Roadha Mihaaru
ހައްޖުވެރިން ޓްރެކިން އެޕް ބޭނުންކުރަން އެދެފި

ދިވެހި ހައްޖުވެރިންގެ ފޯނުތަކުގައި ޓްރެކިން އެޕެއް ބޭނުން ކުރަން އެދެފި

27 ޖުލައި 2019

މި އަހަރު ރާއްޖޭން ހައްޖަށް ދާ ހައްޖުވެރިންގެ ފޯނުތަކުގައި ޓްރެކިން އެޕެއް ބޭނުންކުރުމަށް، ސައުދީ އަރަބިއްޔާގައި ހުންނަ ދިވެހި އެމްބަސީން މިއަދު އިލްތިމާސްކޮށްފި އެވެ.

މުހައްމަދު ޔާމީން މުހައްމަދު ޔާމީން

މި އަހަރު ރާއްޖޭން ހައްޖަށް ދާ ހައްޖުވެރިންގެ ފޯނުތަކުގައި ޓްރެކިން އެޕެއް ބޭނުންކުރުމަށް، ސައުދީ އަރަބިއްޔާގައި ހުންނަ ދިވެހި އެމްބަސީން މިއަދު އިލްތިމާސްކޮށްފި އެވެ.

ދިވެހި އެމްބަސީން ބުނީ ޓްރެކިން އެޕެއް ބޭނުންކުރަން އެންގީ ކޮންމެ އަހަރަކު ވެސް ހައްޖު މޫސުމުގައި ބައެއް ދިވެހިން ގެއްލިގެން ހޯދަން ޖެހޭތީ އެކަމަށް ހައްލު ހޯދަން ކަމަށެވެ.

ހައްޖުވެރިންނަށް ބޭނުންވާ އެހީތެރިކަން ފޯރުކޮށްދިނުމަށް، ރިޔާދުގައި ހުންނަ އެމްބަސީގެ ޓީމެއް ޖިއްދާ އަދި މައްކާގައި ހަރަކާތްތެރިވާނެ ކަމަށް ވެސް އެމްބަސީން ބުންޏެވެ. އަދި ދިމާވާ ކޮންސިއުލަ އިމަޖެންސީތަކުގައި އެމްބަސީން އެހީތެރިކަން ފޯރުކޮށްދޭނެ ކަމަށް ވެސް އެ ތަނުން ބުންޏެވެ.

މި އަހަރު ރާއްޖޭން ހައްޖަށް ދާ ގްރޫޕްތައް މިހާރު ވަނީ ފުރަން ފަށައިފަ އެވެ. ހައްޖަށް ގެންދިއުމުގެ ހުއްދަ މިފަހަރު ދިނީ ހައްޖު ކޯޕަރޭޝަނާއި ޒައީ ގްރޫޕާއި އަލްހަރަމައިން އާއި ތަޒްކިއާ އާއި މިނާ އާއި އެކްރޯ ޕްރައިވެޓް ލިމިޓެޑަށެވެ.

ހައްޖަށް މީހުން ގެންދިއުމުގެ ހުއްދަ ދިން ގްރޫޕްތަކުގެ ތެރެއިން 1،000 އަށް ވުރެ ގިނަ ޖާގަ ދިނީ ހައްޖު ކޯޕަރޭޝަނަށެވެ. އަދި ބާކީ ޖާގަތައް ގްރޫޕްތަކުގެ މެދުގައި ވަނީ ބަހާލައިފަ އެވެ. އިސްލާމިކް މިނިސްޓްރީން ބުނީ މިއަދުން ފެށިގެން އަންނަ މަހުގެ ފަހަކާ ހަމައަށް ހައްޖުވެރިން ސައުދީ އަށް ފުރާނެ ކަމަށެވެ.

ހައްޖުވެރިންނާއި އެ މީހުންގެ އާއިލާތައް އެއާޕޯޓަށް ގެންދަން ހާއްސަ އިންތިޒާމުތަކެއް އެމްއޭސީއެލް އާއި އެމްޓީސީސީން ވަނީ ހަމަޖައްސައިފަ އެވެ.

ސަރުކާރުން ނިންމާފައި އޮތް އެއް ކަމަކީ މާލެ، ވިލިމާލެ، އަދި ހުޅުމާލޭގައި ތިބި ހުރިހާ ހައްޖުވެރިންނާއި އެމީހުންގެ ގާތް އެކުވެރި ރަހުމަތްތެރިންނާ އާއިލާތައް ހަމަ އެއްކޮށް ހިލޭ ސާބަހަށް، ފެރީ އަދި ބަސް ބޭނުންކޮށްގެން އެއާޕޯޓަށް ގެންގޮސްދިނުމެވެ.