Roadha Mihaaru
ގަވައިދާ ހިލާފަށް ކުނި އުކާ މީހުންނަށް އިންޒާރު ދެނީ

ގަވައިދާ ޚިލާފަށް ކުނި އުކާ މީހުންނަށް އިންޒާރު ދޭން ފަށައިފި

15 ސެޕްޓެމްބަރ 2017

ކުނި އުކާލުމާ ބެހޭ ގަވައިދާ ޚިލާފަށް ކުނި އުކާ މީހުންނާ މެދު ފިޔަވަޅު އެޅުމަށްޓަކައި އިންޒާރުދޭން ފަށާފައިވާ ކަމަށް އެންވަަޔަރުމެންޓް މިނިސްޓްރީން ބުނެފި އެވެ.

އަހުމަދު ސާއިލް އަލީ އަހުމަދު ސާއިލް އަލީ

ކުނި އުކާލުމާ ބެހޭ ގަވައިދާ ޚިލާފަށް ކުނި އުކާ މީހުންނާ މެދު ފިޔަވަޅު އެޅުމަށްޓަކައި އިންޒާރުދޭން ފަށާފައިވާ ކަމަށް އެންވަަޔަރުމެންޓް މިނިސްޓްރީން ބުނެފި އެވެ.

ކުނި އުކާލުމާ ބެހޭ ގަވައިދަށް އަލަށް ގެނައި ބަދަލާއެކު، އަމިއްލަ އަށް ކުނި އުކާނަމަ އެކަން ކުރަން ޖެހެނީ ރަޖިސްޓަރީ ކޮށްގެންނެވެ. އަދި ކުނި އުކާލަން ގެންދާއިރު އުޅަނދު ހުންނަން ޖެހެނީ ކުނީގެ އުނދަގޫ މަގުތަކަށް ނުފޯރާނެހެން ބަންދުކޮށްފަ އެވެ.

ތިމާވެއްޓާ ބެހޭ މިނިސްޓްރީގެ އޮފިޝަލަކު މިއަދު ވިދާޅުވީ އަދިވެސް ބައެއް މީހުން ގަވައިދާ ޚިލާފަށް ކުނި އުކަމުން ގެންދާތީ މިއަދުން ފެށިގެން އެ މީހުންނަށް އިންޒާރު ދެމުން އަންނަ ކަމަށެވެ.

ތިމާވެއްޓާ ބެހޭ މިނިސްޓަރު ތޯރިގް އިބްރާހިމް މިދިޔަ ބުދަ ދުވަހު ވިދާޅުވީ އަދިވެސް ބިދޭސީންނާއި ބައެއް ދިވެހިން ގަވައިދާ ޚިލާފަށް ކުނި އުފުލަމުން ދާ ކަމަށެވެ. އަދި މިއަދުން ފެށިގެން އެފަދަ މީހުންނަށް އިންޒާރު ދޭނެ ކަމަށާއި ގަވާއިދާ ޚިލާފުވާ މީހުން އަންނަ މަހުން ފެށިގެން ޖޫރިމަނާކުރަން ފަށާނެ ކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ.

މިހާތަނަށް 17،180 ގޭބިސީއަކުން ވެމްކޯގައި ރަޖިސްޓަރީ ކޮށްފައިވެ އެވެ. އަދި އަމިއްލައަށް ކުނި އުކާލަން 1،100 އަށް ވުރެ ގިނަ މީހުން ވަނީ ރަޖިސްޓަރީކޮށްފަ އެވެ.