Roadha Mihaaru

ބީއެމްއެލް އީއެންވީ ޕީއޯއެސް ޕްރޮގްރާމަކީ ތިމާވެށި ހިމާޔަތްކުރާ ޕްރޮޖެކްޓުތަކަށް ބޮޑު އެހީއެއް: ސައީދު

ބީއެމްއެލް އީއެންވީ ޕީއޯއެސް ޕްރޮގްރާމަކީ ތިމާވެށި ހިމާޔަތް ކުރުމަށް ހިންގާ ޕްރޮޖެކްޓްތަކަށް މާލީ ގޮތުން އެހީވުމަށް ދެމެހެއްޓެނެވި އާ ގޮތެއް ކަމަށް ބީއެމްއެލްގެ ހެޑް އޮފް ބްރޭންޑް އެންޑް މާކެޓިން ސްޓްރެޓްޖީ މުހައްމަދު ސައީދު އިއްޔެ ވިދާޅުވެއްޖެ އެވެ.

އީއެންވީ ޕީއޯއެސްއަކީ ތިމާވެށި ހިމާޔަތްކުރަން އެހީއެއް

ބީއެމްއެލް އީއެންވީ ޕީއޯއެސް ޕްރޮގްރާމަކީ ތިމާވެށި ހިމާޔަތް ކުރުމަށް ހިންގާ ޕްރޮޖެކްޓްތަކަށް މާލީ ގޮތުން އެހީވުމަށް ދެމެހެއްޓެނެވި އާ ގޮތެއް ކަމަށް ބީއެމްއެލްގެ ހެޑް އޮފް ބްރޭންޑް އެންޑް މާކެޓިން ސްޓްރެޓްޖީ މުހައްމަދު ސައީދު އިއްޔެ ވިދާޅުވެއްޖެ އެވެ.

އޭނާ އެހެން ވިދާޅުވީ އެންވަޔަރަންމަންޓް މިނިސްޓްރީން އިންތިޒާމު ކޮށްގެން ބޭއްވި "އެނޭބްލިން ލޯކަލް އެކްޝަން: ދަރޯލް އޮފް ސްމޯލް ގްރާންޓްސް ފެސިލިޓީސް ސްޓްރެންތެނިން ކްލައިމެޓް ރެސިލިއަންސް" ނަމުގައި ބޭއްވި ޕެނަލް ޑިސްކަޝަންގަ އެވެ.

ހިލޭ އެހީގެ ގޮތުގައި ދެމުންދާ ތަފާތު "ގްރާންޓު މެކޭނިޒަމް" ތަކުގެ އިތުރުން ބީއެމްއެލް އިން ތަޖުރިބާ ކޮށްފައިވާ އުފެއްދުންތެރި އެހެން ކަންތައްތަކެއް ވޭތޯ ކުރެއްވި ސުވާލަށް ޖަވާބު ދެއްވަމުން ސައީދު ވިދާޅުވީ، އެ ބޭންކުގެ ވިސްނުމަކީ އީޖާދީ އަދި ދެމެހެއްޓެނެވި ރަނގަޅު ނަތީޖާތައް ނެރެވޭނެ ގޮތަށް ހިލޭ އެހީގެ ގޮތުގައި ދެމުން އަންނަ ޕްރޮގްރާމްތައް މެދުވެރިކޮށް ތިމާވެށީގެ ޕްރޮޖެކްޓްތަކަށް އެހީތެރިވުން ކަމަށެވެ.

ބީއެމްއެލްގެ ހެޑް އޮފް ބްރޭންޑް އެންޑް މާކެޓިން ސްޓްރެޓެޖީ މުހައްމަދު ސައީދު ވާހަކަ ދައްކަވަނީ.-- ފޮޓޯ: ބީއެމްއެލް

ބީއެމްއެލްގެ ހެޑް އޮފް ބްރޭންޑް އެންޑް މާކެޓިން ސްޓްރެޓެޖީ މުހައްމަދު ސައީދު ވާހަކަ ދައްކަވަނީ.-- ފޮޓޯ: ބީއެމްއެލް

ސައީދު ވަނީ މި އަހަރު ޖޫން 25 ވަނަ ދުވަހު ބީއެމްއެލް އިން ރާއްޖެ އަށް މުޅިން އަލަށް އީއެންވީ ޕޮސްގެ ނަމުގައި ތައާރަފުކުރި ހާއްސަ ޕްރޮގްރާމް ފާހަގަކުރައްވައިފަ އެވެ.

އެ ޕްރޮގްރާމްގެ ދަށުން ރާއްޖޭގެ ކަނޑުތަކާއި ތިމާވެށި ހިމާޔަތް ކުރުމަށް ޕާލޭ މޯލްޑިވްސް އާއި މޯލްޑިވްސް އޯޝަން ޕްލާސްޓިކްސް އެލަޔަންސް (މޯޕާ) އާ އެކު ހިންގަމުންދާ މުހިންމު މަސައްކަތްތަކަށް އޭނާ އަލިއަޅުއްވާލެއްވި އެވެ.

"އީއެންވީ ޕީއޯއެސްގެ ދަށުން، ޕާލޭގެ އެވޮއިޑް، އިންޓަސެޕްޓް، ރީޑިޒައިން، ސްޓްރެޓެޖީގެ ތެރެއިން އުކާލެވޭ ޕްލާސްޓިކް ކުނި ޖަރުމަނާއި ޓައިވާން އަދި މެލޭޝިއާއަށް ރީސައިކަލް ކުރުމަށް ފޮނުވުމުގެ މަސައްކަތުގައި ބޭންކުން މިދަނީ ޕާލޭއަށް އެހީތެރިވެދެމުން،" ސައީދު ވިދާޅުވި އެވެ.

"އަދި ހަމައެހެންމެ ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި މިހާރު މޯޕާއިން ގާއިމް ކޮށްފައިވާ މެޓީރިއަލް ރިކަވަރީ ފެސިލިޓީގައި އިތުރު ސެޓަޕެއް ގާއިމްކުރުމަށް އަޅުގަނޑުމެން މިދަނީ އެހީތެރިވަމުން."

"ބީއެމްއެލް އީއެންވީ ޕީއޯއެސް" ދަރޯލް އޮފް ސްމޯލް ގްރާންޓްސް ފެސިލިޓީސް ސްޓްރެންތެނިން ކްލައިމެޓް ރެސިލިއަންސް" ނަމުގައި ބޭއްވި ޕެނަލް ޑިސްކަޝަނުގެ ތެރެއިން--- ފޮޓޯ: ބީއެމްއެލް

"ބީއެމްއެލް އީއެންވީ ޕީއޯއެސް" ދަރޯލް އޮފް ސްމޯލް ގްރާންޓްސް ފެސިލިޓީސް ސްޓްރެންތެނިން ކްލައިމެޓް ރެސިލިއަންސް" ނަމުގައި ބޭއްވި ޕެނަލް ޑިސްކަޝަނުގެ ތެރެއިން--- ފޮޓޯ: ބީއެމްއެލް

ސައީދު ވިދާޅުވި ގޮތުގައި، އެ ތަނުގައި ޕެޓް ޕްލާސްޓިކް ގްރައިންޑާތައް ގާއިމުކުރުމަށް ފަހު، ޕްލާސްޓިކް ފުޅިތައް ގްރެނިއުލްސް އަށް ބަދަލުކޮށް، އިންޑިއާ އަދި މެލޭޝިއާގެ ރީސައިކްލިން ފެސިލިޓީތަކަށް އެކްސްޕޯޓް ކުރަން ވަނީ ހަމަޖެހިފަ އެވެ.

އީއެންވީ ޕީއޯއެސް ޕްރޮގްރާމަކީ ތިމާވެށި ރައްކާތެރިކުރުމަށް ބީއެމްއެލްގެ ދުރުރާސްތާ އަމާޒުގެ ދަށުން، މި ބީއެމްއެލް އީއެންވީ ކާޑު މެޝިން ބޭނުންކޮށްގެން ކުރާ ކޮންމެ މުއާމަލާތަކަށް ބޭންކުން ވަކި އަދަދެއް ކަނޑައަޅައި ރާއްޖޭގެ ތިމާވެށި ހިމާޔަތް ކުރުމަށް ހިންގާ މަސައްކަތަށް އެހީތެރިވެދޭ ޕްރޮގްރާމެކެވެ.

އެ މުއާމަލާތްތަކަށް ކަސްޓަމަރުން ވެސް އަދި ވިޔަފާރިތަކުން ވެސް އެއްވެސް އިތުރު ހަރަދެއް ކުރާކަށް ނުޖެހޭނެ އެވެ.

އީއެންވީ ޕޮސް މެޝިންތަކުގައި ކާޑުން ކުރާ ކޮންމެ މުއާމަލާތަކުން ކަސްޓަމަރުންނަށް ސީދާގޮތުން ރާއްޖޭގެ ނާޒުކު ތިމާވެއްޓާއި ކަނޑުފަޅުގެ ދިރުންތައް އަންނައޮތް ޖީލުތަކާ ހަމައަށް ރައްކާތެރިކަމާއެކު ފޯރުކޮށްދިނުމަށް ކުރެވޭ މަސައްކަތުގައި ބައިވެރިވެ އެހީތެރިވެދެވޭނެ އެވެ.

ތިމާވެށި ހިމާޔަތްކުރުމަށް ކުރާ މަސައްކަތްތަކާއި ރާއްޖޭގެ ގުދުރަތީ ވަސީލަތްތައް އަންނަން އޮތް ޖީލުތަކަށް ގެންދިއުމަށް ކުރެވޭ މަސައްކަތްތަކުގައި ގައުމީ ބޭންކުން އަބަދުވެސް ދަނީ ބައިވެރިވަމުންނެވެ.