޔިތުންގެ މަޖިލިސް ހުއްޓިފައި އޮވެއްޖިއްޔާ ގާނޫނުއަސާސީ ދިރި ދެމި އޮތް ކަމަށް ވަކާލާތު ކުރާނެ ޖާގައެއް ނެތް މިއަދަކު. ގާނޫނުއަސާސީ އަށް ނުވަ އަހަރު މިއަދު ފުރޭ އިރު، މަޖިލިސް ހުއްޓިފައި އޮތް އޮތުމަކީ މި ގާނޫނުއަސާސީ ނެތް ކަމަށް ވަކާލާތުކޮށް ހެކި ދެއްކިދާނެ ސަބަބެއް،" ސުއޫދު ވިދާޅުވި އެވެ.

މަޖިލީހުގެ މެމްބަރުންގެ ގޮނޑިއާ ގުޅޭ ގޮތުން ސުޕްރީމް ކޯޓުން ނެރެފައިވާ ހުކުމަކީ ގާނޫނުއަސާސީގައި މިހާރު އެޅިފައި އޮތް އެންމެ ބޮޑު ލޯވަޅުގެ ގޮތުގައި ވެސް ސުއޫދު ސިފަކުރެއްވި އެވެ.

އަސާސީ ހައްގުތައް ވަނީ ފުޅިތަކެއްގައި ބަންދުކޮށްފައި

ރައްޔިތުންނަށް އަސާސީ ހައްގުތަކެއް ކަށަވަރު ކޮށްދީފައިވީ ނަމަވެސް ސުއޫދު ވިދާޅުވި ގޮތުގައި، އެ ހައްގުތައް ހަނިކުރަމުން ގޮސް ފުޅިތަކަކަށް ލައި ފުލުހުން ވަނީ ބަންދުކޮށްފަ އެވެ. ހިޔާލު ފާޅުކުރުމާއި އެއްވެ އުޅުން ހުއްޓުވުމަކީ ފުލުހުންނަށް ކުރެވޭނެ ކަމެއް ނޫން ކަމަށް ވިދާޅުވި އެވެ.

މިދިޔަ މަހުގެ 26 ގައި އިދިކޮޅު ފަރާތްތަކުން އެމްޑީޕީގެ ހަރުގެ ކުރިމަތީގައި ބޭއްވި އެއްވުން ރޫޅާލުމުގެ ތެރޭގައި، ހަރުގެ ތެރެއިން އެ ޕާޓީގެ އިސް އެކްޓިވިސްޓަކު ހައްޔަރުކުރަނީ.---މިހާރު ފޮޓޯ: ހުސެއިން ވަހީދު

މިދިޔަ މަހުގެ 26 ގައި އިދިކޮޅު ފަރާތްތަކުން އެމްޑީޕީގެ ހަރުގެ ކުރިމަތީގައި ބޭއްވި އެއްވުން ރޫޅާލުމުގެ ތެރޭގައި، ހަރުގެ ތެރެއިން އެ ޕާޓީގެ އިސް އެކްޓިވިސްޓަކު ހައްޔަރުކުރަނީ.---މިހާރު ފޮޓޯ: ހުސެއިން ވަހީދު

އެއްވެ އުޅުމުގެ ހައްގަކީ ފުލުހުން ބޭނުންވާ މީހަކަށް ދީފައި، ބޭނުން ނުވާ މީހަކަށް ނުދެވޭ ގޮތަށް އޮތް ހައްގެއް ނޫން ކަން ވެސް ސުއޫދު ފާހަގަކުރެއްވި އެވެ. ގާނޫނުއަސާސީއާ ކަނޑައެޅިގެން ޚިލާފަށް އަސާސީ ހައްގުތައް ހަނިކުރި މައްސަލައަކީ ފުލުހުން ޖަވާބުދާރީވާންޖެހޭ މައްސަލައެއް ކަމަށް ވިދާޅުވި އެވެ.