ސައޫދީ ސަރުކާރުން އެންމެ ފަހު ވަގުތު، ރާއްޖެ އަށް އިތުރުކޮށްދިން 1،000 ކޯޓާ އަށް މީހުން ހައްޖަށް ގެންދިއުމުގެ އިންތިޒާމްތައް ހަމަޖެއްސުމުގައި ދަތިތަކެއް ކުރިމަތިވެ 500 ޖާގަ ބާކީވެއްޖެ އެވެ.
24 އޯގަސްޓް 2017
ސައޫދީ ސަރުކާރުން އެންމެ ފަހު ވަގުތު، ރާއްޖެ އަށް އިތުރުކޮށްދިން 1،000 ކޯޓާ އަށް މީހުން ހައްޖަށް ގެންދިއުމުގެ އިންތިޒާމްތައް ހަމަޖެއްސުމުގައި ދަތިތަކެއް ކުރިމަތިވެ 500 ޖާގަ ބާކީވެއްޖެ އެވެ.
ވޭތުވެދިޔަ ތިން އަހަރު ރާއްޖެ އަށް ޖުމްލަ 2،000 ކޯޓާ ދެމުން އައި ނަމަވެސް ރާއްޖެ އަށް މި އަހަރު ކަނޑައަޅާފައި އޮތީ 1،000 ކޯޓާ އެވެ. އިތުރު 1،000 ކޯޓާ ރާއްޖެ އަށް ދިނީ މި އަހަރު ރާއްޖެ އިން ހައްޖަށްދާ މީހުން މައްކާގައި ތިއްބަ އެވެ.
ފަހު ވަގުތު ދިން ކޯޓާ އިން ހައްޖު ކޯޕަރޭޝަނަށް 500 ޖާގަ ދިނުމުން، އެ ޖާގަ އަށް މީހުން ގެންދަން އެ ކުންފުނިން އަންނަނީ ތައްޔާރުވަމުންނެވެ. އެނގިފައިވާ ގޮތުގައި ބާކީވި 500 ޖާގަ އަކީ ރައީސް އޮފީހުން ހަވާލުވި 500 ޖާގަ އެވެ. އިސްލާމިކް މިނިސްޓްރީ އާއި ރައީސް އޮފީހުން ފުރަތަމަ އުޅުނީ އެ 500 ޖާގަ، މި އަހަރު ރާއްޖެ އިން މީހުން ހައްޖަށް ގެންދަން ހުއްދަ ދިން ތިން ކުންފުންޏާ ހަވާލުކުރާށެވެ.
އެކަމަކު ވަގުތު ކުޑަތަންވެފައި އޮތުމުން އިންތިޒާމްތައް ހަމަޖެއްސުމުގައި އެ ކުންފުނިތަކަށް ދަތިތަކެއް ކުރިމަތިވާނެތީ، އެއްވެސް ކުންފުންޏަކުން އެ ޖާގައާ ހަވާލެއް ނުވި އެވެ. އެހެންވެ ސަރުކާރުން އެ 500 ޖާގަ ވެސް ފަހުން ދިނީ ހައްޖު ކޯޕަރޭޝަނަށެވެ.
އެ ކުންފުނީގެ ހަވާލުގައި މިހާރު ވެސް 700 މީހުން ހައްޖަށް ގޮސް މައްކާގައި އެބަތިއްބެވެ. އޭގެއިތުރުން 1،000 މީހުން ގެންދިއުމަކީ ކުއްލިއަކަށް ހަމަޖެއްސޭނެ ކަމަށް ނުވާތީ ހައްޖު ކޯޕަރޭޝަނުގެ ބޯޑުން ނިންމީ އެ ޖާގައާ ހަވާލު ނުވުމަށެވެ. އެހެންވެ ޖާގަތައް މިހާރު ވަނީ ބާކީވެފަ އެވެ.
މި މައްސަލާގައި ސަރުކާރުން އެއްވެސް ވާހަކައެއް ނުދައްކަ އެވެ.
ރާއްޖެ އިން މީހުން ހައްޖަށް ގެންދަން މި އަހަރު ހުއްދަ ލިބުނު ހަރަމައިން ކުންފުނީގެ މީޑިއާ އޮފިޝަލް މުހައްމަދު އަފްޒަލް ވިދާޅުވީ އިތުރު ކޯޓާ އިން މީހުން ހައްޖަށް ގެންދިއުމުގެ ހުއްދަ އެ ކުންފުންޏަށް ލިބުނީ މިދިޔަ އަންގާރަ ދުވަހު ކަމަށެވެ. މައްކާ އިން ހޮޓާ ހަމަޖައްސައި އެހެން އިންތިޒާމްތަކާ އެކު މީހުން ގެންދަން ދައްޗެއް ނެތް ކަަަމަށް ވިދާޅުވި އެވެ.
"އެކަމަކު ހައްޖުވެރިން މައްކާއަށް އަރަންޖެހޭ އެންމެ ފަހު ތާރީހާ ދެމެދު ބާކީ އޮތީ އެންމެ ފަސް ދުވަސް. އެހާ ކުރު މުއްދަތެއްގެ ތެރޭގައި މާލެ އިން ހަމަޖައްސަން ޖެހޭ ގިނަ ކަންތައް ހަމަޖެއްސޭކަށް ނެތް. ބައެއްގެ އަތުން ފައިސާ ނަގާފައި ނުގެންދެވިއްޖިއްޔާ އެއީ މާބޮޑު ގެއްލުމަކަށް ވާނެ،" އަފްޒަލް ވިދާޅުވި އެވެ.
އޭނާ ވިދާޅުވި ގޮތުގައި ވިސާ ޖެހުމާއި ފްލައިޓް ހަމަޖެއްސުން އަދި ވެކްސިން ޖެހުން ފަދަ ކޮންމެހެން ކުރަންޖެހޭ ކަންކަން ފަސް ދުވަހުގެ ތެރޭގައި ނުނިންމޭނެ އެވެ. އިތުރު މީހުންނާ ހަވާލު ނުވާން ނިންމީ މިި ދަތިތައް ހުރުމުން ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
ރާއްޖެ އަށް މި އަހަރު ފުރަތަމަ ހަމަޖައްސައިދިން 1،000 ކޯޓާގެ ތެރެއިން 700 ކޯޓާ ހައްޖު ކޯޕަރޭޝަނަށް ދިނުމަށް ފަހު ބާކީ 300 ކޯޓާ ދިނީ ސިސިލްފަރާއި ޒައީމާ އާއި ހަރަމައިން ކުންފުންޏަށެވެ.
ހަރަމައިން ކުންފުނިން ވެސް އިތުރަށް ފައިސާ ނަގަނީ!
500 ހައްޖު ކޯޓާ އަށް ހަދާ ގޮތެއް އަދިވެސް ނޭނގެ!
500 ހައްޖު ކޯޓާ ކޯޕަރޭޝަަނަށް، ބާކީ ރައީސް އޮފީހަށް
1000 މީހުންނަށް ހައްޖަށް ނުދެވިދާނެކަމުގެ ބިރު އުފެދިއްޖެ
ހައްޖަށް ދިޔަ 80 އަހަރުގެ ދިވެއްސަކު ނިޔާވެއްޖެ
އިތުރު ކޯޓާ ލިބިއްޖެ ނަމަ ކިއޫ ކުޑަކުރަން ގްރޫޕްތަކަށް
ދިވެހިންނަށް އަރަފާތާއި މިނާގައި ރަނގަޅު ތަަންތަން
ބަލި މީހުންނަށް ހާއްސަ ހައްޖުގެ ޖާގަތަކަށް ހުޅުވާލައިފި
އެނގި ތިބެ އުސޫލާ ހިލާފުވާން މަގުފަހި ކުރަނީ!
ހައްޖަށް ގެންދިއުމަށް އިތުރު ކޯޓާ އަދި ހަމައެއްނުޖެހޭ