11 އޯގަސްޓް 2017
ކޮލަމްބޯ (އޮގަސްޓް 11) - ސްރީ ލަންކާގެ ޖަސްޓިސް މިނިސްޓަރު ވިޖެޔެދަސާ ރާޖަޕަކްސާގެ އިތުބާރު ނެތް ކަމަށް ފާސްކުރަން ޕާލަމެންޓަށް ހުށަހެޅުމަށް ވެރިކަން ކުރާ ޔުނައިޓެޑް ނޭޝަނަލް ޕާޓީ (ޔޫއެންޕީ) އިން މަސައްކަތް ކުރަމުންދާ ކަމަށް ބުނެފި އެވެ.
ކޮލަމްބޯ (އޮގަސްޓް 11) - ސްރީ ލަންކާގެ ޖަސްޓިސް މިނިސްޓަރު ވިޖެޔެދަސާ ރާޖަޕަކްސާގެ އިތުބާރު ނެތް ކަމަށް ފާސްކުރަން ޕާލަމެންޓަށް ހުށަހެޅުމަށް ވެރިކަން ކުރާ ޔުނައިޓެޑް ނޭޝަނަލް ޕާޓީ (ޔޫއެންޕީ) އިން މަސައްކަތް ކުރަމުންދާ ކަމަށް ބުނެފި އެވެ.
ރާޖަޕަކްސާގެ އިތުބާރު ނެތް ކަމަށް ހުށަހަޅަނީ ކުރީގެ ސަރުކާރުގެ ކޮރަޕްޝަނުގެ މައްސަލަތަކުގެ ތަހުގީގަށް ހުރަސް އަޅަމުންދާ ކަމަށް ބުނެ އެވެ. މިކަމާ ގުޅޭ ގޮތުން މަޝްވަރާ ކުރުމަށް ޔޫއެންޕީގެ ގިނަ އަދަދެއްގެ މެންބަރުން ބޮޑު ވަޒީރު ރަނިލް ވިކްރަމަސިންހައާ ބައްދަލުކޮށްފައިވާ ކަމަށް ވެސް ބައެއް ފަރާތްތަކުން ބުނެ އެވެ. ރާޖަޕަކްސާގެ އިތުބާރު ނެތްކަމުގެ މައްސަލައިގައި ސަރުކާރުގެ މެންބަރުންގެ އިތުރުން އިދިކޮޅު މެންބަރުން ވެސް ސޮއިކޮށްފައިވާ ކަމަށް ބައެއް ޚަބަރުތައް ބުނެ އެވެ. އަަދި އިތުބާރު ނެތްކަމުގެ މައްސަލަ މިއަދު ނޫނީ މިފެށޭ ހަފުތާގެ ކުރީކޮޅު ޕާލަމެންޓަށް ހުށަހަޅަން ދަނީ ތައްޔާރުވަމުންނެވެ.
ކުރީގެ ރައީސް މަހިންދާ ރާޖަޕަކްސާގެ ސަރުކާރުގެ ކޮރަޕްޝަނުގެ މައްސަލަތަކަށް ޖަސްޓިސް މިނިސްޓަރުގެ އިތުރުން އެޓާނީ ޖެނެރަލްގެ އޮފީހުން ހުރަސް އަޅަމުންދާ ކަމަށް ވަނީ ތުހުމަތުކޮށްފަ އެވެ. ކުރީގެ ސަރުކާރުގެ ކޮރަޕްޝަނުގެ މައްސަލަތައް ފައިނޭޝަނަލް ކްރައިމްސް އިންވެސްޓިގޭޝަން ޑިޕާޓްމަންޓުން ބެލުމަށް ފަހު އެޓާނީ ޖެނެރަލްގެ އޮފީހަށް ހުށަހަޅާފައިވީ ނަމަވެސް ކުރިއަށް ނުދާތީ ސަރުކާރުގެ ތަރުޖަމާން ރަޖިތާ ސެނަރަތުނަ ވަނީ ސުވާލު އުފައްދަވައިފަ އެވެ.
ހަމްބަންޓޯޓާ ބަނދަރު ޗައިނާ ކުންފުންޏަކަށް ދިނުމަށް ވެސް ޖަސްޓިސް މިނިސްޓަރު ރާޖަޕަކްސާ ވަނީ ދެކޮޅު ހައްދަވައިފަ އެވެ. އޭނާ ވިދާޅުވެފައި ވަނީ އެއީ ގޯހެއް ކަމަށާއި އެ ބަނދަރު ސްރީ ލަންކާގެ ރައްޔިތުންނަށް ހޯދައިދީފައި ނޫނީ މަސައްކަތް ހުއްޓާނުލައްވާނެ ކަމަށެވެ.
ލަންކާ ސަރުކާރާދެކޮޅަށް އިތުބާރުނެތްކަމުގެ ވޯޓެއް ނަގަނީ
ޔޫކޭގެ ޓްރޭޑް މިނިސްޓަރަކަށް ލަންކާ ދަރިކޮޅު މީހެއް
އިސްތިއުފާ ދިން ލަންކާގެ މުސްލިމް ވަޒީރުން އަލުން މަގާމުތަކަށް
ސުޕްރީމްކޯޓުގެ ލަފައެއް ބޭނުންވާތީ އިސްލާހަށް ވޯޓަށްނޭހި
ލަންކާގެ ވަޒީރުންގެ މުސާރަތައް ހިފަހައްޓައިފި
ރާޖަޕަކްސާގެ އިތުބާރު ނެތްކަމުގެ ވޯޓު ބަލައިނުގަތް
ރާޖަޕަކްސާ ސަރުކާރަށް އިތުބާރު ނެތް ކަމަށް ފާސްކޮށްފި
ރަނިލްގެ އިތުބާރު ނެތްކަމަށް ފާހެއް ނުވި
ލަންކާގެ ބޮޑު ވަޒީރުގެ އިތުބާރު ނެތްކަމުގެ ވޯޓު މިއަދު
ސިރިސޭނާ އާއި ޔޫއެންޕީގެ ބައްދަލުވުމުން ހައްލެއް ނުލިބުނު