29 ޖޫން 2016
ދަން ޖައްސައިގެން މަރުގެ އަދަބު ތަންފީޒު ކުރެވޭ ގޮތަށް މަރުގެ އަދަބު ތަންފީޒު ކުރުމާ ބެހޭ ގަވާއިދު މިއަދު އިސްލާހުކޮށްފި އެވެ.
ދަން ޖައްސައިގެން މަރުގެ އަދަބު ތަންފީޒު ކުރެވޭ ގޮތަށް މަރުގެ އަދަބު ތަންފީޒު ކުރުމާ ބެހޭ ގަވާއިދު މިއަދު އިސްލާހުކޮށްފި އެވެ.
އޭޕްރީލް، 2014 ގައި އަމަލުކުރަން ފެށި މަރުގެ އަދަބު ތަންފީޒު ކުރުމާ ބެހޭ ގަވާއިދުގައި ކުރިން އޮންނަނީ މަރުގެ އަދަބު ތަންފީޒު ކުރާނީ ލީތަލް އިންޖެކްޝަން ޖަހައިގެން ކަމަށެވެ. އެކަމަކު އެ ގަވާއިދަށް މިއަދު ގެނައި އިސްލާހުގައިވާ ގޮތުން ލީތަލް އިންޖެކްޝަންގެ އިތުރުން ދަން ޖައްސައިގެން ވެސް މަރުގެ އަދަބު ދެވިދާނެ އެވެ.
އެކަމަކު މީހަކަށް މަރުގެ އަދަބު ދިނުމުގައި އެ ދެގޮތުން ކުރެ އަމަލުކުރާނެ ގޮތެއް ނިންމާނީ ކޮން ފަރާތަކުން ކަމެއް އެ އިސްލާހުގައި ބުނެފައެއް ނެތެވެ.
އެ އިސްލާހު ގަވާާއިދަށް ގެންނަން ނިންމިކަން ކުރިން ހޯމް މިނިސްޓަރަކަށް ހުންނެވި އުމަރު ނަސީރު ވެސް ވަނީ ވިދާޅުވެފަ އެވެ. އެކަމަކު އެ ބަދަލު ގެނައީ ކީއްވެގެންކަން އޭނާ ވިދާޅެއް ނުވެއެވެ.
އެ ގަވާއިދަށް އިސްލާހު ގެނައީ ޑރ. އަފްރާޝީމްގެ ގާތިލް ހުސައިން ހުމާމް މެރުމަށް ކުރި ހުކުމް ސުޕްރީމް ކޯޓުން މިދިޔަ ހަފުތާގައި ދަމަހައްޓާފައި ވަނިކޮށެވެ.
"މަރުގެ އަދަބު ވީހާވެސް އަވަހަށް ތަންފީޒުކުރާނަން"
ޑްރަގް އެތެރެކޮށްފިނަމަ މަރުގެ އަދަބުދޭން ހުށަހަޅަނީ
ރާއްޖޭގައި މަރުގެ އަދަބު އުވައެއް ނުލެވޭނެ: އިހުސާން
މަރުގެ އަދަބުގެކުރިން ނިޒާމަށް އިތުބާރު ކަށަވަރުކުރާނަން
މަރުގެ އަދަބު ދޭން މި ސަރުކާރަށް ފަސޭހަވާނެތަ؟
މަރުގެ އަދަބު ތަންފީޒު ކުރާތީ ބޭރުގެ ކަންބޮޑުވުން!
މި ސަރުކާރުން މަރުގެ އަދަބު ތަންފީޒުކުރާނަން: އިހުސާން
އަނިޔާވެރި ގަތުލާއެކު މަރުގެ އަދަބު ދިނުމުގެ ބަހުސް!
މަރުގެ ހުކުމް ތަންފީޒު ނުކުރުމުގެ ބާރެއް ނެތް: ޖަމީލް
ޝަހީމް: މަރުގެހުކުމް ތަންފީޒުކުރުމުގެ އުސޫލު ފާސްކުރިން