ކޮލަމްބޯ (ޑިސެމްބަރު 10) - ސްރީ ލަންކާގެ ކޯޓަކުން ނެރެފައިވާ އަމުރާ އެއްގޮތަށް ވަޒީރުންނާއި އެ މީހުންގެ ސްޓާފުންނަށް ދޭ މުސާރަތައް ހިފަހައްޓައިފި އެވެ.
10 ޑިސެމްބަރ 2018
ކޮލަމްބޯ (ޑިސެމްބަރު 10) - ސްރީ ލަންކާގެ ކޯޓަކުން ނެރެފައިވާ އަމުރާ އެއްގޮތަށް ވަޒީރުންނާއި އެ މީހުންގެ ސްޓާފުންނަށް ދޭ މުސާރަތައް ހިފަހައްޓައިފި އެވެ.
ޕަބްލިކް އެޑްމިނިސްޓްރޭޝަން މިނިސްޓްރީން މިހާރު ހަމަޖައްސާފައި ވަނީ މިނިސްޓަރުންނާއި ސްޓޭޓް އަދި ޑިޕިއުޓީ މިނިސްޓަރުންގެ މުސާރައިގެ އިތުރުން އެ މީހުންނަށް ދޭ އެލަވަންސްތައް ވެސް ހިފަހައްޓާށެވެ. އޭގެ ތެރޭގައި ތެލާއި ފޯނު އެލަވަންސް ވެސް ހިމެނެ އެވެ.
ޕަބްލިކް އެޑްމިނިސްޓްރޭޝަން މިނިސްޓްރީގެ ސެކްރެޓަރީ ޖޭ.ޖޭ ރަތުނަސިރީ ވިދާޅުވީ ކޯޓު އަމުރާ އެއްގޮތަށް އަމަލު ކުރުމަށް ރައީސް މައިތުރިޕާލާ ސިރިސެނާ ވެސް އަންގަވާފައިވާ ކަމަށެވެ.
ބޮޑު ވަޒީރު ކަމުން ރަނިލް ވިކްރަމަސިންހަ ދުރުކޮށް އެ މަގާމަށް ހަމަޖެއްސި މަހިންދާ ރާޖަޕަކްސާގެ ސަރުކާރަށް ޚަރަދު ކުރުން ހުއްޓާލަން ލަންކާ ޕާލަމެންޓުން ވެސް ވަނީ ފާސްކޮށްފަ އެވެ. ބޮޑު ވަޒީރު ކަމުން ދުރުކުރި ރަނިލް ވިކްރަމަސިންހަގެ ޔޫއެންޕީން ބުނެފައި ވަނީ ސަރުކާރުގެ ބަޖެޓުގެ ކޮންޓްރޯލް ހޯދަން ޖެހުނީ ރާޖަޕަކްސާ ގާއިމްކޮށްފައި ވަނީ ގާނޫނާ ޚިލާފު ސަރުކާރަކަށްވާތީ ކަމަށެވެ.
ލަންކާގެ އިސްތިއުނާފީ ކޯޓުން މި މަހު 3 ވަނަ ދުވަހު ބުނެފައި ވަނީ ރާޖަޕަކްސާގެ ކެބިނެޓުގެ ސައްހަކަން ކަށަވަރުކޮށްގެން މެނުވީ ކެބިނެޓުގެ މަސައްކަތްތައް ވެސް ކުރިއަށް ގެންގޮސްގެން ނުވާނެ ކަމަށެވެ. އަދި ސަރުކާރުގެ އިސްވެރިއެއްގެ ގޮތުގައި ރާޖަޕަކްސާ ހުންނަވައިފި ނަމަ ގައުމަށް ފޫނުބެއްދޭވަރުގެ ގެއްލުންތަކެއް ލިބިދާނެ ކަމަށް ވެސް ބުނެފައިވެ އެވެ.
ޔޫކޭގެ ޓްރޭޑް މިނިސްޓަރަކަށް ލަންކާ ދަރިކޮޅު މީހެއް
އިސްތިއުފާ ދިން ލަންކާގެ މުސްލިމް ވަޒީރުން އަލުން މަގާމުތަކަށް
ލަންކާގެ ޖަސްޓިސް މިނިސްޓަރުގެ އިތުބާރު ނެތް ކަމަށް ހުށަހަޅަނީ
ލަންކާ ފުލުހުންގެ ވެރިޔާ ހައްޔަރުކުރަން އުޅޭތީ ފިލައިފި
ލަންކާ ގޭންގުތަކުގެ 22 މިލިއަން ޑޮލަރު ހިފަހައްޓައިފި
ލަންކާގައި މި އަހަރު ބަޑިޖެހުމުގެ 17 ހާދިސާ
ލަންކާގެ ގޭންގް ލީޑަރަކު ކޯޓުތެރޭގައި މަރާލައިފި
އަދާނީން ލަންކާގެ ބިޔަ ޕްރޮޖެކްޓު ދޫކޮށްލައިފި
ވަޒީރުންނާކުރާ ސުވާލު ދިގުކުރަން އެމްޑީޕީން ހުށަހަޅައިފި
ރާމާމަކުނަކާ ހެދި ލަންކާއިން ކަރަންޓު ކެނޑިއްޖެ