Roadha Mihaaru
ގެއްލުނު ހައްޖުވެރިޔާގެ ހަބަރެއް ނެތި ހަތަރު ދުވަސް

ގެއްލުނު ހައްޖުވެރިޔާގެ ހަބަރެއް ނެތް، އާއިލާ ކަންބޮޑުވެފައި

04 ސެޕްޓެމްބަރ 2017

އީދު ދުވަހު ހިލަ އުކަން ގޮސް އުޅުމުގެ ތެރޭގައި ގެއްލުނު އަބްދުއްލަތީފް އަލީގެ ހަބަރެއް އަދިވެސް ނުވާ ކަމަށާއި އެކަމާ ވަރަށް ކަންބޮޑުވާ ކަމަށް އާއިލާ އިން މިއަދު ބުނެފި އެވެ.

މުހައްމަދު ޔާމީން މުހައްމަދު ޔާމީން

އީދު ދުވަހު ހިލަ އުކަން ގޮސް އުޅުމުގެ ތެރޭގައި ގެއްލުނު އަބްދުއްލަތީފް އަލީގެ ހަބަރެއް އަދިވެސް ނުވާ ކަމަށާއި އެކަމާ ވަރަށް ކަންބޮޑުވާ ކަމަށް އާއިލާ އިން މިއަދު ބުނެފި އެވެ.

އަންހެނުންނާ އެކު ފުރަތަމަ ފަހަރަށް ހައްޖުގެ އެޅުކަމަށް ދަތުރުކުރި ޅ. ނައިފަރު އަބްދުއްލަތީފު، 71، ހޯދުމުގެ މަސައްކަތް ކުރަމުން އަންނަ އިރު އާއިލާ އިން ވާހަކަ ދެއްކި މީހަކު ބުނީ އޭނާ ފެންނާނެ ކަމުގެ އުއްމީދު އެބަ އޮތް ކަމަށެވެ.

ހިލަ އުކަން ނުކުމެ އުޅޭ އިރު ބައެއް ދިވެހިން ކުރިން ވެސް ގެއްލެ އެވެ. އެކަމަކު އެއް ދުވަސް ނުވަތަ ދެ ދުވަހުގެ ތެރޭގައި އެ މީހުން ފެނި، ގްރޫޕާ ހަވާލުކުރެ އެވެ. މިއީ ފަހުގެ ތާރީހެއްގައި، ހިލަ އުކާ ތިން ދުވަސް ނިމި، އެންމެން އެނބުރި މައްކާއަށް ދިޔަ އިރު ވެސް ދިވެހި ހައްޖުވެރިޔަކު ގެއްލިގެން އުޅެން ޖެހުނު ފުރަތަމަ ފަހަރެވެ.

އާއިލާއާ އެންމެ ފަހުން އަބްދުއްލަތީފާ ގުޅުނީ ހިލަ އުކަން ދިއުމުގެ ކުރިން، ހުކުރުދުވަހު އެވެ. އެކަމަކު ހިލަ އުކަން ދިޔައީ ޓެންޓްގައި ފޯނު ބާއްވައިފަ އެވެ.

އަބްދުއްލަތީފުގެ އިތުރުން އެހެން ތިން މީހަކު ވެސް އެދުވަހު ގެއްލުނެވެ. އެކަމަކު އެ އެންމެން ވަނީ ފަހުން ފެނިފަ އެވެ.

ދިވެހި ހައްޖުވެރިން މިނާއަށް ދަނީ.--ފޮޓޯ: އަހުމަދު އަބްދުﷲ ސައީދު /މިހާރު

ދިވެހި ހައްޖުވެރިން މިނާއަށް ދަނީ.--ފޮޓޯ: އަހުމަދު އަބްދުﷲ ސައީދު /މިހާރު

އޭނާގެ އާއިލާ އިން ވާހަކަ ދެއްކި މީހާ ބުނީ ހުކުރު ދުވަހު ގުޅުނު އިރު ދެމަފިރިންގެ ހާލު ވެސް ރަނގަޅު ކަމަށެވެ.

"އޭގެ ފަހުން ގެއްލުނު ޚަބަރު ލިބުނީ،" އޭނާ ބުންޏެވެ.

"ހައްޖު ކޯޕަރޭޝަނުން ވަރަށް ބޮޑަށް އެބަ މަސައްކަތް ކުރޭ އަބްދުއްލަތީފް ހޯދަން. ވަރަށް ބޮޑު އުންމީދެއް ކުރަން ހެޔޮ ހާލުގައި ހުރެ ފެންނާނެ ކަމުގެ."

ކޮންމެ ހައްޖުވެރިއެއްގެ އަތުގައި ސައުދީގެ ހައްޖު މިނިސްޓްރީން ދީފައި އޮންނަ ބޭންޑެއް އޮވެ އެވެ. އޭގައި އެއީ ކޮން ގައުމެއްގެ މީހެއް ކަމާއި އެމީހަކު ނިސްބަތްވާ ގްރޫޕާ ގުޅޭނެ ހޮޓްލައިން ނަންބަރު ޖަހާފައި އޮވެ އެވެ.

ހައްޖު ތެރޭގައި ގެއްލޭ މީހުން ހޯދަން ހާއްސަ މަރުކަޒުތައް ގާއިމްކޮށްފައި ހުރެ އެވެ. އެ މަރުކަޒުތަކުން ވެސް އަބްދުއްލަތީފު ހޯދުމުގެ މަސައްކަތް އަންނަނީ ކުރަމުންނެވެ.