18 އޮކްޓޯބަރ 2017
އައިފޯން 10 އަށް ޚާއްސަކުރަން ޖެހިފައި ހުރި އީޖާދުތަކުގެ ސަބަބުން، ޑިމާންޑާ އެއްވަރަށް ސަޕްލައި ނުކުރެވޭނެ ކަމަށް ލަފާކޮށްފި އެވެ.
އައިފޯން 10 އަށް ޚާއްސަކުރަން ޖެހިފައި ހުރި އީޖާދުތަކުގެ ސަބަބުން، ޑިމާންޑާ އެއްވަރަށް ސަޕްލައި ނުކުރެވޭނެ ކަމަށް ލަފާކޮށްފި އެވެ.
އައިފޯނަށް މި އަހަރު 10 އަހަރު ފުރޭއިރު، އައިފޯން މުޅިން ބަދަލުކޮށްލަން އެޕަލް ވަރަށް މަސައްކަތްކުރެ އެވެ. އެ ގޮތުގައި އައިފޯނަށް ގެންނަ ދެމެހެއްޓެނިވި ބަދަލުތަކުގެ ތެރޭގައި، އައިފޯން އާއިލާ އަށް "އޯލެޑް" ޑިސްޕްލޭ ތައާރުފުކުރުން ހިމެނެ އެވެ. ފޯނު ބޭނުންކުރާ މީހާ ދެނެގަނެވޭ ފެންވަރަށް ތަރައްގީކުރެވޭ "އޭ11 ބަޔޮނިކް" ޗިޕް ޚާއްސަކޮށްފައި ވަނީ ވެސް އައިފޯން 10 އަށެވެ.
އައިފޯން 10ގެ ސެކިޔުރިޓީ ހަރުދަނާކުރުމަށްޓަކައި، މީހުން ވަކިކުރަން އެނގޭ ފެންވަރަށް ކެމެރާ ތަރައްގީކުރެވޭނެ ކަމަށް އެޕަލްއިން ބުނެ އެވެ. އެ ކަމަށް ޓަކައި ކުރެވޭ މަސައްކަތްތަކުގެ ސަބަބުން، އައިފޯން 10 އުފެއްދުން ލަސްވަމުން ދާ ކަމަށް ވެސް ބުނެވެ އެވެ.
އެޕަލްއިން ކުރާ މަސައްކަތްތައް ދެނެހުރި މީކަހު ބުނި ގޮތުގައި އަދި މިހާތަނަށް ނިމުނީ އައިފޯން 10ގެ މަދު ފޯނެކެވެ. އެއީ ގާތްގަނޑަކަށް ބައި ލައްކަ އަށް ވުރެ ވެސް މަދު އަދަދެއް ކަމަށް ބުނެވެ އެވެ.
އޮކްޓޯބަރު 27 ވަނަ ދުވަހު "ޕްރީއޯޑާ" އަށް ފުރުސަތު ހުޅުވާލުމަށް އެޕަލް ވިސްނަމުން ދާއިރު، މިހާރަށް ނިމިފައި ހުރި ފޯނުތައް ވަނީ ޔުނައިޓެޑް އަރަބް އެމިރޭޓްސް އަދި ނެދަލޭންޑްސް އަށް ފޮނުވާފައި ކަމަށް ވެސް ބުނެވެ އެވެ.
މި އަހަރުގައި ބާކީ ގިނަ ދުވަސްތަކެއް ނެތެވެ. ނަމަވެސް އަންދާޒާކުރާ މީހުން ދެކޭ ގޮތުގައި 2017 ގައި ބާކީ އޮތް ދުވަސްތަކަށް 30 މިލިއަން އަދި އެ އަށް ވުރެ ވެސް ގިނައިން، އައިފޯން 10 އުފައްދަންޖެހިދާނެ އެވެ.
މަސްރަހު ލަފާކުރާ މީހުން ދެކޭ ގޮތުގައި، ފޮކްސްކޮން އަށް ލެވެން ހުރި ހިތްވަރެއް ލައިގެން ވެސް، ޑިމާންޑާ އެއްވަރަށް މި އަހަރު އައިފޯނު 10 އުފެއްދޭނެ ކަމަކަށް ނުފެނެ އެވެ.
އައިފޯން 11 އަށް ސަޕްލައިކޮށްދޭ މީހުން މާޔޫސްވެފައި
އައިފޯނު އުފައްދާ އަދަދު މަދުކުރަނީ
އައިފޯން 10ގެ ސްކްރީނަށް ރޮނގެއް އަރަނީ
އައިފޯން 10 އަށް ވަކި ފިނިހޫނުމިނެއް ބޭނުންވޭ
އައިފޯން 10ގެ ޑިސްޕްލޭގައި ޑިސްޕްލޭ ނުވާ ބައެއް
ބޮޑެތި ބަދަލުތަކާ އެކު އާ އައިފޯނުތައް ތައާރަފްކޮށްފި
އައިފޯން 8 އާއި 8 ޕްލަސް އަދި 10 ތައާރަފްކޮށްފި
އެޕަލްގެ އެކްޓިވް ޑިވައިސްތައް 1.8 ބިލިއަނަށް
މުޅިން ބިއްލޫރިން ހުންނަ އައިފޯން އެޕަލްއިން ނެރެފާނެ
އެޕަލް އިން "ސެލްފް-ސާވިސް ރިޕެއާ" ޕްރޮގްރާމެއް