30 އޯގަސްޓް 2017
އެމްޓީސީސީ އަށް ރިސޯޓެއް ހަދަން އަނެއްކާވެސް ރަށެއް ދޭން ސަރުކާރުން ނިންމާފައިވާ ކަމަށް އެ ކުންފުނިން ރޭ ބުނެފި އެވެ.
އެމްޓީސީސީ އަށް ރިސޯޓެއް ހަދަން އަނެއްކާވެސް ރަށެއް ދޭން ސަރުކާރުން ނިންމާފައިވާ ކަމަށް އެ ކުންފުނިން ރޭ ބުނެފި އެވެ.
ދަރުބާރުގޭގައި ބޭއްވި އެ ކުންފުނީގެ އަހަރީ އާއްމު ޖަލްސާގައި ހިއްސާދާރަކު ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން ސީއީއޯ އިބްރާހިމް ޒިޔަތު ވިދާޅުވީ އެމްޓީސީސީން ދެމުން އަންނަ ފެރީ ޚިދުމަތަށް ސަބްސިޑައިޒް ކުރުމުގެ ގޮތުން ރަށެއް ދޭން ނިންމާފައިވާ ކަމަށެވެ. ނަމަވެސް އެއީ ކޮން ރަށެއް ކަމެއް އޭނާ ވިދާޅެއް ނުވެ އެވެ.
ޒިޔަތު ވިދާޅުވި ގޮތުގައި ރިސޯޓެއް ތަރައްގީ ކުރުމަށް ރަށެއް ހަމަޖައްސައި ދެއްވާނެ ކަމަށް ޓޫރިޒަމް މިނިސްޓަރު މޫސާ ޒަމީރު ވަނީ އަންގަވައިފަ އެވެ. އެގޮތުން ދިނުމަށް ހަމަޖެހިފައި ވަނީ މިހާރު ސަރުކާރުން ދޫކުރަން އިއުލާން ކޮށްފައިވާ ރަށްތަކުގެ ތެރެއިން ރަށެއް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
"ވަރަށް އަވަހަށް އެއިން ރަށެއްގެ ނަން [ޓޫރިޒަމް މިނިސްޓްރީ އަށް] ފޮނުވާނެ،" ޒިޔަތު ވިދާޅުވި އެވެ.
ޒޯން ތިނެއްގައި ފެރީ ޚިދުމަތް ދިނުމަށް ސަރުކާރާއި އެމްޓީސީސީއާ ދެމެދު ވެފައިވާ އެއްބަސްވުމުގެ ދަށުން ވ. ފޮއްތެޔޮ ދީފައި ވެ އެވެ. ނަމަވެސް ފަހުން އެ ރަށް ވަނީ އަނބުރާ ސަރުކާރަށް ނެގުމަށް ފަހު އެއް މިލިއަން ޑޮލަރު އެ ކުންފުންޏަށް ދީފަ އެވެ.
އޭގެ ކުރިން ވެސް ރިސޯޓެއްގެ ގޮތުގައި ތަރައްގީކުރަން އދ. ދިއްފުށި (ހޮލިޑޭ އައިލެންޑް ރިސޯޓް) އެ ސަރުކާރުން އެމްޓީސީސީ އަށް ދީފައިވެ އެވެ. އެކަމަކު ފަހުން އެ ރަށް ވަނީ ވިލާ ޝިޕިން އެންޑް ޓްރޭޑިން ކޮމްޕެނީއަށް ވިއްކާލައިފަ އެވެ.
ހަތަރު ރިސޯޓެއް ހަދަން މާވަރު ފަޅު ހިއްކަނީ
ތެލުވެލިގާ ރިސޯޓު ވިއްކާލަން އަނެއްކާވެސް ހުއްދަ ދީފި
ކްރައުން އެންޑް ޗަމްޕާ ރިސޯޓްސްގެ ސީއީއޯއަކަށް ސޮލާހު
ލޯނު ނުދެއްކުމުން ހެވީލޯޑްގެ 3 ރަށެއް ވިއްކާލަނީ
އެންމެ ބޮޑު ޓޫރިޒަމް ޕްރޮމޯޝަން އޮންނާނީ އަންނަ އަހަރު
ޓީޖީއެސްޓީ އާއި ގްރީން ޓެކްސް ނުދައްކާ 170 ފަރާތެއް
1.5 މިލިއަން ޓޫރިސްޓުން، އަމާޒަށް ބާކީ ފަސް ލައްކަ
އީޒްމައިޓްރިޕްއިން ރާއްޖެއަށް ބުކިން ހަދައިދޭން ފަށައިފި
ދުރު އަތޮޅަށް ފްލައިޓް އިތުރު ކުރަންޖެހޭ: އެމްޔޫމަނިކު
ޓޫރިޒަމް ވިޔަފާރިވެރިން ރަޖިސްޓަރީވާން ހުޅުވާލައިފި