01 އެޕްރީލް 2018
ރައްޔިތުންގެ މަޖިލީހުުގެ ކިނބިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ރިޔާޒް ފުލުހުންގެ ތަހުގީގެއްގައި އޭނާގެ ފޯނު ހުޅުވައިނުދިނުމުން ކުރި ދައުވާއިން އޭނާ ސަލާމަތްވި މައްސަލައިގެ އިސްތިއުނާފް އަޑުއެހުމެއް މާދަމާ ބާއްވަން ހައި ކޯޓުން ހަމަޖައްސައިފި އެވެ.
ރައްޔިތުންގެ މަޖިލީހުުގެ ކިނބިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ރިޔާޒް ފުލުހުންގެ ތަހުގީގެއްގައި އޭނާގެ ފޯނު ހުޅުވައިނުދިނުމުން ކުރި ދައުވާއިން އޭނާ ސަލާމަތްވި މައްސަލައިގެ އިސްތިއުނާފް އަޑުއެހުމެއް މާދަމާ ބާއްވަން ހައި ކޯޓުން ހަމަޖައްސައިފި އެވެ.
ފޯނެއް ހުޅުވައިނުދިން ކަމަށް ބުނެ، ގާނޫނު ތަންފީޒުކުރާ މުވައްޒަފަކަށް ހުރަސް އެޅުމުގެ ދައުވާ ދައުލަތުން ރިޔާޒްގެ މައްޗަށް ކުރީ މާޗް، 2017 ގައި ފުލުހުންގެ ތަހުގީގެއްގައި ކޯޓު އަމުރެއްގެ ދަށުން ރިޔާޒްގެ ފޯނު ހިފަހައްޓައި، ފޯނު ހުޅުވަން އެންގުމުން އެކަން ރިޔާޒް ނުކުރި ކަމަށް ބުނެ އެވެ. އެ މައްސަލާގައި ކްރިމިނަލް ކޯޓުން ނިންމީ ރިޔާޒްގެ މައްޗަށް އެ ދައުވާ ސާބިތުނުވާ ކަމަށެވެ.
ކްރިމިނަލް ކޯޓުގެ އެ ހުކުމް އިސްތިއުނާފް ކުރަން ދައުލަތުން ހައި ކޯޓަށް ހުށަހެޅި މައްސަލައިގެ ޝަރީއަތް މިދިޔަ އަހަރު އެ ކޯޓުން ފަށާފައިވާއިރު މާދަމާ ހެނދުނު ބާއްވާ އަޑުއެހުމަކީ ރިޔާޒްގެ ފަރާތުން ޖަވާބުދާރީވުމަށް ބާއްވާ އަޑުއެހުމެވެ.
އެ ދައުވާ ހައި ކޯޓުން ރިޔާޒްގެ މައްޗަށް ސާބިތުވެއްޖެ ނަމަ ހަތަރު މަހާއި 24 ދުވަހުގެ ޖަލު ހުކުމެއް އަންނާނެ އެވެ. އެ ހުކުމް އަޔަސް މެމްބަރުކަމުގެ ގޮނޑިއެއް ނުގެއްލޭނެ އެވެ. އެކަމަކު އެ ހުކުމުގެ މުއްދަތުގައި މަޖިލީހަށް ހާޒިރުވުމުގެ ފުރުސަތެއް ނުލިބޭނެ އެވެ.
ކުރީގެ ޕޮލިސް ކޮމިޝަނަރު ރިޔާޒްގެ ޝަރީއަތް ހައި ކޯޓުން މާދަމާ ބާއްވާއިރު، މިދިޔަ މަހުން ފެށިގެން ރިޔާޒް ހުންނެވީ ޝަރީއަތް ނިމެންދެން ބަންދު ކޮށްފަ އެވެ. އޭނާ ޝަރީއަތް ނިމެންދެން ބަންދުކުރީ ރަސްމީ ހައިސިއްޔަތުން ކުރަންޖެހޭ ކަމަކަށް ނުފޫޒު ފޯރުވަން އުޅުނު ކަމަށް ބުނެ އޭނާގެ މައްޗަށް މިދިޔަ އަހަރު އުފުލާފައިވާ ދައުވާއާ ގުޅިގެންނެވެ. އެ މައްސަލަ ކްރިމިނަލް ކޯޓުގައި މިހާރު ދަނީ ހިނގަމުންނެވެ.
މީގެ އިތުރުން މިދިޔަ ފެބްރުއަރީ މަހު ސުޕްރީމް ކޯޓުން ނެރުނު އަމުރަށް ފަހު ހިނގައިދިޔަ ކަންކަމާ ގުޅިގެން ދައުލަތުން ޓެރަރިޒަމްގެ ދައުވާ އުފުލި ބޭފުޅުންގެ ތެރޭގައި ވެސް ރިޔާޒް ހިމެނިވަޑައިގަންނަވަ އެވެ. މީގެ އިތުރުން މިދިޔަ އަހަރުގެ ޖުލައި މަހު އިދިކޮޅު މެމްބަރުންނާ އެކު ގަދަކަމުން މަޖިލީހަށް ވަތް މައްސަލާގައި ވެސް ރިޔާޒްގެ މައްޗަށް ދައުލަތުން ދައުވާ ކުރެ އެވެ.
ރިޔާޒްގެ އިސްތިއުނާފް މައްސަލައިގެ އަޑުއެހުމެއް މާދަމާ
އާ ބެންޗަކާ އެކު، އިސްތިއުނާފް އަޑުއެހުންތައް ނިމިއްޖެ
ރިޔާޒްގެ މައްސަލައިގެ ދެވަނަ އަޑުއެހުން ކެންސަލްކޮށްފި
ރިޔާޒްގެ އިސްތިއުނާފް އަޑުއެހުމެއް އާދިއްތަ ދުވަހު
ރިޔާޒްގެ އިސްތިއުނާފު ޝަރީއަތް މާދަމާ ފަށަނީ
ޔާމީންގެ އިސްތިއުނާފް މައްސަލައިގެ ހުކުމް ލައިވްކުރާނެ
ގާސިމްގެ އިސްތިއުނާފް މައްސަލަ މާދަމާ ނިންމަނީ
މައުމޫންގެ އިސްތިއުނާފް ޝަރީއަތް ކުރިއަށް ނުގެންދެވުނު
މައުމޫންގެ ޖަލު ހުކުމުގެ އިސްތިއުނާފް މާދަމާ ފަށަނީ
ގާސިމް ވެސް ކަފާލާތުގެ ދަށުން ދޫކޮށްލަން އަމުރުކޮށްފި