20 ސެޕްޓެމްބަރ 2017
މިއަންމާގެ ސިފައިންނާއި ބުޑިސްޓުންގެ ފަރާތުން އަނިޔާ ލިބެމުން އަންނަ ރޮހިންޖާގެ މުސްލިމުންގެ ހައްގުގައި އިދިކޮޅު ޕާޓީތައް ގުޅިގެން ބޮޑު އެއްވުމެއް ބޭއްވުމަށް ނިންމައިފި އެވެ.
މިއަންމާގެ ސިފައިންނާއި ބުޑިސްޓުންގެ ފަރާތުން އަނިޔާ ލިބެމުން އަންނަ ރޮހިންޖާގެ މުސްލިމުންގެ ހައްގުގައި އިދިކޮޅު ޕާޓީތައް ގުޅިގެން ބޮޑު އެއްވުމެއް ބޭއްވުމަށް ނިންމައިފި އެވެ.
ޖުމްހޫރީ ޕާޓީގެ އޮފީސް އަދި އިދިކޮޅު ހަރަކާތްތަކުގެ މައި ޖަގަހަ މ. ކުނޫޒުގައި މިރޭ ބޭއްވި ޖަލްސާގައި، އެއްވުން އޮންނާނެ ކަން އިއުލާންކޮށް ދެއްވީ އިދިކޮޅު ހަތަރު ލީޑަރުންގެ ފަރާތުން ކަނޑައަޅާފައިވާ މަންދޫބުންނެވެ. އެގޮތުން މި އެއްވުން އޮންނާނީ މި މަހުގެ 29 ވަނަ ދުވަހުގެ ހަވީރު 4-6 އަށެވެ.
ނަމަވެސް އެއްވުން އޮންނާނީ މާލޭގެ ކޮން ސަރަހައްދެއްގައި ކަމެއް އަދި ހާމައެއް ނުކުރެ އެވެ.
އެއްވެ އުޅުމުގެ ގާނޫނުގެ ދަށުން ފުލުހުންގެ ހުއްދަ ހޯދުމަކާ ނުލައި، ހަމައެކަނި އެއްވެވޭނީ ކާނިވާ ސަރަހައްދަށެވެ. އެކަމަކު، އެތަނުގައި ސިޔާސީ ހަރަކާތްތައް ބޭއްވުމުގެ ހުއްދައަށް ހައުސިން މިނިސްޓްރީގައި އެތައް ފަހަރަކު ނުދޭ މައްސަލާގައި އިދިކޮޅު ފަރާތްތަކުން މިނިސްޓްރީއަށް ފާޑު ކިޔަ އެވެ.
އެއްވުން އޮންނާނެ ކަން މިރޭގެ ޖަލްސާގައި އިއުލާންކޮށް ދެއްވީ އަދާލަތު ޕާޓީގެ އިލްމުވެރިންގެ މަޖިލީހުގެ ރައީސް އަދި އެމްޑީޕީ ސަރުކާރުގެ އިސްލާމިކް މިނިސްޓަރު ޑރ. މަޖީދު އަބްދުލް ބާރީ އާއި ޖުމްހޫރީ ޕާޓީގެ ނައިބު ލީޑަރު ޑރ. ހުސެއިން ރަޝީދު ހަސަނާއި އެމްޑީޕީގެ ނައިބު ރައީސް މުހައްމަދު ޝިފާޒު އާއި ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމްގެ ފަރާތްޕުޅުން ތުލުސްދޫ ދާއިރާގެ ގޮނޑި ގެއްލިފައިވާ ކަމަށް އިލެކްޝަންސް ކޮމިޝަނުން ކަނޑައަޅާފައިވާ މުހައްމަދު ވަހީދު އިބްރާހިމް (ލޯޔަރު ވައްޑެ) އެވެ.
ޖަލްސާގައި ވާހަކަ ދައްކަވަމުން ހަތަރު ބޭފުޅުން ވެސް ވިދާޅުވި ގޮތުގައި އެއްވުމަކީ ރޮހިންޖާ މުސްލިމުންގެ ހިމާޔަތުގައި ދިވެހިން ތިބި ކަން ހާމަކުރުމުގެ ގޮތުން ބާއްވާ އެއްވުމެކެވެ. އެހެންވެ، އެއްވުމުގައި ކުދި ބޮޑު އެންމެން ބައިވެރިވުމަށް އެ ބޭފުޅުން ގޮވާލެއްވި އެވެ.
ރޮހިންޖާގެ މުސްލިމުންނަށް އެހީތެރިވާން ރާއްޖޭގެ އެކި ސަރަހައްދުތަކުގައި އަންނަނީ ހަރަކާތްތައް ހިންގަމުންނެވެ. ރޮހިންޖާ އަށް މުސްލިމުންނަށް އެހީތެރިވުމަށް ރާއްޖެ ޓީވީން ޓެލެތޯނެއް ބާއްވާފައިވާއިރު އެ ހަރަކާތަށް ފަސް މިލިއަން ރުފިޔާ ލިބިފައިވެ އެވެ. އަދި ރޮހިންޖާ އަށް އެހީތެރިވާން ސަރުކާރު މުއައްސަސާތަކުން ގުޅިގެން ބާއްވާ ޓެލެތޯން އަންނަ ހޮނިހިރު ދުވަހު ފެށުމަށް ވަނީ ނިންމައިފަ އެވެ.
މިއަންމާގެ ހަމަނުޖެހުންތަކުގެ ސަބަބުން އެ ގައުމު ދޫކޮށް ބަންގްލަދޭޝް އަށް ދިޔަ ރެފިއުޖީންގެ އަދަދު ވަނީ ހަތަރު ލައްކަ އަށް އަރައިފަ އެވެ. އެގައުމުގެ ސިފައިން ބުނީ އަސްކަރީ އޮޕަރޭޝަން ފަށަން ޖެހުނީ އޮގަސްޓް 25 ވަނަ ދުވަހުން ފެށިގެން "ހައްދުފަހަނަޅާފައިވާ ބެންގާލީސް" ނުވަތަ ރޮހިންޖާ ހަނގުރާމަވެރިން މިއަންމާ ސިފައިންނަށް ހަމަލާ ދިން ފަހުން ކަމަށެވެ. ބަންގްލަދޭޝް އަށް ދިޔަ ރެފިއުޖީން ބުނެފައި ވަނީ މިއަންމާ ސިފައިން އެ މީހުންގެ އަވަށްތަކުގައި އަލިފާން ޖަހާ އާއްމުންނަށް ހަމަލާ ދެމުންދާ ކަމަށެވެ.
އދ.ވޯޓުގައި ރާއްޖެ ބައިވެރިނުވީ އެކަމަށް ހިތްވަރުދޭތީ
އދ.ގެ ވޯޓުން ރާއްޖެ ރެކުމުން އެނގެނީ ކޮން ކަމެއް؟
"ވޯޓުގައި ބައިވެރިނުވީ ޚާރިޖީ ސިޔާސަތު ވިކިފައިވާތީ"
ވޯޓުގައި ބައިވެރިނުވުމުން ފާޑުކިޔުންތައް ކުރިމަތިވެއްޖެ
ފަންޑަށް ލިބުނު 5 މިލިއަން ރެޑްކްރެސެންޓާ ހަވާލުކޮށްފި
ގަތަރަށް ވުރެ މިއަންމާގެ ގުޅުން މުހިންމު؟
މިއަންމާއާ ދެކޮޅަށް ރާއްޖެ އިސްވެ ތެދުވާން ގޮވާލައިފި
މިއަންމާގެ ހަމަނުޖެހުމާ ގުޅިގެން ގުނޫތުކިޔަން އަންގައިފި
ރޮހިންޖާގައި ހިންގާ ޖަރީމާތައް ހުއްޓުވަންޖެހޭ: މައުމޫން
ރޮހިންޔާ މުސްލިމުންގެ ހައްގުގައި އުއްމަތް ތެދުވާންޖެެހޭ