Roadha Mihaaru
ފަތިސް 05:05
އިރުއަރާ 06:19
މެންދުރު 12:23
އަސްރު 15:42
މަގްރިބް 18:19
ޢިޝާ 19:34
ކުއިޒް ބަދިގެ ވާހަކަ ރަން މުތް މީހުން ރެސްޓޯރަންޓް
ޑިވައިޑާތައް ކޮންކްރީޓުން ހަދަނީ

ޑިވައިޑާތައް ކޮންކްރީޓުން ހަދަނީ

16 ޖޫން 2019

ސިނަމާލޭ ބްރިޖް ހައިވޭގެ މެދުގައި ޖަހާފައި ހުރި ލަކުޑި ޑިވައިޑާތަކުގެ ބަދަލުގައި ކޮންކްރީޓުން ޑިވައިޑާތައް ހަދަން ނިންމާފައިވާ ކަމަށް، ހައުސިން ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ) ން މިއަދު ބުނެފި އެވެ.

އަހުމަދު ސާއިލް އަލީ އަހުމަދު ސާއިލް އަލީ

ސިނަމާލޭ ބްރިޖް ހައިވޭގެ މެދުގައި ޖަހާފައި ހުރި ލަކުޑި ޑިވައިޑާތަކުގެ ބަދަލުގައި ކޮންކްރީޓުން ޑިވައިޑާތައް ހަދަން ނިންމާފައިވާ ކަމަށް، ހައުސިން ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ) ން މިއަދު ބުނެފި އެވެ.

މިދިޔަ އަހަރު ފަހުކޮޅު ބޭނުންކުރަން ފެށި ހައިވޭގައި ހިނގި ފަސް އެކްސިޑެންޓެއްގައި ވަނީ ގިނަ އަދަދެއްގެ ޑިވައިޑާތަކެއް ފުނޑުފުނޑުވެފަ އެވެ. އެންމެ ފަހުން ރޭ ހިނގި އެކްސިޑެންޓެއްގައި ވެސް ގިނަ އަދަދެއްގެ ޑިވައިޑާ ހަލާކުވި އެވެ.

އެޗްޑީސީގެ މެނޭޖިން ޑިރެކްޓަރު ސުހެއިލް އަހުމަދު މިއަދު "މިހާރު" އަށް ވިދާޅުވީ، މިހާރު ބަހައްޓާފައި ހުރި ޑިވައިޑާތަކުގެ ބަދަލުގައި ރަނގަޅު ޑިވައިޑާތަކެއް ބެހެއްޓުމަށް ފުލުހުން އަންގާފައިވާ ކަމަށެވެ. އެހެންކަމުން ކޮންކްރީޓުން ޑިވައިޑާތައް ހެދުމަށް ނިންމާފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.

"ކޮންކްރީޓް ޑިވައިޑާތައް ހެދުމުގެ މަސައްކަތް އަޅުގަނޑުމެން ވަރަށް އަވަހަށް ފަށާނަން،" ސުހެއިލް ވިދާޅުވި އެވެ.

ހައިވޭގައި ހިނގި އެކްސިޑެންޓްގައި ޑިވައިޑާތައް ފުނޑު ފުނޑުވެފައި-- ފޮޓޯ: ފަތުހުﷲ ސޯލިހް

ހައިވޭގައި ހިނގި އެކްސިޑެންޓްގައި ޑިވައިޑާތައް ފުނޑު ފުނޑުވެފައި-- ފޮޓޯ: ފަތުހުﷲ ސޯލިހް

މިހާރު ހަލާކުވި ޑިވައިޑާތަކުގެ ބަދަލު ހޯދަން ބޭނުންތޯ ފުލުހުން އެދުމުން ބަދަލު ބޭނުންވާ ކަމަށް އަންގާފައިވާނެ ކަމަށް ސުހެއިލް ވިދާޅުވި އެވެ. އެއީ އެކްސިޑެންޓްވި މީހުންގެ އަތުން ބަދަލު ނެގުމަށެވެ.

ހައިވޭގައި ނުރައްކާތެރި އެކްސިޑެންޓްތަކެއް ހިނގާފައިވާއިރު އުޅަނދުފަހަރުގެ އިތުރުން މަގަށް ވެސް ވަނީ ބޮޑެތި ގެއްލުންތަކެއް ވެފަ އެވެ. ބާރު ސްޕީޑުގައި ދުއްވި ކާރަކުން ޖެހި މަގުގެ އެއް ފަރާތުގައި ޖަހާފައި ހުރި ޗެންޗެއިނަށް ވެސް ވަނީ ބޮޑެތި ގެއްލުންތަކެއް ވެފަ އެވެ.