21 ސެޕްޓެމްބަރ 2017
ރައްޔިތުންގެ މަޖިލީހުން ހުސްވެފައިވާ ހުރިހާ ގޮނޑިއެއް ވެސް ޕީޕީއެމުން ކާމިޔާބުކުރާނެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް ރީކޯ މޫސާ މަނިކު ރޭ ވިދާޅުވެއްޖެ އެވެ.
ރައްޔިތުންގެ މަޖިލީހުން ހުސްވެފައިވާ ހުރިހާ ގޮނޑިއެއް ވެސް ޕީޕީއެމުން ކާމިޔާބުކުރާނެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް ރީކޯ މޫސާ މަނިކު ރޭ ވިދާޅުވެއްޖެ އެވެ.
ޕީޕީއެމުން ރ. އަތޮޅާއި ހއ. އަށް ކުރާ ކެމްޕޭން ދަތުރުގައި ދިއްދޫގައި ބޭއްވި ޖަލްސާގައި މޫސަ ވިދާޅުވީ މަޖިލިސް މެމްބަރުންނާ އެކު ރަށްތަކުގައި އެ ޕާޓީން ކުރަމުން އަންނަނީ ކެމްޕޭން ކަމަށެވެ. އެ ކެމްޕޭނަށް ފަހު ހުރިހާ ގޮނޑިތައް ވެސް ނަގާނީ ޕީޕީއެމުން ކަމަށް ވިދާޅުވި އެވެ.
ރައްޔިތުންގެ މަޖިލީހުގެ މަޑުއްވަރީ ދާއިރާ އާއި ދިއްދޫ ދާއިރާ އާއި ވިލިނގިލީ ދާއިރާގެ އިތުރުން ތުލުސްދޫ ދާއިރާގެ ގޮނޑި ހުސްވެފައިވާ ކަމަށް އިލެކްޝަންސް ކޮމިޝަނުން ވަނީ ކަނޑައަޅައިފަ އެވެ.
މޫސަ ވިދާޅުވި ގޮތުގައި ގޮނޑިތައް ނުގެއްލޭ ކަމަށް އިދިކޮޅު ފަރާތްތަކުން ބުނި ނަމަވެސް އެކަން ގަބޫލުކުރެވޭނެ އެއްވެސް ހަމައެއް ނޯންނާނެ އެވެ. މިފަދަ ނިންމުންތައް ނިންމުމުގައި އެންމެ ފަހު ބަސް ބުނާ ސުޕްރީމް ކޯޓުން ނިންމުމުން، އެ ގޮނޑިތައް ހުސްނުވާ ކަމަށް ބުނެވޭނެ ޖާގައެއް ނޯންނާނެ ކަމަށް ވެސް މޫސަ ވިދާޅުވި އެވެ.
"އަޅުގަނޑުމެން މިކުރަނީ ކެމްޕޭން، އިރާދަކުރެއްވިޔާ ގޮނޑިތަކަށް ވެސް ޕީޕީއެމް މެމްބަރުން ހޮވާނަން،" މޫސަ ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ އެއްވެސް ރައްޔިތަކަށް މި ސަރުކާރުން އެއްވެސް އަނިޔާއެއްކޮށްފައެއް ނޯންނާނެ ކަމަށެވެ. ގަވާއިދާ ޚިލާފުވެ، ކުށްކުރާ މީހުންނަށް އަދަބު ދިނުމަކީ އަނިޔާ އަށް ވާނަމަ، ވަޅި ހިފައިގެން މުޅި ރަށު ތެރޭގައި ދުވުމުން ވެސް އަޅާނުލައި ތިބެންވީތޯ އޭނާ ސުވާލު ކުރެއްވި އެވެ.
މޫސަ ވިދާޅުވި ގޮތުގައި މި ސަރުކާރުގެ ކޮރަޕްޝަން ވާހަކަ އާއި އަނިޔާގެ ވާހަކަ އިދިކޮޅު ފަރާތްތަކުން ދައްކާއިރު ކުރީގެ ރައީސުން ރައްޔިތުންނަށް ދިން އަނިޔާ މާ ބޮޑެވެ. ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމްގެ ވެރިކަމުގައި މާފުށީ ޖަލުގައި ބަޑި ޖަހައި އީވާން ނަސީމް މަރާލި އަނިޔާގެ ވާހަކަ މި އަހަރު އެމްޑީޕީން ނުދެއްކީ މައުމޫން އިދިކޮޅު ފަރާތްތަކުގައި ހުންނެވުމުން ކަމަށް ވިދާޅުވެ މޫސަ ފާޑުވިދާޅުވި އެވެ.
ވެރިކަމުގައި މިހާރު އޮތީ ޕީޕީއެމް ކަމަށާއި އެކަން އެމްޑީޕީގެ އެކްޓިވިސްޓުން ގަބޫލުކުރަން ޖެހޭ ކަމަށް މޫސަ ވިދާޅުވި އެވެ. ކުރީގެ ރައީސް މުހައްމަދު ނަޝީދު، މައުމޫންއާ އެކު މަސައްކަތް ކުރެއްވުމަކީ އަނިޔާ އަށް ތާއީދުކުރެއްވުން ކަމަށް ވިދާޅުވެ މޫސަ ފާޑުވިދާޅުވި އެވެ.
"އެމްޑީޕީގެ އެކްޓިވިސްޓުންނަށް މިދަންނަވަނީ ބޭހާއި ނުކުޅޭތި ބަޑި، ގޭމަކޮޔާ ފިހިދާނެ، ނޭނގި ހުއްޓާ އަނދައިދާނެ،" މޫސަ ވިދާޅުވި އެވެ.
އޭނާ ވިދާޅުވި ގޮތުގައި ރައީސް ޔާމީން ގެންދަވަނީ ރާއްޖެ އަށް ތަރައްގީ ގެނެސް ދެއްވަމުންނެވެ. އައިޖީއެމްއެޗުގެ 25 ބުރީގެ އިމާރާތް އުސް ކަމުން ބަލަން އުނދަގޫވެގެން އިދިކޮޅު ފަރާތްތަކުން ހިތްހަމަނުޖެހޭނަމަ، އެތަނަށް ނުބަލަން މޫސަ ގޮވާލެއްވި އެވެ.
"މި ސަރުކާރުން އަންނަނީ އަބުރުވެރި ދިރިއުޅުމެއް ރައްޔިތުންނަށް ހޯދައިދެމުން. ޕޯޑިއަމްތަކަށް އަރައި އަޅުގަނޑުމެން މިދައްކާ ވާހަކައަކީ ކުރިން ދެއްކި ވާހަކައާ ތަފާތު ވާހަކައެއް. ..އަނިޔާގެ ވާހަކަ ކުރިން ދެއްކި މީހުން އެ ތިބީ ހޮރަށް ބޯބާނައިގެން،" މޫސަ ވިދާޅުވި އެވެ.
ޕީއެންސީ ވަރުގަދަކުރަނީ، ޕީޕީއެމަށް ވާނީ ކިހިނެއް؟
ޕީޕީއެމްގެ ކުޅިބައި އަތުރާލަނީ، ކާމިޔާބުވާނެ: ޝިޔާމް
ޕީޕީއެމް ވަރުގަދަކުރަން ނައިބު ރައީސަކަށް ޣައްސާން
ކޮންގްރެސްއަކުން ޕީއެންސީގެ އިސް މަގާމުތައް ހޮވަނީ
ޕީޕީއެމް ދަރަނިވެރިވެ ފޯނު ބިލްތައް ވެސް ނުދެއްކުނު!
ޕީޕީއެމް ސަލާމަތްވާން އޮތީ އިސްލާހީ އެޖެންޑާއަކުން!
ޔާމީން، ޕީޕީއެމާ ދުރަށް ވަޑައިގަންނަވަނީ؟
މައުމޫނާ ޕީޕީއެމް ހަވާލުކުރަން ހުށަހެޅި މައްސަލަ ބާތިލް
ޔާމީނަށް ޕީޕީއެމް ވެސް ދޫކޮށްލެވޭކަށް ނެތް!؟
"ޕާޓީ ވަރުގަދަވީ ރައީސް ވެވަޑައިގެންނެވި ގުރުބާނީން"