13 އޯގަސްޓް 2017
ލޮސް އެންޖަލްސް (އޮގަސްޓް 13) - ފުލުހުންގެ ބަންދަށް ގެންދިޔަ އެމެރިކާގެ މުސްލިމް އަންހެނެއްގެ ބުރުގާ ބޭލުމުން ބަދަލަކަށް 85،000 ޑޮލަރު ދޭން ޖެހިއްޖެ އެވެ.
ލޮސް އެންޖަލްސް (އޮގަސްޓް 13) - ފުލުހުންގެ ބަންދަށް ގެންދިޔަ އެމެރިކާގެ މުސްލިމް އަންހެނެއްގެ ބުރުގާ ބޭލުމުން ބަދަލަކަށް 85،000 ޑޮލަރު ދޭން ޖެހިއްޖެ އެވެ.
މިދިޔަ އަހަރު ހިނގާފައި މި ހާދިސާގައި ކާސްޓީ ޕަވެލް ކިޔާ އަންހެނަކާއި އޭނާގެ ފިރިމީހާ ދުއްވާލަން ނުކުމެ އުޅެނިކޮށް ފުލުހުން ޗެކްކުރި އިރު ކާސްޓީ ޕަވަލް އަކީ ފިހާރައަކުން ވައްކަން ކޮށްގެން ހޯދަން ބޭނުންވާ މީހެކެވެ. އެހެންވެ ފުލުހުން ވަނީ އޭނާ ހައްޔަރުކޮށްފަ އެވެ. ޕަވަލްގެ ފިރިމީހާ ވަނީ ޕަވަލް ހައްޔަރު ކުރުމުގައި އަންހެން އޮފިސަރުން ހަރަކާތްތެރިވުމަށް އެދިފަ އެވެ. ނަމަވެސް ފުލުހުން އެކަމަށް އިޖާބަ ނުދީ ވަނީ ޕަވަލް ހައްޔަރު ކުރުމަށް ފަހު އޭނާގެ ބުރުގާ ބާލަން އެދިފަ އެވެ. ހައްޔަރު ކުރި ދުވަހުގެ ރޭ ޕަވަލް ޖަލުގައި ހޭދަ ކުރަން ޖެހުނީ ބުރުގާ ނެތި އެވެ. އަދި އޭނާގެ ފޮޓޯ ނަގާފައި ވަނީ ވެސް ބުރުގާ ނެތި އެވެ.
ޕަވަލް ވަނީ އޭނާގެ ބުރުގާ ބޭލި މައްސަލަ އެޕްރީލް 2016 ގައި ކޯޓަށް ހުށަހަޅައިފަ އެވެ. އަދި ފުލުހުންގެ ޑިޕާޓްމަންޓުން އޭނާގެ އަސާސީ ހައްގަކަށް އަރައިގެންފައިވާ ކަމަށް ވަނީ ބުނެފަ އެވެ. މީގެ އިތުރުން އޭނާގެ ދީނީ މިނިވަން ކަމަށް އަރައިގެންފައިވާތީ ނަފްސާނީ ގޮތުން ގެއްލުން ލިބިފައިވާ ކަމަށް ވެސް ވަނީ ބުނެފަ އެވެ.
މައްސަލަ ބެލުމަށް ފަހު ކޯޓުން ވަނީ ޕަވަލް އަށް ބަދަލެއްގެ ގޮތުން 85،000 ޑޮލަރު ދިނުމަށް ކެލިފޯނިއާގެ ލޯންގް ބީޗު ސިޓީގެ މައްޗަށް އަމުރު ކޮށްފަ އެވެ. ކޯޓުގެ ނިންމުމަށް ކައުންސިލް އޮން އެމެރިކަން-އިސްލާމިކް ރިލޭޝަންސް އިން ވަނީ މަރުހަބާ ކިޔައިފަ އެވެ. އަދި ޕަވަލް އަށް ވަނީ ތައުރީފް ކޮށްފަ އެވެ.
ޕަވަލް ބުނެފައި ވަނީ އޭނާ ބޭނުން ވަނީ ބުރުގާ އަޅާ މުސްލިމަކަށް ދިމާވާނެ މިބާވަތުގެ ހާދިސާއެއް ތަޖްރިބާ ކުރާ އެންމެ ފަހު މީހާ އަށް އޭނާ ވާން ކަމަށެވެ.
އެމެރިކާގެ ކޮންގްރެސްގައި މުސްލިމުންނަށް ބުރުގާ އެޅޭނެ
އީރާންގެ މުޒާހަރާތަކުގެ އަޑީގައި އެމެރިކާ އާއި އިޒްރޭލު
ޓްރަމްޕާއި ނަތަންޔާހޫގެ އަނިޔާ ސިއްރެއް ނުކުރެވޭނެ
އެމެރިކާގެ މުސްލިމް ދެ މެންބަރުން އިޒްރޭލަށް ވަނުން މަނާ
ޓްރަމްޕާ ދެކޮޅަށް ތެދުވާނަން: މުސްލިމް މެންބަރު
އެމެރިކާގެ ކޮންގްރެސްއަށް ފުރަތަމަ ފަހަރަށް މުސްލިމް އަންހެނެއް
މުސްލިމް ކެންޑިޑޭޓަށް މަރުގެ އިންޒާރު ދޭން ފަށައިފި
އެމެރިކާގައި ދެ ވަނަ އަށް އެންމެ މީހުން ގިނަ ދީނަކަށް އިސްލާމްދީން
އެމެރިކާގެ ޓީޗަރަކު މުސްލިމް ދަރިވަރެއްގެ ބުރުގާ ބާލުވައިފި
މުސްލިމުން މަނާކުރި އަމުރަށް ކޯޓުގައި އަނެއްކާވެސް ނާކާމިޔާބު