10 އޯގަސްޓް 2017
ރައްޔިތުންގެ މަޖިލީހުގެ މެމްބަރުކަމުގެ ގޮނޑި ގެއްލިފައިވާ ކަމަށް އިލެކްޝަންސް ކޮމިޝަނުން ކަނޑައަޅާފައިވާ ވިލިނގިލީ ދާއިރާގެ މެމްބަރު ސައުދު ހުސައިނާއި މަޑުއްވަރީ ދާއިރާގެ މެމްބަރު މުހައްމަދު އަމީތު ބަންދުގައި ބަހައްޓަން ކްރިމިނަލް ކޯޓުން ކުރި އަމުރުގެ އިސްތިއުނާފް އަޑުއެހުންތައް ހައި ކޯޓުން މިއަދު ނިންމާލައިފި އެވެ.
ރައްޔިތުންގެ މަޖިލީހުގެ މެމްބަރުކަމުގެ ގޮނޑި ގެއްލިފައިވާ ކަމަށް އިލެކްޝަންސް ކޮމިޝަނުން ކަނޑައަޅާފައިވާ ވިލިނގިލީ ދާއިރާގެ މެމްބަރު ސައުދު ހުސައިނާއި މަޑުއްވަރީ ދާއިރާގެ މެމްބަރު މުހައްމަދު އަމީތު ބަންދުގައި ބަހައްޓަން ކްރިމިނަލް ކޯޓުން ކުރި އަމުރުގެ އިސްތިއުނާފް އަޑުއެހުންތައް ހައި ކޯޓުން މިއަދު ނިންމާލައިފި އެވެ.
ސައުދާއި އަމީތު ހައްޔަރުކޮށް، 15 ދުވަހަށް ބަންދުގައި ބަހައްޓަން ކްރިމިނަލް ކޯޓުން އަމުރުކުރީ އެ ދެ ބޭފުޅުންގެ ގޮނޑި ގެއްލިފައިވާ ކަމަށް އިލެކްޝަންސް ކޮމިޝަނުން ކަނޑައަޅާފައި ވަނިކޮށް، އިދިކޮޅު މެމްބަރުންނާ އެކު މިދިޔަ މަހުގެ 24 ވަނަ ދުވަހު މަޖިލިހުގެ އިދާރާ އަށް ވަދެވަޑައިގަތް މައްސަލައިގަ އެވެ.
އަޑުއެހުމަށް ފަހު އަމީތު ދޫނިދޫ އަށް ގެންދަނީ--ފޮޓޯ/ސޯޝަލް މީޑިއާ
ކްރިމިނަލް ކޯޓުގެ އަމުރު އެ ދެ ބޭފުޅުންގެ ފަރާތުން އިސްތިއުނާފް ކުރުމުން ހައި ކޯޓުގައި އެ މައްސަލައިގެ އަޑުއެހުންތައް ފަށައި، އަޑުއެހުންތައް ވަނީ ނިންމާލައިފަ އެވެ. އެހެންވެ، ވަކިވަކިން ކުރިއަށް ގެންދާ އެ ދެ މައްސަލާގައި ވެސް އިތުރު ކަމެއް ސާފުކުރަން ނުޖެހޭ ނަމަ ދެން އޮންނާނީ ހުކުމް ކުރުމެވެ.
ސައުދާއި އަމީތުގެ އިތުރުން ތުލުސްދޫ ދާއިރާގެ މެމްބަރު މުހައްމަދު ވަހީދު އިބްރާހިމް( ވައްޑެ) ވެސް ވަނީ އެ މައްސަލާގައި ހައްޔަރުކޮށްފަ އެވެ. ވައްޑެގެ ބަންދަށް ފުރަތަމަ އިތުރުކޮށްދިން 15 ދުވަހުގެ މުއްދަތު ހަމަވުމުން ކޯޓުން އިއްޔެ ވަނީ އިތުރު ހަތަރު ދުވަސް ބަންދަށް އިތުރުކޮށްފަ އެވެ.
އެ ތިން ބޭފުޅުންގެ ގޮނޑި ގެއްލިފައިވާ ކަމަށް ކޮމިޝަނުން ކަނޑައެޅި މައްސަލަ މިހާރު ދަނީ ސުޕްރީމް ކޯޓުގައި ހިނގަމުންނެވެ.
ވައްޑެ ހައްޔަރުކުރީ ގާނޫނާ ޚިލާފަށް: ހައި ކޯޓް
އަހަރެއް ފަހުން، ހަތަރު މެމްބަރުން އެކީ މަޖިލީހުގައި
ޕީޕީއެމުން ވަކިވާން ހުށަހެޅުމާ އެކު ވަކިވާނެ
ވައްޑެގެ ގޮނޑި ނުގެއްލޭ ކަމަށް ކޯޓުން ހުކުމްކޮށްފި
ހަތަރު މެމްބަރުންގެ މައްސަލަ: މިފަހަރު ވާނީ ކިހިނެއް؟
އިންސާފު ނުލިބޭތީ ހިތާމަކުރަން: އަމީތު
ލަތީފްގެ އާދޭސް: ގޮނޑީގެ މައްސަލަ އަވަހަށް ނިންމައިދީ
ކޯޓުން އެދުނީ ޝަކުވާ ލިޔުމުން ހުށަހަޅަން: މެމްބަރުން
އަމީތާއި ސައުދު ދޫކޮށްލައިފި
ޝަރުތުތަކަކާ އެކު ވައްޑެ ދޫކޮށްލައިފި