Roadha Mihaaru
ލެކިއުޓުން 50 ޕަސެންޓާ ހަމައަށް ޑިސްކައުންޓް

އީދާ ދިމާކޮށް ލެކިއުޓުން 50 ޕަސެންޓާ ހަމައަށް ޑިސްކައުންޓް ލިބޭ ޕްރޮމޯޝަނެއް ފަށައިފި

30 އޯގަސްޓް 2017

ބޮޑު އީދާ ދިމާކޮށް ލެކިއުޓުން 50 ޕަސެންޓާ ހަމައަށް ޑިސްކައުންޓް ލިބޭ ޕްރޮމޯޝަނެއް ފަށައިފި އެވެ.

އަލީ ޝިނާން އަލީ ޝިނާން

ބޮޑު އީދާ ދިމާކޮށް ލެކިއުޓުން 50 ޕަސެންޓާ ހަމައަށް ޑިސްކައުންޓް ލިބޭ ޕްރޮމޯޝަނެއް ފަށައިފި އެވެ.

ލެކިއުޓުން ބުނީ ޕްރޮމޯޝަން ކުރިއަށް ދާނީ އަންނަ މަހުގެ ފަސް ވަނަ ދުވަހާ ހަމައަށް ކަމަށެވެ. އަދި ޕްރޮމޯޝަނުގައި އެންމެ ކުޑަކޮށް ވެސް 10 ޕަސެންޓްގެ ޑިސްކައުންޓް ލިބޭނެ ކަމަށް ބުންޏެވެ.

ލެކިއުޓްގެ އޮފިޝަލަކު "މިހާރު" އަށް ވިދާޅުވީ ޕްރޮމޯޝަނުގެ ތެރޭގައި، "ސްޕެޝަލް ޕެކްސް"ތަކެއް ވެސް ވިއްކާނެ ކަމަށެވެ. އެ ޕެކްތަކުގައި ހުންނާނީ ތަފާތު އެކި ޕްރޮޑަކްޓްތައް ކަމަށް ވެސް ވިދާޅުވި އެވެ.

ލެކިއުޓްގެ ހުރިހާ ފިހާރަތަކުގެ އިތުރުން ލެކިއުޓް އޮންލައިން ބޭނުން ކުރާ މީހުންނަށް ވެސް ޕްރޮމޯޝަނުގެ ދަށުން ޑިސްކައުންޓް ލިބޭނެ ކަމަށް އޮފިޝަލް ވިދާޅުވި އެވެ.

ލެކިއުޓްގައި ބޭއްވި ކުޑަކުދިންގެ ހަވީރުގެ ތެރެއިން.-- ފޮޓޯ: ލެކިއުޓް

ލެކިއުޓްގައި ބޭއްވި ކުޑަކުދިންގެ ހަވީރުގެ ތެރެއިން.-- ފޮޓޯ: ލެކިއުޓް

އީދު ސޭލްގެ ކުރިން ލެކިއުޓުން ވަނީ ކުޑަކުދިންނަށް ހާއްސަ ކޮށްގެން، ފެސްޓިވަލެއް ވެސް ބާއްވައިފަ އެވެ. ފެސްޓިވަލްގައި ބައިވެރިވި ކުދިންނަށް ތަފާތު އިނާމުތައް ވެސް ވަނީ ދީފަ އެވެ.

ކުޑަކުދިންގެ ފެސްޓިވަލް ބޭއްވީ މަޖީދީމަގު ޓާޓާ ފްލެޓްތައް ކުރިމަތީގައި ހުންނަ ލެކިއުޓްގެ މައި ފިހާރައިގެ އިތުރުން މާފަންނުގައި ހުންނަ ލެކިއުޓް ފިހާރައިގަ އެވެ. ލެކިއުޓް މައި ފިހާރައިގައި އޮތީ ފޭސް ޕެއިންޓިން، ޕަޒުލްސް އަދި މެޗް ދަ ޓައިލްސް ގޭމެވެ. މާފަންނު ފިހާރާގައި އޮތީ މޭކަޕް ގޭމްތަކެވެ.