Roadha Mihaaru
ރިޔާޒްގެ އިސްތިއުނާފް އަޑުއެހުމެއް އާދިއްތަ ދުވަހު

ރިޔާޒް ސަލާމަތްވި މައްސަލައިގެ އިސްތިއުނާފް ދެވަނަ އަޑުއެހުން އާދިއްތަ ދުވަހު ބާއްވަނީ

11 އޯގަސްޓް 2017

ފޯނެއްް ހުޅުވައި ނުދިން މައްސަލާގައި ޖުމްހޫރީ ޕާޓީގެ ޑެޕިއުޓީ ލީޑަރު އަބްދުﷲ ރިޔާޒްގެ މައްޗަށް ކުރި ދައުވާ ސާބިތުނުވި މައްސަލައިގެ އިސްތިއުނާފް ދެވަނަ އަޑުއެހުން އަންނަ އާދިއްތަ ދުވަހު ބާއްވަން ހައި ކޯޓުން ހަމަޖައްސައިފި އެވެ.

ފޯނެއްް ހުޅުވައި ނުދިން މައްސަލާގައި ޖުމްހޫރީ ޕާޓީގެ ޑެޕިއުޓީ ލީޑަރު އަބްދުﷲ ރިޔާޒްގެ މައްޗަށް ކުރި ދައުވާ ސާބިތުނުވި މައްސަލައިގެ އިސްތިއުނާފް ދެވަނަ އަޑުއެހުން އަންނަ އާދިއްތަ ދުވަހު ބާއްވަން ހައި ކޯޓުން ހަމަޖައްސައިފި އެވެ.

ކުރިން ޕޮލިސް ކޮމިޝަނަރު ކަން ކުރެއްވި އަދި ރައްޔިތުންގެ މަޖިލީހުގެ ކިނބިދޫ ދާއިރާގެ މެމްބަރު ރިޔާޒްގެ މައްޗަށް ދައުލަތުން ދައުވާކުރީ މިދިޔަ މާޗް މަހު ކޯޓު އަމުރެއްގެ ދަށުން ރިޔާޒްގެ ފޯނު ފުލުހުން ހިފަހައްޓައި، ފޯނު ހުޅުވަން އެންގުމުން އެކަން ނުކުރި މައްސަލައިގަ އެވެ. އެ މައްސަލާގައި ރިޔާޒްގެ މައްޗަށް ކުށް ސާބިތުނުވާ ކަމަށް ކްރިމިނަލް ކޯޓުން ހުކުމް ކުރުމުން އެ މައްސަލަ އިސްތިއުނާފްކުރީ ދައުލަތުންނެވެ.

އެ މައްސަލައިގެ އިސްތިއުނާފް އަޑުއެހުމެއް މީގެކުރިން ހައި ކޯޓުގައި ބާއްވާފައިވާއިރު އެ ދުވަހު ވަނީ ވަކީލަކު ހަމަޖެއްސުމަށާއި ދައުވާ އަށް ޖަވާބުދާރީވާން ރިޔާޒަށް ފުރުސަތު ދީފަ އެވެ. އެހެންވެ، އާދިއްތަ ދުވަހުގެ އަޑުއެހުމުގައި އޮންނާނީ ވަކީލަކާ އެކު ރިޔާޒް ހާޒިރުވެ، ދައުވާ އަށް ޖަވާބުދާރީވުމެވެ.

އެ ދައުވާ ސާބިތުވެއްޖެ ނަމަ ރިޔާޒްގެ މައްޗަށް ހަތަރު މަހާއި 24 ދުވަހުގެ ޖަލު ހުކުމެއް އަންނާނެ އެވެ. އެ ހުކުމާ އެކު މެމްބަރުކަމުގެ ގޮނޑި ނުގެއްލުނަސް ހުކުމުގެ މުއްދަތުގައި އޭނާ އަށް މަޖިލީހަށް ހާޒިރެއް ނުވެވޭނެ އެވެ.