Roadha Mihaaru
ޔޭޔޭ ކޮފީގެ "ސިޕް އެންޑް ވިން"ގެ ގުރުއަތުލުން މިރޭ

ޔޭޔޭ ކޮފީގެ "ސިޕް އެންޑް ވިން" ޕްރޮމޯޝަންގެ އިނާމް ލިބޭ ފަރާތްތައް މިރޭ އިއުލާންކުރަނީ

03 އޮކްޓޯބަރ 2017

ބީއެޗްއެމް ޓްރޭޑާސް އިން ރާއްޖެ އަށް އެތެރެކޮށް ވިއްކަމުން އަންނަ މަޝްހޫރު ޔޭޔޭ ކޮފީގެ އަގުބޮޑު ޕްރޮމޯޝަންގެ ފުރަތަމަ ބުރުގައި ގުރުއަތުން ހޮވޭ ފަރާތްތައް މިރޭ އިއުލާންކުރާ ގޮތަށް ހަމަޖައްސައިފި އެވެ.

ބީއެޗްއެމް ޓްރޭޑާސް އިން ރާއްޖެ އަށް އެތެރެކޮށް ވިއްކަމުން އަންނަ މަޝްހޫރު ޔޭޔޭ ކޮފީގެ އަގުބޮޑު ޕްރޮމޯޝަންގެ ފުރަތަމަ ބުރުގައި ގުރުއަތުން ހޮވޭ ފަރާތްތައް މިރޭ އިއުލާންކުރާ ގޮތަށް ހަމަޖައްސައިފި އެވެ.

ބީއެޗްއެމްގެ އޮފިޝަލަކު ވިދާޅުވީ "ސިޕް އެންޑް ވިން"ގެ ނަމުގައި ފެށި ޕްރޮމޯޝަންގެ ދަށުން އެއް މިލިއަން ރުފިޔާގެ އަގުހުރި އިނާމު ދޫކުރާނެ ކަމަށެވެ. އެ ޕްރޮމޯޝަންގެ ފުރަތަމަ ބުރުގެ ގުރުއަތުން އިނާމް ލިބޭ ފަރާތް އިއުލާންކުރަން ހަމަޖެހިފައި ވަނީ ޕީއެސްއެމް އާއި ރާއްޖެ ޓީވީން ވެސް ދައްކާނެ ކަމަށެވެ.

މިދިޔަ މަހު އެކަކުން ފެށިގެން އަންނަ އަހަރުގެ ޖެނުއަރީގެ ނިޔަލަށް ކުރިއަށް ގެންދާ ޕްރޮމޯޝަންގައި، ކޮންމެ މަހަކު ގުރުއަތުން ހޮވޭ 15 މީހަކަށް ޑެލް ވޮސްޓްރޯ މަލްޓި މީޑިއާ ލެޕްޓޮޕް ދޭން ވަނީ ހަމަޖައްސައިފަ އެވެ. އަދި އޭގެ އިތުރުން ކޮންމެ ދުވަހަކު ވެސް 50 ބޯނަސް އިނާމްތަކެއް ދެމުން ގެންދެ އެވެ.

ބީއެޗްއެމް އިން ބުނީ ޕްރޮމޯޝަން ނިމުމުން ގުރުއަތުން ހޮވޭ މީހަކަށް ބޮޑު އިނާމެއްގެ ގޮތުގައި ޑެލް އިންސްޕިރޮން ގޭމިން ލެޕްޓޮޕެއް ދޭން ހަމަޖެހިފައިވާ ކަމަށެވެ.

ޕްރޮމޯޝަންގައި ބައިވެރި ވެވޭނީ ޔޭޔޭ ކޮފީ ގަތުމުން ދޫކުރާ ކޫޕަނުގައި ފޮރުވާފައިވާ ކޯޑު 5757 އަށް އެސްއެމްއެސް ކުރުމުންނެވެ. ބީއެޗްއެމް އިން ބުނީ ގަންނަ ކޮންމެ 10 ޔޭޔޭ ކޮފީ ޕެކެޓަކަށް ލިބޭނީ އެއް ކޫޕަން ކަމަށާއި ބޮޑު ޕެކެޓެއް ގަތުމުން ފަސް ކޫޕަން ލިބޭނެ ކަމަށެވެ.