Roadha Mihaaru
ޒުވާނުން ޓޫރިޒަމަށް ތައްޔާރުކުރަން ކޯހެއް ހިންގަނީ

ޒުވާނުން ފަތުރުވެރިކަމުގެ ދާއިރާއަށް ތައްޔާރުކުރަން ޔުނިވާސަލް ފައުންޑޭޝަނުން ވިލާ ކޮލެޖާ ގުޅިގެން ކޯހެއް ފަށައިފި

20 އޯގަސްޓް 2017

ޒުވާނުން ފަތުރުވެރިކަމުގެ ދާއިރާއަށް ތައްޔާރު ކުރަން ޔުނިވާސަލް ފައުންޑޭޝަނުން ވިލާ ކޮލެޖާ ގުޅިގެން ކޯހެއް ފަށައިފި އެވެ.

އަލީ ޝިނާން އަލީ ޝިނާން

ޒުވާނުން ފަތުރުވެރިކަމުގެ ދާއިރާއަށް ތައްޔާރު ކުރަން ޔުނިވާސަލް ފައުންޑޭޝަނުން ވިލާ ކޮލެޖާ ގުޅިގެން ކޯހެއް ފަށައިފި އެވެ.

މިއަދު ހޮޓެލް ޖެންގައި ބޭއްވި ރަސްމިއްޔާތެއްގައި ކޯސް އިފްތިތާހު ކޮށްދެއްވައި ވާހަކަ ދައްކަވަމުން ޓޫރިޒަމް މިނިސްޓަރު މޫސާ ޒަމީރު ވިދާޅުވީ، މިއީ ސްކޫލް ނިންމާ ދަރިވަރުންނަށް ލިބޭ ވަރަށް ރަނގަޅު ފުރުސަތެއް ކަމަށެވެ.

"މިއީ އިންޑަސްޓްރީ އިތުރަށް ވަރުގަދަވެގެން ދާނެ ކަމެއް. އިތުރު ކުންފުނިތަކުން މިފަދަ ފުރުސަތުތައް ދިނުމަކީ މުހިންމު ކަމެއް،" މިނިސްޓަ ޒަމީރު ވިދާޅުވި އެވެ.

މިއަދު ބޭއްވިރަސްމިއްޔާތުގައި ޔުނިވާސަލްގެ ޗެއާމަން އުމަރު މަނިކު ވާހަކަ ދައްކަވަނީ-- މިހާރު ފޮޓޯޯ: ނިޝާން އަލީ

މިއަދު ބޭއްވިރަސްމިއްޔާތުގައި ޔުނިވާސަލްގެ ޗެއާމަން އުމަރު މަނިކު ވާހަކަ ދައްކަވަނީ-- މިހާރު ފޮޓޯޯ: ނިޝާން އަލީ

ޔުނިވާސަލްގެ ޗެއާމަން މުހައްމަދު އުމަރު މަނިކު ވިދާޅުވީ އެ ކުންފުނީގެ އަމާޒަކީ ވީހާވެސް ގިނަ ދިވެހިން ޓޫރިޒަމް އިންޑަސްޓްރީގެ ވަޒީފާތަކަށް ނެރުން ކަމަށެވެ. އަދި މިފަދަ ޓްރެއިނިން ޕްރޮގްރާމްތައް އެ ކުންފުނިން މީގެ އެތައް އަހަރެއް ކުރިން ވެސް ހިންގަމުން އަންނަ ކަމަށް ވެސް ވިދާޅުވި އެވެ.

"މިއީ އެތައް ބައެއްގެ ބުރަ މަސައްކަތުން ކުރި އަރާފަ އޮތް އިންޑަސްޓްރީއެއް. މިހާރުގެ ކުދިންނަށް ތަރައްގީވެފަ އޮތް ޓޫރިޒަމް އިންޑަސްޓްރީއެއްގައި މަސައްކަތް ކުރަން ފުރުސަތު ލިބުމަކީ ވަރަށް ބޮޑު ނަސީބެއް. ހުރިހާ ކުދިން އެކަން ހަދާން ބަހައްޓަންވާނެ،" މަނިކު ވިދާޅުވި އެވެ.

މިއަދު ބޭއްވި ރަސްމިއްޔާތުގެ ތެރެއިން-- މިހާރު ފޮޓޯޯ: ނިޝާން އަލީ

މިއަދު ބޭއްވި ރަސްމިއްޔާތުގެ ތެރެއިން-- މިހާރު ފޮޓޯޯ: ނިޝާން އަލީ

ޔުނިވާސަލް ފައުންޑޭޝަންގެ ރައީސް އިޔާޒް ވަހީދު ވިދާޅުވީ މިއީ ހަ މަސް ދުވަހުގެ ޓްރެއިނިން ޕްރޮގްރާމެއް ކަމަށެވެ. އޭނާ ވިދާޅުވީ ޓްރެއިިނިން ނިންމާ ކުދިންނަށް، ސެޓްފިކެޓް ލެވަލް ތިނެއްގެ ފާހެއް ލިބޭނެ ކަމަށެވެ.

އިޔާޒް ވިދާޅުވީ ޔުނިވާސަލް ފައުންޑޭޝަން 2013 ވަނަ އަހަރު ރެޖިސްޓްރީ ކުރި ފަހުން 100 އަށް ވުރެ ގިނަ ދިވެހިންނަށް ތަފާތު ދާއިރާތަކުން ކިޔަވަން ފުރުސަތު ހުޅުވާލާފައިވާ ކަމަށެވެ. އެގޮތުން މިހާތަނަށް އެ ފައުންޑޭޝަނުން 30 އަށް ވުރެ ގިނަ ޑޮކްޓަރުން ޓްރެއިން ކޮށްފައިވާ ކަމަށް ވިދާޅުވި އެވެ.

"ކިޔަވައިދިނުން އެކަންޏެއް ނޫން. އަޅުގަނޑުމެން ވަރަށް ގިނަ ސީއެސްއާރު ޕްރޮގްރާމްތަކެއް އެބަ ހިންގަން. މިސާލަކަށް ރެޑް ކްރެސެންޓުގެ އެންބިއުލާންސް ސާވިސް ހިންގަަން އަޅުގަނޑުމެން އެހީތެރިވެދެން. ޓައިނީ ހާޓްސް ކޭމްޕް އެނުއަލް ކޭމްޕް ބާއްވަން ވެސް އަޅުގަނޑުމެން އެބަ އެހީތެރިވަން،" އިޔާޒް ވިދާޅުވި އެވެ.

މިއަދު ބޭއްވި ރަސްމިއްޔާތުގެ ތެރެއިން-- މިހާރު ފޮޓޯޯ: ނިޝާން އަލީ

މިއަދު ބޭއްވި ރަސްމިއްޔާތުގެ ތެރެއިން-- މިހާރު ފޮޓޯޯ: ނިޝާން އަލީ

ވިލާ ކޮލެޖުގެ ވައިސް ރެކްޓާ ޑރ. އަލީ ނަޖީބް ވިދާޅުވީ މި ޕްރޮގްރާމް ނިންމާ ދަރިވަރުންނަކީ ޓޫރިޒަމް ސިނާއަތުގެ ކޮންމެެ ދާއިރާއެއްގައި ވެސް މަސައްކަތް ކުރެވޭނެ ދަރިވަރުންނަށް ވާނެ ކަމަށެވެ.

"ޓްރެއިނިންގެ ގިނަ ވަގުތު ދަރިވަރުން ހޭދަ ކުރާނީ ރިސޯޓްތަކުގައި. ޓްރެއިނިން ނިމޭއިރު ދަރިވަރުންގެ ތިބެނީ ވަޒީފާ އަށް ނިކުންނަން ތައްޔާރުވެފައި. ޝައުގުވެރިކަން ހުރިއްޔާ ކޮންމެ ކުއްޖަކަށް ވެސް މިކަން ވާނެ،" ޑރ. ނަޖީބް ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ މި ޕްރޮގްރާމް ނިންމާ ދަރިވަރުންނަށް، ސެޓްފިކެޓް ލެވަލް ހަތަރެއްގެ ކޯސްތަކަށް ދެވޭނެ ކަމަށެވެ. އަދި އެއަށް ފަހު ޑިގްރީ ޕްރޮގްރާމްތަކަށް ދިއުމުގެ ފުރުސަތު ވެސް ހުޅުވިގެން ދާނެ ކަމަށެވެ.