Roadha Mihaaru
ތައުލީމީ ސިޔާސަތު އަންނަނީ ކާމިޔާބުވަމުން: މިނިސްޓަރު

ތައުލީމީ ސިޔާސަތު ކާމިޔާބުވާ މަންޒަރު އެބަ ފެނޭ: އެޑިއުކޭޝަން މިނިސްޓަރު

01 އޮކްޓޯބަރ 2017

ސަރުކާރުގެ ތައުލީމީ ސިޔާސަތު ކަމަށް ވާ "އެންމެ ކުއްޖަކު ވެސް ބާކީ ނުކުރާނަން" ސިޔާސަތު ކާމިޔާބުވަމުން އަންނަ ކަމަށް އެޑިއުކޭޝަން މިނިސްޓަރު ޑރ. އައިޝަތު ޝިހާމް އިއްޔެ ވިދާޅުވެއްޖެ އެވެ.

މުހައްމަދު ޔާމީން މުހައްމަދު ޔާމީން

ސަރުކާރުގެ ތައުލީމީ ސިޔާސަތު ކަމަށް ވާ "އެންމެ ކުއްޖަކު ވެސް ބާކީ ނުކުރާނަން" ސިޔާސަތު ކާމިޔާބުވަމުން އަންނަ ކަމަށް އެޑިއުކޭޝަން މިނިސްޓަރު ޑރ. އައިޝަތު ޝިހާމް އިއްޔެ ވިދާޅުވެއްޖެ އެވެ.

މި އަހަރުގެ އޯލެވެލް އަދި އެސްއެސްސީ އިމްތިހާނު ފެށުމާ ގުޅިގެން ދަރިވަރުންނަށް ފޮނުއްވި މެސެޖްގައި މިނިސްޓަރު ވިދާޅުވީ ފާއިތުވި ހަތަރު އަހަރު ވެސް ސާނަވީ މަރުހަލާ ނިންމާ ދަރިވަރުންގެ ތެރެއިން ރަން ވަނަތައް ހާސިލްކުރާ ދަރިވަރުންގެ އަދަދު އަހަރުން އަހަރަށް އިތުރުވަމުން އައުމަކީ ކާމިޔާބީއެއް ކަމަށެވެ.

"ސަރުކާރުގެ ތައުލީމީ ސިޔާސަތު ކާމިޔާބު ކުރުމަށް ސްކޫލްތަކާއި ބެލެނިވެރިން ގުޅިވަޑައިގެން ކުރައްވާ މަސައްކަތް އުފަލާ އެކު ފާހަގަކޮށް، އެ ހުރިހާ ބޭފުޅުންނަށް ޝުކުރު ދަންނަވަމެވެ،" އައިޝަތު ޝިހާމް ވިދާޅުވި އެވެ.

މިނިސްޓަރު ވަނީ އޯލެވެލް އަދި އެސްއެސްސީ އިމްތިހާނުތަކުގައި ބައިވެރިވާ ދަރިވަރުންނަށް ހެޔޮ އެދުންތައް ފޮނުއްވައިފަ އެވެ. އަދި ދަރިވަރުންނަށް ކާމިޔާބީއަށް ވެސް އެދިވަޑައިގަތެވެ.

މި އަހަރުގެ އޯލެވެލް އަދި އެސްއެސްސީ އިމްތިހާނު، 7،000 އަށް ވުރެ ގިނަ ދަރިވަރުންނާ އެކު ފެށިއިރު، އިމްތިހާން ރާއްޖޭގެ 197 ސްކޫލެއްގައި ބާއްވަ އެވެ. ސްކޫލުތަކުން 5،500 އަށް ވުރެ ގިނަ ކުދިން އިމްތިހާން ހަދާއިރު، އަމިއްލަ 52 ސެންޓަރަކުން 1،538 ދަރިވަރުން އިމްތިހާނުގައި ބައިވެރިވެ އެވެ.

މީގެ ތެރޭގައި ސްރީ ލަންކާގައި ހުންނަ މޯލްޑިވްސް އެޑިއުކޭޝަން އެންޑް ކަލްޗަރަލް ސެންޓަރުގައި އެސްއެސްސީ އިމްތިހާނު ހަދާ 12 ދަރިވަރުން ވެސް ހިމެނެ އެވެ. އޯލެވެލް އަދި އެސްއެސްސީ އިމްތިހާން އަންނަ މަހުގެ 14 ގެ ނިޔަލަށް ކުރިއަށް ދާނެ ކަމަށް އެޑިއުކޭޝަން މިނިސްޓްރީން ބުންޏެވެ.