Roadha Mihaaru
ބީއެޗްއެމުން މިހާރު އޮންލައިންކޮށް ވިޔަފާރި ކުރެވޭނެ

ބީއެޗްއެމުން މިހާރު އޮންލައިންކޮށް ވިޔަފާރި ކުރެވޭނެ

20 ޖޫން 2020

ރާއްޖޭގައި ފުޅާ ދާއިރާއެއްގައި ހޯލްސޭލްގެ ހިދުމަތް ދެމުން އަންނަ ބީއެޗްއެމް ޓްރޭޑާސް އިން އޮންލައިންކޮށް ވިޔަފާރިކުރެވޭ ގޮތް ހަދައިފި އެވެ.

އިދުހާމް ނައީމް އިދުހާމް ނައީމް

ރާއްޖޭގައި ފުޅާ ދާއިރާއެއްގައި ހޯލްސޭލްގެ ހިދުމަތް ދެމުން އަންނަ ބީއެޗްއެމް ޓްރޭޑާސް އިން އޮންލައިންކޮށް ވިޔަފާރިކުރެވޭ ގޮތް ހަދައިފި އެވެ.

ބީއެޗްއެމްއަކީ ރާއްޖޭގެ އެކި ސަރަހައްދުތަކުގެ ގިނަ އަދަދެއްގެ ވިޔަފާރިތަކަށް މުދާ ފޯރުކޮށްދޭ ކުންފުންޏެކެވެ. އެހެންކަމުން މިހާރު އެ ކުންފުނީގެ ވެބްސައިޓް store.bhmtraders.com މެދުވެރިކޮށް ރަށުގައި ތިބެގެން ވެސް އޯޑަރު ކުރެވޭނެ އެވެ.

އޮންލައިންކޮށް ވިޔަފާރި ކުރާ ކަސްޓަމަރުންގެ ވިޔަފާރިތައް ވެބްސައިޓުގައި ރަޖިސްޓްރީ ކުރަން ޖެހޭނެ އެވެ. އެއަށްފަހު ގަންނަން ބޭނުންވާ ތަކެތި ގަތުމަށް ފަހު އޮންލައިންކޮށް ފައިސާ ދެއްކޭނެ އެވެ. ފައިސާ ދެއްކުމުން ޑެލިވަރީ އަށް ބީއެޗްއެމުން ގުޅާނެ އެވެ. އަދި ބުނާ ސަރަހައްދަކަށް ޑެލިވަރީ ކޮށްދޭނެ އެވެ.

ބީއެޗްއެމުން ވަނީ އެ ކުންފުނީގެ ވެބްސައިޓް މެދުވެރިކޮށް، ނޯތު ހާބަރަށް ޑެލިވަރީ ކުރަން ޖެހޭ މުދަލުން ދުވާލެއްގެ މައްޗަށް ނަގާ އޯޑަރުތައް ލިމިޓުކޮށްފަ އެވެ.

އެ ކުންފުނީގެ ވެބްސައިޓުން ހުކުރު ދުވަސް ފިޔަވައި ކޮންމެ ދުވަހެއްގެ ހެނދުނު 10:00 އިްން ފެށިގެން އޯޑަރު ކުރެވޭނެ އެވެ. މިއީ އެ ކުންފުނީގެ ކަސްޓަމަރުންނަށް ވިޔަފާރި ކުރުމުގައި ލުއިތަކެއް ހޯދައި ދިނުމަށް ގެނައި ބަދަލެއް ކަމަށް ބީއެޗްއެމުން ބުންޏެވެ.