Roadha Mihaaru
އައިފޯން 10 އަށް ވަކި ފިނިހޫނުމިނެއް ބޭނުންވޭ

އައިފޯން 10 އަށް ވަކި ފިނިހޫނުމިނެއް ބޭނުންވޭ

13 ނޮވެމްބަރ 2017

މޮޅު ޑިވައިސްތަކުގެ ފަހަތުން އަބަދު ދުވާ މީހުންނަށް ލަނޑުލިބޭ ފަހަރު ވެސް އާދެ އެވެ. ފަހުން ހޯދަން މަޑުކުރުމުން ވެސް ކެހިލިބެ އެވެ. އެކަމަކު ވެސް ބުއްދިވެރީ ކެތްތެރިވުމެވެ.

އަހުމަދު ނިޔާޒް އަހުމަދު ނިޔާޒް

މޮޅު ޑިވައިސްތަކުގެ ފަހަތުން އަބަދު ދުވާ މީހުންނަށް ލަނޑުލިބޭ ފަހަރު ވެސް އާދެ އެވެ. ފަހުން ހޯދަން މަޑުކުރުމުން ވެސް ކެހިލިބެ އެވެ. އެކަމަކު ވެސް ބުއްދިވެރީ ކެތްތެރިވުމެވެ.

އެޕަލް ވެބްސައިޓްގައި ބުނާ ގޮތުން، އައިފޯން އެންމެ ފުރިހަމަކޮށް މަސައްކަތްކުރުމަށް ވަކި ފިނިހޫނު މިނަކަށް ބޭނުން ވެ އެވެ. އެއީ 0-35 ޑިގްރީ ސެލްސިއަސް އެވެ. އެ ނޫން ގޮތެއްގައި ފޯނުގެ މަސައްކަތްތަކަށް ހުރަސްއެޅި، އޮޕަރޭޓްކުރަން ދަތިވުން އެކަށީގެންވެ އެވެ.

އައިފޯން 10 އަށް މި މައްސަލަ ދިމާވެގެން ބަޔަކު ހަޅޭއްލަވާތީ އިވިއްޖެ އެވެ. މާ ބޮޑަށް ފިނިވުމުން، އައިފޯން 10 މަސައްކަތް ނުކުރަނީ އެވެ. ބައެއް ފަހަރު މަސައްކަތްތަކަށް އޮޅުން އަރަނީ އެވެ. ފޯނު ހުއްޓި، ހިނގައިގަންނަށް އުނދަގޫވަނީ އެވެ.

އައިފޯން 10 އަށް މައްސަލަތަކެއް ދިމާވެގެން އުޅޭކަން އެނގޭ ކަމަށް އެޕަލް އިން ބުންޏެވެ. އެ ބުނާ މައްސަލަތަކުގެ ތެރޭގައި، ފޯނުގެ ސްކްރީނަށް ނޫކުލަ އެރުން، މާ ބޮޑަށް ފިނިވުމުން ފޯނުގެ މަސައްކަތްތަކަށް ދަތިވުން އަދި ފާސްޓް ޗާޖިންގައި އުޅޭ މައްސަލަ ހިމެނެ އެވެ.

އެޕަލްއިން ވަފާތެރިންނަށް ނަސޭހަތްތެރިވީ ދެރަނުވުމަށެވެ. މައްސަލަތައް ހައްލުކޮށް އަވަސް ހައްލެއް ހޯދައިދޭނެ ކަމަށް ވެސް ބުންޏެވެ.