ނަސްލު ނައްތާލުމާއި ގަތުލްއާންމުތައް ހުއްޓުވުމުގެ މައްސަލަ އދ. ގެ އާންމު ޖަލްސާގެ އެޖެންޑާގައި ހިމެނުމަށް ނެގި ވޯޓުގައި ރާއްޖެ ބައިވެރިނުވީ އެ ކަންކަމަށް ސަރުކާރުން އެއްވެސް ވަރެއްގެ އަހައްމިއްޔަތެއް ނުދީ އެ ކަންކަމަށް ހިތްވަރު ދޭތީ ކަމަށް އިދިކޮޅު ފަރާތްތަކުން މިއަދު ބުނެފި އެވެ.
17 ސެޕްޓެމްބަރ 2017
ނަސްލު ނައްތާލުމާއި ގަތުލްއާންމުތައް ހުއްޓުވުމުގެ މައްސަލަ އދ. ގެ އާންމު ޖަލްސާގެ އެޖެންޑާގައި ހިމެނުމަށް ނެގި ވޯޓުގައި ރާއްޖެ ބައިވެރިނުވީ އެ ކަންކަމަށް ސަރުކާރުން އެއްވެސް ވަރެއްގެ އަހައްމިއްޔަތެއް ނުދީ އެ ކަންކަމަށް ހިތްވަރު ދޭތީ ކަމަށް އިދިކޮޅު ފަރާތްތަކުން މިއަދު ބުނެފި އެވެ.
ގަތުލް އާންމުތަކާއި ހަނގުރާމައިގެ ޖަރީމާތައް ހުއްޓުވުމުގެ މައްސަލަ އދ. ގެ 72 ވަނަ އާންމު ޖަލްސާގެ އެޖެންޑާގައި ހިމެނުމަށް އދ. ގައި މިިދިޔަ ހުކުރު ދުވަހު ނެގި ވޯޓުގައި ރާއްޖެ ބައިވެރިިވެފައިނުވާތީ ގިނަ ބައެއްގެ ފާޑުކިޔުންތަކެއް ދަނީ ސަރުކާރަށް އަމާޒުވަމުންނެވެ. އެ ހުށަހެޅުން ފާސްވި އިރު، މި ދުވަސްވަރު ބައިނަލް އަގުވާމީ މުޖްތަމައުގެ ސަމާލުކަން ހުއްޓިފައިވަނީ، މިޔަންމާގެ ރޮހިންޖާ ދަރިކޮޅުގެ މުސްލިމުން ނައްތައިލުމަށް އެ ގައުމުގެ ސިފައިން ހިންގަމުންދާ ގަތުލުއާންމުތަކަށެވެ.
އިދިކޮޅު ފަރާތްތަކުން މިއަދު ނެރުނު ބަޔާނުގައި ބުނީ އިންސާނީ ހައްގުތަކާއި އިންސާނިއްޔަތަށް މި ސަރުކާރުން އެއްވެސް ވަރެއްގެ އަހައްމިއްޔަތެއް ނުދޭ ކަން ވޯޓުގައި ބައިވެރިނުވުމުން ދޭހަވާ ކަމަށެވެ. އަދި އެކަންކަމާ ދެކޮޅަށް މަސައްކަތް ނުކުރުމަކީ އެފަދަ އަމަލުތަކަށް ރާއްޖެ އިން ހިތްވަރުދިނުން ކަމުގައި ދެކޭ ކަމަށް ވެސް އެ ބަޔާނުގައިވެ އެވެ.
ރާއްޖެއަކީ 100 ޕަސެންޓް މުސްލިމް ގައުމަކަށް ވާއިރު، އެފަދަ ކަންކަމަކީ ވެސް އިސްލާމް ދީނުގައި މަނާކޮށްފައިވާ ޖަރީމާއަކަށް ވާއިރު، އެ ކަމާ މަޝްވަރާކުރަން އދ.ގެ އެޖެންޑާގައި ހިމެނުމަށް ރާއްޖެ އިން ވޯޓު ނުދިނުމަކީ ބަލައިގަނެވޭ ކަމެއް ނޫން ކަން ބަޔާނުގައި ފާހަގަކޮށްފައި ވެ އެވެ.
ސަރުކާރަށް އަމާޒުވަމުންދާ ފާޑުކިޔުންތަކަށް ރައްދު ދެމުން ފޮރިން މިނިސްޓްރީންނާއި އދ. އަށް ކަނޑައަޅާފައިވާ ރާއްޖޭގެ ދާއިމީ މިޝަނުން ނެރުނު ބަޔާނުގައި އޮތީ ދިވެހި ރައްޔިތުންނަށް ކަމުގެ ހަގީގަތް އޮޅުވާލާފައި ކަމަށް ވެސް އިދިކޮޅު ފަރާތްތަކުން ބުނެ އެވެ.
"އަމާޒުވަމުންދާ ފާޑުކިޔުމުގެ ރައްދުގައި، މި ވޯޓަކީ ރޮހިންޖާ ދަރިކޮޅުގެ މުސްލިމުންނާ ގުޅުންހުރި ވޯޓެއް ނޫން ކަމަށް ފޮރިން މިިނިސްޓްރީގެ ބަޔާނުގަ އާއި އދ. އަށް ކަނޑައަޅާފައިވާ ރާއްޖޭގެ ދާއިމީ މިޝަނުން ވަނީ ބުނެފަ އެވެ. ހަގީގަތުގައި މިއީ ދިވެހި ސަރުކާރުން، ދިވެހި ރައްޔިތުންނަށް މި މައްސަލަ އޮޅުވާލުމަށް އެ މިޝަން އިން ދީފައިވާ ރައްދެއް ކަމަށް ދެކެމެވެ،" އިދިކޮޅު ފަރާތްތައް ގުޅިގެން ނެރުނު ބަޔާނުގައި ބުންޏެވެ.
ރާއްޖޭއަކީ ހާރިޖީ ސިޔާސަތު ކަނޑައެޅުމުގައި ވަކި ފަރާތަކަށް ނުޖެހި އިންސާނީ ހައްގުތަކާއި ޑިމޮކްރަސީ އަދި މޫސުމަށް އަންނަ ބަދަލުތައް މައިގަނޑު އުސޫލުތަކެއްގެ ގޮތުގައި ބަލަމުން އައި ގައުމެއް ކަމަށާއި ނަމަވެސް ބައިނަލްއަގުވާމީ މައްސަލަތަކުގައި، އާއްމު ސުލްހައަށް އިސްކަންނުދީ ވަކި ފަރާތެއްގެ އެންގުންތަކަށް ސަރުކާރު ބޯލަނބަމުންދާކަން ފާހަގަކޮށްފައި ވެ އެވެ.
ގޮނޑި ނުލިބުނަސް، މައްސަލަތަކުގައި ވަކާލާތު ކުރާނަން
އދ.ގެ ވޯޓުން ރާއްޖެ ރެކުމުން އެނގެނީ ކޮން ކަމެއް؟
ވޯޓުގައި ބައިވެރިނުވުމުން ފާޑުކިޔުންތައް ކުރިމަތިވެއްޖެ
އދ. އިސްލާހުކުރަން އިސްނަގަން ޒަމީރު ގޮވާލައްވައިފި
ރާއްޖެއިން އދ. ގެ ސެކިއުރިޓީ ކައުންސިލަށް ވާދާކުރަނީ
އދ. ގެ އާންމު މަޖިލީހުގެ ރައީސްކަން ޝާހިދަށް
ރާއްޖެއިން ދެކެނީ އދ.އިން ސުލްހަ ކަށަވަރުކުރާ ކަމަށް
ހާލަތު ދެނެގަތުމަށް އދ. ގެ ޓީމެއް ރާއްޖެ އަތުވެއްޖެ
އދ.ގެ މައި މަރުކަޒުގަ ދިވެއްސަކު ހުނަރު ދައްކާލައިފި
ސަލާމަތީ މަޖިލިސް މައްސަލާގައި ޝާހިދުގެ ރައްދު ޝަހީދަށް