Roadha Mihaaru
"ހައްދު" ޝްވެކް ސިނަމާގައި ވެސް ދައްކާނެ

"ހައްދު" ޝްވެކް ސިނަމާގައި ވެސް ދައްކަން ނިންމައިފި

20 އޯގަސްޓް 2017

އަންނަ މަހުގެ ހަ ވަނަ ދުވަހުގެ ރޭ ޕްރިމިއާ ކުރާ ފިލްމް "ހައްދު" އޮލިމްޕަސް ސިނަމާއާ އެކު ޝްވެކް ސިނަމާގައި ވެސް ހަމަ އެ ރެއިން ފެށިގެން ދައްކާ ގޮތަށް ނިންމައިފި އެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

އަންނަ މަހުގެ ހަ ވަނަ ދުވަހުގެ ރޭ ޕްރިމިއާ ކުރާ ފިލްމް "ހައްދު" އޮލިމްޕަސް ސިނަމާއާ އެކު ޝްވެކް ސިނަމާގައި ވެސް ހަމަ އެ ރެއިން ފެށިގެން ދައްކާ ގޮތަށް ނިންމައިފި އެވެ.

ޑައިރެކްޓަރު އަބްދުލް ފައްތާހް ބުނީ މާލެ އާއި ހުޅުމާލޭގެ ޝްވެކް ސިނަމާގައި ފިލްމް އަޅުވަން ނިންމައި، ޓިކެޓް ވެސް މިހާރު ވިއްކަން ފަށާފައިވާ ކަމަށެވެ.

"އެހެންވީމަ ޝްވެކްގައިި ހައްދު ތަޖުރިބާކޮށްލަން ބޭނުންވާ މީހުންނަށް މިއީ ވަރަށް ރަނގަޅު ފުރުސަތަކަށް ވެގެން ދާނެ. ތަރުހީބު ލިބޭ ވަރަކަށް މާލެ އާއި ހުޅުމާލޭގެ ޝްވެކް ސިނަމާގައި ޝޯތައް ކުރިއަށް ގެންދާ ގޮތަށް ހަމަޖެހިފައި ވަނީ،" އޭނާ ބުންޏެވެ.

"ހައްދު" ޕްރިމިއާ ކުރާ ތާރީހު ކައިރިވަމުން އަންނަ އިރު، ފައްތާހް ބުނީ ފިލްމުގެ ހުރިހާ މަސައްކަތެއް މިހާރު ނިމިފައިވާ ކަމަށެވެ. އޭނާ ބުނީ ފިލްމުގެ ދިގުމިނަކީ ދެ ގަޑިއިރާއި ފަސް މިނިޓް ކަމަށެވެ.

"މީގެ ޑިއުރޭޝަން އާންމު އެހެން ދިވެހި ފިލްމްތަކަށް ވުރެ ކުރުކޮށް މި ގެނެސް ދެނީ. އެހެންވެ އެކަމަށް ބަލާފައި އެބަ ވިސްނަން އިންޓަވަލްއަކާ ނުލައި ޝޯތައް ކުރިއަށް ގެންދަން ވެސް،" ފައްތާހް ބުންޏެވެ.

އޭނާ ބުނީ "ހައްދު" އަކީ ކުރުކޮށް، ފޮނިކޮށް ބެލުންތެރިންނަށް ކިޔައި ދޭން ބޭނުންވާ ވާހަކައެއް ކަމަށެވެ. އެހެންވެ އެއީ އޯޑިއަންސް ވަރަށް ހިތްހަމަޖެހޭނެ ކަމެއް ކަމަށް ބުންޏެވެ.

"ހައްދު" ގެ ލަވަ "އުދުހިލަމާ".

މަހުދީ އަހުމަދުގެ ސްކްރީންޕްލޭއަކަށް ހަދާފައިވާ މި ފިލްމުގެ ލީޑް ރޯލް ކުޅެފައި ވަނީ އަލަށް ތައާރަފުވާ އަހުމަދު ޝިބާންއާ އެކު، މަރިޔަމް އައްޒަ އާއި އައިމިނަތު ރިޝްފާ އެވެ.

ފިލްމުގެ އިތުރު ކާސްޓުންގެ ތެރޭގައި އަލީ އާޒިމް (ދޮންއައްޔަ)، އާރިފާ އިބްރާހީމް، މުހައްމަދު ރަޝީދު (ދަރާ)، ފައުޒިއްޔާ ހަސަން، މަރިޔަމް ޝަކީލާ އަދި މަރިޔަމް ހަލީމް ފަދަ އެކްޓަރުން ހިމެނެ އެވެ.

ބަތަލާ ނިއުމާ މުހައްމަދާއި ފައްތާހް ގުޅިގެން ޕްރޮޑިއުސްކޮށްފައިވާ "ހައްދު" އަކީ މި އަހަރު އަޅުވާ ހަ ވަނަ ފިލްމެވެ.