Roadha Mihaaru
މީޑިއާނެޓް އެމްއެސް ކަސްޓަމަރުންނަށް އީދު ޕްރޮމޯޝަނެއް

މީޑިއާ ނެޓް މަލްޓި-ސްކްރީން ކަސްޓަމަރުންނަށް އީދު ޕްރޮމޯޝަނެއް

18 ޖުލައި 2021

މީޑިއާ ނެޓްގެ "މަލްޓި-ސްކްރީ" ނުން ކަސްޓަމަރުންނަށް ކުރިއަށް އޮތް އަޟްހާ އީދާ ދިމާކޮށް ޕްރޮމޯޝަނެއް ފަށައިފި އެވެ.

ފާތިމަތު ޝަނާ މުހައްމަދު ފާތިމަތު ޝަނާ މުހައްމަދު

މީޑިއާ ނެޓްގެ "މަލްޓި-ސްކްރީ" ނުން ކަސްޓަމަރުންނަށް ކުރިއަށް އޮތް އަޟްހާ އީދާ ދިމާކޮށް ޕްރޮމޯޝަނެއް ފަށައިފި އެވެ.

މީޑިއާނެޓުން ބުނީ މަލްޓި-ސްކްރީންގެ އެމްއެސް ކޮމްބޯއެއް ފުރަތަމަ ފަހަރަށް ސަބްސްކްރައިބް ކުރާ ކަސްޓަމަަރުންނަށް އިތުރު އެއް މަހަށް ހިލޭ މި ހިދުމަތް ހޯދޭނެ ކަމަށެވެ. ހިލޭ ހިދުމަތް ލިބޭނީ މި މަހުގެ 15 އިން 31 އަށް އެމްއެސް ކޮމްބޯ ސަބްސްކްރައިބް ކުރާ ކަސްޓަމަރުންނަށެވެ.

އެމްއެސް ކޮމްބޯއިން ކަސްޓަމަރުންނަށް 35 ޗެނަލެއް ބަލައިލެވޭ އިރު، ވީޑިއޯ-އޮން-ޑިމާންޑުން ފިލްމާއި ސީރީޒް ބެލޭނެ އެވެ. ވީޑިއޯ-އޮން-ޑިމާންޑްގައި މީޑިއާނެޓްގެ އޮރިޖިނަލް ކޮންޓެންޓް ވެސް ހުންނާނެ އެވެ. އޭގެ ތެރޭގައި "ރޫމީ އާއި ޖަންނަތު"، "މަރިޔަމް" އަދި "ލަމްސް ކިޗަން" ވެސް ހިމެ އެވެ.

މުނިފޫހިފިލުވުމަށް ހާއްސަ ކޮށްގެން މީޑިއާނެޓުން ތައާރަފުކޮށްފައިވާ މަލްޓި-ސްކްރީން މެދުވެރިކޮށް، ދިވެހި ތަފާތު ސީރީޒްތަކާއި ޝޯތައް ބަލައިލެވޭނެ އެވެ. މަލްޓިސްކްރީނުން، ލައިވް ޓީވީގެ އިތުރުން ވީޑިއޯ އޮން ޑިމާންޑް މެދުވެރިކޮށް ފިލްމާއި ސީރީޒް ވެސް ބެލޭނެ އެވެ.

މީޑިއާނެޓުން ވަނީ އެމްއެސްޓީވީގެ އެޕްލިކޭޝަން ވެސް ތައާރަފު ކޮށްފަ އެވެ. މި އެޕްލިކޭޝަން ފްލޭ ސްޓޯރުން އެންޑްރޮއިޑް ޔޫއެޗްޑީ ޓީވީ އަށް ޑައުންލޯޑު ކުރެވޭނެ އެވެ. މީޑިއާނެޓްގެ އެމްއެސްޓީވީ އެޕްލިކޭޝަން ބޭނުންކޮށްގެން ޓީވީން ވެސް މީޑިއާނެޓްގެ ޑްރާމާތައް ބަލައިލެވޭނެ އެވެ.