11 ސެޕްޓެމްބަރ 2017
މާލެ- ހުޅުލޭ ބްރިޖާ ގުޅުވާލައިގެން ހުޅުމާލެއާ ހަމައަށް އަޅާ ހަތަރު ލޭންގެ ލިންކް ރޯޑަށް ބޭނުންވާ ބިން ހިއްކުމުގެ މަސައްކަތް ފަށަން ތައްޔާރުވެއްޖެ އެވެ.
މާލެ- ހުޅުލޭ ބްރިޖާ ގުޅުވާލައިގެން ހުޅުމާލެއާ ހަމައަށް އަޅާ ހަތަރު ލޭންގެ ލިންކް ރޯޑަށް ބޭނުންވާ ބިން ހިއްކުމުގެ މަސައްކަތް ފަށަން ތައްޔާރުވެއްޖެ އެވެ.
ބްރިޖާ ގުޅުވައިގެން ހުޅުލެއިން ފެށިގެން ހަދާ ލިންކް ރޯޑް ޑިޒައިންކޮށް ތަރައްގީކުރަން 24 މިލިއަން ޑޮލަރު (370 މިލިއަން ރުފިޔާ) އަށް ޗައިނާގެ ހުނާން އިންޖިނިއަރިންއާ ވަނީ ހަވާލުކޮށްފަ އެވެ.
އެ މަސައްކަތާ ބެހޭ ގޮތުން ވާހަކަދައްކަވަމުން އެޗްޑީސީގެ މެނޭޖިން ޑިރެކްޓަރު މުހައްމަދު ސައިމަން މިއަދު ވިދާޅުވީ ލިންކް ރޯޑަށް ބޭނުންވާ ބިން ހިއްކަން ބަންޑުވޯލް ޖަހަން ފަށާފައިވާ ކަމަށެވެ. އަދި ބިން ހިއްކަން ބޭނުންކުރާ ޑްރެޖަރު ހަފުތާއެއްހާ ދުވަހުގެ ތެރޭގައި ރާއްޖެ އަންނާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
"މި ލިންކް ރޯޑު ހަދާއިރު މިހާރު ހުޅުލެއަށް ދަތުރުކުރަން އޮތް މަގާ ގުޅުވައިގެން ފަރު މަތިން ވަރަށް ބޮޑު ބައެއް ހިއްކަން ޖެހޭ. އެންމެ ފުރަތަމަ ފަށަނީ ބިން ހިއްކަން. އަދި އޭގެ ކުރިން ބިންގަނޑުގެ ޓެސްޓްތަކެއް ވަނީ ހަދާފައި،" ސައިމަން ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ސީ ޕްލޭން ހުޅުމާލެ މަތިން ދަތުރުކުރާތީ އޭގެ ސަބަބުން ހުޅުމާލޭގެ ތަރައްގީގެ ބައެއް މަޝްރޫއުތަކަށް ދަތިތަކެއް ކުރިމަތިވާތީ އެ މައްސަލަ ހައްލުކުރަން ނިންމާފައިވާ ކަމަށެވެ. އެގޮތުން އާ ލިންކް ރޯޑު ހަދާއިރު ހުޅުލޭގެ ވޯޓާ ރަންވޭ ބަދަލުކުރަން ނިންމާފައިވާ ކަމަށް ވެސް ސައިމަން ވިދާޅުވި އެވެ.
ހުޅުމާލެ އިން ބްރިޖާ ހަމަޔަށް ހަދާ ހަތަރު ކިލޯމީޓަރުގެ މަގުގެ މަސައްކަތަށް ބޭނުންވާ ސަރަހައްދު ފުޅާކުރުމުގެ ގޮތުން ބޯށިމާ ހިނގުމުގެ އެއްފަޅި ވަނީ ޓިނު ޖަހައި ބަންދުކޮށްފަ އެވެ.
އެޗްޑީސީގެ މެނޭޖިން ޑިރެކްޓަރު ވިދާޅުވީ އެ ކުންފުނިން ހަރަދުކޮށްގެން ހަދާ މި މަގުގެ މަސައްކަތް ބްރިޖާއެކު ނިންމާލެވޭނެ ކަމަށެވެ.
މާލޭގެ ލޮނުޒިޔާރަތްކޮޅުން ފެށޭ ބްރިޖް ހުޅުލެއާ ގުޅުވާލަނީ އެއާޕޯޓުގެ ރަންވޭގެ ދެކުނު ކޮޅާ ދިމާލުންނެވެ. ހުޅުލެ އާއި ހުޅުމާލެއާ ދެމެދު ދަތުރުކުރަން މިހާރު ބޭނުންކުރާ މަގު ވެސް އޮންނަނީ ރަންވޭގެ ދެކުނު ކޮޅުން ގޮސް، ހުޅުލޭގެ އިރުމަތީ ފަރާތުގަ އެވެ. އާ ހައިވޭ ހަދާ އިރު، އެ މަގު ފުޅާކުރަން ބިން ހިއްކައި އެ ސަރަހައްދުގައި އަލުން ތޮށިލާން ވަނީ ނިންމައިފަ އެވެ.
ހުޅުމާލެ- ހުޅުލެ ލިންކް ރޯޑުގައި ތާރު އަޅަން ފަށައިފި
ހުޅުމާލޭ ލިންކް ރޯޑުގެ ތާރު އަޅަން ތައްޔާރުވަނީ
އަމާޒަކީ ބްރިޖާއެކީ ހައިވޭގެ މަސައްކަތް ވެސް ނިންމުން
ހުޅުލެ-ހުޅުމާލެ ލިންކް ރޯޑު ހިއްކައި ނިންމައިފި
ހުޅުމާލެއާ ގުޅުވައިދޭ ލިންކް ރޯޑު ހިއްކައި ނިމެނީ
ބްރިޖާ ގުޅާލާ މަގު ހަދަން ޗައިނާ ކުންފުންޏަކަށް
ހުޅުލެ-ހުޅުމާލޭގެ ލިންކް ރޯޑު ހަދަން ބަޔަކު ހޯދަނީ
ޑިވައިޑާތައް ކޮންކްރީޓުން ހަދަނީ
ލޯނުތަކުގެ ބުރައާ އެކު އެޗްޑީސީ އަޑިއަށް
ހުޅުމާލެ ލިންކް ރޯޑު ދިއްލަނީ