04 އޮކްޓޯބަރ 2017
ހުޅުލެ އާއި ހުޅުމާލެއާ ދެމެދު ދަތުރުކުރަން ހަދާ އާ ލިންކް ރޯޑު ނިމުމުން ހުޅުމާލޭ މަތިން ސީޕްލޭން އުދުހުން ހުއްޓޭނެ ކަމަށް ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަނުން މިއަދު ބުނެފި އެވެ.
ހުޅުލެ އާއި ހުޅުމާލެއާ ދެމެދު ދަތުރުކުރަން ހަދާ އާ ލިންކް ރޯޑު ނިމުމުން ހުޅުމާލޭ މަތިން ސީޕްލޭން އުދުހުން ހުއްޓޭނެ ކަމަށް ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަނުން މިއަދު ބުނެފި އެވެ.
އެޗްޑީސީގެ މެނޭޖިން ޑިރެކްޓަރު މުހައްމަދު ސައިމަން ވިދާޅުވީ ހުޅުމާލެ މަތިން ސީޕްލޭން ދަތުރުކުރާތީ އެކަމުގެ އުނދަގޫ ވަރަށް ގިނަ ބަޔަކަށް ކުރަމުން ދާ ކަމަށެވެ. ނަމަވެސް އާ މަގާ އެކު އެ މައްސަލައަށް ހައްލެއް ލިބޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.
ސައިމަން ވިދާޅުވި ގޮތުގައި އާ ލިންކް ރޯޑް ހެދުމާ އެކު، މިހާރު ބޭނުންކުރަމުން އަންނަ މަގު ކޮނެ، ހުޅުލޭގެ ވޯޓާ ރަންވޭ ފުޅާކުރަން ވަނީ ނިންމައިފަ އެވެ.
"އެ މަގު ހަދާ ނިމުމުން ސީ ޕްލޭން ދަތުރުކުރާނީ ހުޅުމާލޭގެ ފަރު މަތިން. މިހާރު ވަރަށް ގިނަ ބަޔަކަށް އުނދަގޫވޭ ހުޅުމާލެ މަތިން އަބަދު ސީ ޕްލޭން ދަތުރުކުރާތީ،" ސައިމަން ވިދާޅުވި އެވެ.
އުތުރުކޮޅުން އައިސް ހުޅުލެއަށް ޖައްސާ ނަމަ މިހާރު ސީޕްލޭންތައް ތިރިކުރަން ފަށަނީ ހުޅުމާލޭ މަތިންނެވެ. ބޯޓުފަހަރުގެ އަޑު ގަދަކަމުން، ގިނަ ބަޔަކަށް އޭގެ އުނދަގޫ ދިމާވެ އެވެ. އަދި އެއީ ރައްކާތެރިކަމުގެ ގޮތުން ވެސް ރަނގަޅު ކަމެއް ނޫން ކަމަށް އާންމުން ދެކެ އެވެ.
ހަތަރު ކިލޯ މީޓަރުގެ އާ ލިންކް ރޯޑުގައި ވެހިކަލް ދަތުރުކުރަން ހަތަރު ލޭން އޮވެ އެވެ. މި މަގު އަންނަ އަހަރު ބޭނުންކުރަން ފަށާނެ ކަމަށް ބެލެވެ އެވެ.
މާލޭ/ހުޅުލޭ ބްރިޖާ ގުޅުވައިގެން ހަދާ މި މަގު ޑިޒައިންކޮށް ތަރައްގީކުރަން ޗައިނާގެ ހުނާން އިންޖިނިއަރިންއާ ހަވާލުކުރީ 24 މިލިއަން ޑޮލަރު (370 މިލިއަން ރުފިޔާ) އަށެވެ. އެ ކަމަށް ބޭނުންވާ ބިމުގެ ބޮޑު ބައެއް މިހާރު ވަނީ ހިއްކާފަ އެވެ.
ހުޅުމާލެ- ހުޅުލެ ލިންކް ރޯޑުގައި ތާރު އަޅަން ފަށައިފި
އަމާޒަކީ ބްރިޖާއެކީ ހައިވޭގެ މަސައްކަތް ވެސް ނިންމުން
ހުޅުމާލެއާ ގުޅުވައިދޭ ލިންކް ރޯޑު ހިއްކައި ނިމެނީ
ބްރިޖާ ގުޅާލާ މަގު ހަދަން ޗައިނާ ކުންފުންޏަކަށް
ހުޅުލެ-ހުޅުމާލޭގެ ލިންކް ރޯޑު ހަދަން ބަޔަކު ހޯދަނީ
ބްރިޖްގެ އެއް ފަޅި ބަންދުކުރަނީ
ހުޅުމާލެ ލިންކް ރޯޑު ދިއްލަނީ
ހުޅުމާލެ ޓެކްސީ ޑްރައިވަރުން ހިމޭން މުޒާހަރާއެއް ކޮށްފި
ބްރިޖާ ހެދި ހުޅުމާލެއަށް ބާރު ބޮޑެއް ނުވާނެ: އެޗްޑީސީ
ހުޅުމާލޭ ލިންކް ރޯޑުގެ ތާރު އަޅަން ތައްޔާރުވަނީ