20 އޯގަސްޓް 2017
ރާއްޖޭގެ ގޮނޑުދޮށްތަކަށް އުކާލާ ޕްލާސްޓިކް ބޭނުންކޮށްގެން މަޝްހޫރު އެޑިޑާސް ކުންފުނިން ވަނީ ބޫޓު ހަދަން ފަށައިފަ އެވެ. މިފަހަރު މިއޮތީ މިކަހަލަ މުޅިން އެހެން ކަމެކެވެ. މޫދަށް އުކާލާފައި ހުންނަ ދާ ފަދަ ތަކެތިން ބައިނަލްއަގުވާމީ ޖަމިއްޔާއަކުން މިހާރު ވަނީ ގަހަނާ އުފައްދަން ފަށައިފަ އެވެ.
ރާއްޖޭގެ ގޮނޑުދޮށްތަކަށް އުކާލާ ޕްލާސްޓިކް ބޭނުންކޮށްގެން މަޝްހޫރު އެޑިޑާސް ކުންފުނިން ވަނީ ބޫޓު ހަދަން ފަށައިފަ އެވެ. މިފަހަރު މިއޮތީ މިކަހަލަ މުޅިން އެހެން ކަމެކެވެ. މޫދަށް އުކާލާފައި ހުންނަ ދާ ފަދަ ތަކެތިން ބައިނަލްއަގުވާމީ ޖަމިއްޔާއަކުން މިހާރު ވަނީ ގަހަނާ އުފައްދަން ފަށައިފަ އެވެ.
ދަލަކީ ވެލަޔާއި ކަހަނބުގެ ވަރަށް ބޮޑު ދުޝްމަނެކެވެ. އަދި އެއީ މި ދެ ބާވަތުގެ ނަސްލަށް ބޮޑު ގެއްލުމެއް ދޭ އެއްޗަކަށް ވާއިރު ތިމާވެށީގެ ޖަމާއަތްތަކުން އެންމެ ކަންބޮޑުވާ ކަމަކީ ވެސް މޫދަށް އުކާލާ ދަލުން ވެލާ/ ކަހަަނބު ޝިކާރައަކަށް ވެދާނެތީ އެވެ. އެކަމަކު ދާ ރިސައިލް ކުރަން ފެށުމުން، މި މައްސަލަ އަށް ކޮންމެވެސް ވަރެއްގެ ހައްލެއް އައުން ގާތެވެ.
ޅ. ނައިފަރު ޖުވެނައިލް އިން އަކީ މީގެ ހަތް އަހަރު ކުރިން ފެށިގެން އެ ރަށުގައި، އެޓޯލް މެރިން ސެންޓަރުގެ ނަމުގައި ސެންޓަރެއް ގާއިމުކޮށް، ވެލާ/ ކަހަނބު ދިރުވައި އާލާކޮށް އެ ތަކެތީގެ ނަސްލު ހިމާޔަތްކުރުމަށް ހާއްސަ މަސައްކަތްތަކެއް ކުރަމުން އަންނަ ބައެކެވެ. މި ވަގުތު އެތަނުގައި 50 އަށްވުރެ ގިނަ ވެލާ އެބައޮތެވެ. މިހާތަނަށް 600 އަށް ވުރެ ގިނަ ވެލާ އަށް ފަރުވާދިނުމަށް ފަހު ދޫކޮށްލާފައިވެ އެވެ.
ވެލާތަކުގައި އޮޅިފައި ހުންނަ ދަލުން އުފައްދާފައިވާ ބައެއް ސާމާނު
ދާއިމީ ތިން މުވައްޒަފުންނާ އެކު ބައިނަލްއަގުވާމީ ތިމާވެށީގެ ޖަމިއްޔާތަކާ ވެސް ގުޅިގެން ހިންގާ އެ ސެންޓަރަކީ ރާއްޖޭގައި މީހުން ދިރިއުޅޭ ރަށެއްގައި ހިންގާ އެފަދަ ހަމައެކަނި ސެންޓަރެވެ.
ގަވައިދާ ހިލާފަށް ވެލާ/ ކަހަނބު ގެންގުޅޭ ފަރާތްތަކުގެ މައުލޫމާތު ކަމާ ބެހޭ އިދާރާތަކަށް ރިޕޯޓްކޮށް ފިޔަވަޅު އެޅުމާއި، އަމިއްލަ މީހުން ގެންގުޅޭ ވެލާ/ ކަހަނބު އެ މީހުންނަށް ވިސްނައިދީގެން ސެންޓަރަށް ގެންގޮސް އެ އެއްޗެހި ރިހިބިލިޓޭޓް ކުރުމާއި، ވެލާ/ ކަހަނބަށް ލިބޭ އަނިޔާތަކަށް ފަރުވާދިނުމާއި، ވެލާ/ ކަހަނބު ހިމާޔަތްކުރުމުގެ މުހިއްމު ކަމާ ގުޅޭ ގޮތުން އާންމުންނާއި ސްކޫލު ކުދިން ހޭލުންތެރިކުރުމުގެ މަސައްކަތް ވެސް އެތަނުން ކުރަމުން ދެ އެވެ.
ދާއިމީ ތިން މުވައްޒަފުންނާ އެކު ބައިނަލްއަގުވާމީ ތިމާވެށީގެ ބައެއް ޖަމިއްޔާތަކާ ގުޅިގެން ހިންގާ އެ ސެންޓަރަކީ ރާއްޖޭގައި މީހުން ދިރިއުޅޭ ރަށެއްގައި ހިންގާ އެފަދަ ހަމައެކަނި ސެންޓަރެވެ.
ފަރުވާދޭން އެތަނަށް ގެންދާ ގިނަ އަދަދެއްގެ ވެލާގައި ހުންނަނީ ދާ އޮޅިފަ އެވެ. ތިމާވެށީގެ ތަހުލީލްތަކެއް ކުރުމަށް ޓަކައި، އެ ހުރިހާ ދަލެއް އެ ޖަމިއްޔާއިން ހުންނަނީ ބަހައްޓައިފަ އެވެ.
އެކަމަކު އެ ދާތައް މިހާރު ވަނީ ބޭނުންތެރި އެއްޗަކަށް ވެސް ވެފަ އެވެ. މިދިޔަ ޖުލައި މަހުގެ ތެރޭގައި ނައިފަރުގައި ބޭއްވި ޓާޓްލް ފެސްޓިވަލްގައި ބައިވެރިވުމަށް އެ ރަށަށް ދިޔަ އޮސްޓްރޭލިއާގެ ޕްލިންޑާސް ޔުނިވާސިޓީގެ ޓީމުގެ އެންމެ ބޮޑު ސަމާލުކަމެއް ހުއްޓުނީ އެ ދާތަކަށެވެ. އެ މީހުން ބޭނުންވީ އެ ދާތައް ރަނގަޅުގޮތުގައި ބޭނުން ކުރެވޭނެ ގޮތެއް ހޯދުމަށެވެ.
"ފްލިންޑާސް ޔުނިވާސިޓީގެ 15 މީހުންގެ ޓީމެއް ރަށަށް އައި. ދާގަނޑުގައި އޮޅިގެން ވެލައަށް ގެއްލުންވާތީ އެ މީހުން ބޭނުންވީ އޭތި ރަނގަޅަށް ބޭނުންކުރެވޭނެ ގޮތެއް ހަދަން. އެހެންވެ ދެބައިމީހުން ގުޅިގެން މަސައްކަތް ފެށީ،" ޖުވެނައިލްގެ ވައިސް ޗެޔާޕާސަން މުހައްމަދު އަހުމަދު ވިދާޅުވި އެވެ.
ނައިފަރު މެރިން ސެންޓަރުގައި އޮތް ވެލައެއް
ޔުނިވާސިޓީގެ ކޮންސެޕްޓަށް އެ ޖަމިއްޔާއިން ވަނީ 80 ކިލޯގެ ދާ އޮސްޓްރޭލިއާ އަށް ފޮނުވައިފަ އެވެ. އެ ތަކެތި ބޭނުންކޮށްގެން އެ ގައުމުގައި މިހާރު އަންނަނީ އަތުގައި އަޅާ އެކިއެކި ވައްތަރުގެ ކެވެއްޔާއި ތަޅުދަނޑި ލައްވާ އެއްޗެހި ވެސް ހަދަމުންނެވެ. އަދި ނައިފަރުގައި ޓޫރިސްޓުންނަށް ވިއްކަން ހަދާ ފޮތި ދަބަހުގެ އަތްގަނޑުގެ އިތުރުން އަތުގައި އަޅާ ކެވެލި ވެސް އެ ދާތައް ބޭނުންކޮށްގެން އަންނަނީ ހަދަމުންނެވެ.
"އަދި މަހެއްހާ ދުވަސް މިވީ، އެ ބޭފުޅުންގެ ވިސްނުން ހުރީ މިކަން ވަރަށް ފުޅާކުރަން. ބޮލުގައި އަޅާ ބޭންޑާއި އައިނު ކަހަލަ އެއްޗެހި ވެސް އުފައްދަން ޕްލޭންކޮށްފައި އޮތީ،" މުހައްމަދު ވިދާޅުވި އެވެ.
އޮސްޓްރޭލިއާގައި އުފައްދާ ތަކެތި މިހާރު އަންނަނީ އެ ގައުމުގެ ބައެއް ފިހާރަތަކުގައި ވެސް ވިއްކަމުންނެވެ. ނައިފަރުގައި ތައްޔާރުކުރާ ތަކެތި ވެސް އެ ގައުމަށް ފޮނުވައިގެން ވިއްކަ އެވެ. އެ ވިޔަފާރިން ލިބޭ އާމްދަނީން ހަރަދު ކުރުމަށް ނިންމާފައިވަނީ ނައިފަރުގައި ހުންނަ މެރިން ސެންޓަރު ތަރައްގީ ކުރުމަށެވެ. އެ ވިޔަފާރީން މަހަކު 1500 ވަރަކަށ ޑޮލަރުގެ އާމްދަނީއެއް ލިބޭނެ ކަމަށް އެ ޖަމިއްޔާއިން އުންމީދުކުރެ އެވެ.
އެގޮތަށް އުފައްދާ ތަކެތި ކުރިއަށް އޮތް ހަތަރު ވަރަކަށް މަސް ދުވަހުގެ ތެރޭގައި އޮންލައިންކޮށް ޔޫރަޕުގެ އެކި ގައުމުތަކަށް ވިއްކުމަށް ނިންމާފައިވާއިރު އެއިން ރަނގަޅު އާމްދަނީއެއް ލިބޭނެ ކަމަށް އެ ޖަމިއްޔާއިން ގަބޫލް ކުރެއެވެ.
"ފަސް ޑޮލަރާއި 10 ޑޮލަރަށް އަތުގައި އަޅާ އެއްޗެހި މި ވިއްކަނީ އޮސްޓްރޭލިއާގައި. ދުވަސްކޮޅަކުން އޮންލައިންކޮށް ވިއްކަން ފެށޭނެ. އޭރުން އެ ތަކެތި ވިއްކައިގެން ލިބޭ އާމްދަނީގެ 100 ޕަސެންޓް ލިބޭނީ މެރިން ސެންޓަރަށް،" މުހައްމަދު ވިދާޅުވި އެވެ.
ވެލަޔަށް ފަރުވާދޭ ސެންޓަރެއް ސޮނެވާ ޖާނީގައި ހުޅުވައިފި
މާލޭ މަގުމަތިން ފެނުނު ކަންޒުކަހަނބެއް ކާށިދުއަށް
ދިރޭ ތަކެއްޗާ މެދު އަމަލުކުރާނެ ގޮތުގެ އުސޫލެއް
ކުޑަހުރަ އަށް ގެންދިޔަ ވެލާބިސްތައް ވިހައިފި
ނައިފަރު ވަށައިގެން މައިކްރޯޕްލާސްޓިކުން ތަޣައްޔަރުވެފައި
ނައިފަރުގައި މާބަނޑު މީހަކު ކުއްލި ގޮތަކަށް މަރުވެއްޖެ
ކުޑަގިރި ފަރަށް އެރި ބޯޓުގެ ޖޫރިމަނާ ދައްކަން ހުކުމް
93 ސަރަހައްދުގެ ތެރެއިން ބެލެހެއްޓެނީ ފަސް ތަނެއް!
ހުޅުމާލެ ފަރަށް ގެއްލުންވުމުން 29 މިލިއަންގެ ޖޫރިމަނާ
ހިމާޔަތްކޮށްފައިވާ ދިރުންތަކަށް ގެއްލުންދޭ ވަރު އިތުރު