ރާއްޖެ އިން ސްރީ ލަންކާ އަށް ކަނޑައެޅި އާ ސަފީރު މުހައްމަދު ހުސެއިން ޝަރީފް (މުންދު) ގެ މަގާމުގެ ފަތްކޮޅު އެ ގައުމުގެ ރައީސް މައިތްރިޕާލާ ސިރިސޭނާ އަށް މިއަދު ހެނދުނު އަރުވާ ގޮތަށް ނިންމަވައިފި އެވެ.
ރާއްޖެ އިން ސްރީ ލަންކާ އަށް ކަނޑައެޅި އާ ސަފީރު މުހައްމަދު ހުސެއިން ޝަރީފް (މުންދު) ގެ މަގާމުގެ ފަތްކޮޅު އެ ގައުމުގެ ރައީސް މައިތްރިޕާލާ ސިރިސޭނާ އަށް މިއަދު ހެނދުނު އަރުވާ ގޮތަށް ނިންމަވައިފި އެވެ.
މުންދުގެ ސަފީރުކަމުގެ ފަތްކޮޅު ރަސްމިއްޔާތު ބާއްވަން ނިންމާފައި ވަނީ އެނގިފައިވާ ގޮތުގައި މިއަދު ހެނދުނު 10:30 ގަ އެވެ.
ލަންކާގައި ހުންނަވާ ދިވެހި ސަފީރުކަމަށް މިދިޔަ މަހުގެ ހަވަނަ ދުވަހު މުންދު އައްޔަން ކުރައްވައި އޭނާ އަށް ރައީސް އަބްދުﷲ ޔާމީން މަގާމުގެ ފަތްކޮޅު އެރުވި ނަމަވެސް، އެ ގައުމުގެ ރައީސް ސިރިސޭނާ އަށް އެ ފަތްކޮޅު އެރުވުން ލަސްވާތީ އިދިކޮޅު ފަރާތްތަކުގެ ފާޑުކިޔުންތައް މިހާތަނަށް އޮތީ އަމާޒުވެފަ އެވެ. އަދި ލަންކާގައި ހުންނަވާ ދިވެހި ސަފީރަކަށް މުންދު އައްޔަން ކުރުމާ ދެކޮޅު ހަރަކާތްތަކެއް ވެސް އިދިކޮޅު ފަރާތްތަކުން އައީ ހިންގަމުންނެވެ.
މުންދު އިއްޔެ "މިހާރު" އަށް ވިދާޅުވެފައި ވަނީ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުން ލަންކާ ސަފީރަކަށް އޭނާ އައްޔަން ކުރެއްވީ ލަންކާ ސަރުކާރުގެ ހުއްދަ ލިބުމާ ގުޅިގެންނެވެ. އެހެންވެ، މަގާމުގެ ފަތްކޮޅު ސިރިސޭނާ އަށް ނޭރުވި ލަސްވެގެން ކަންބޮޑުވެވަޑައިނުގަންނަވާ ކަމަށް އޭނާ ވިދާޅުވި އެވެ.
"ލަންކާގެ ރިޔާސަތާއިި ފޮރިން މިނިސްޓްރީން ވަނީ އަޅުގަނޑު ސަފީރަކަށް އައްޔަން ކުރަން ހުއްދަ ދެއްވާފައި،" މިވަގުތު ލަންކާގައި ހުންނެވި މުންދު ވިދާޅުވި އެވެ.
ލަތީފް ޖަރުމަނު ސަފީރަކަށް، ލަންކާއަށް އުމަރު
ލަންކާގައި ހުންނަ ޑެޕިއުޓީ އެމްބެސެޑާ ކަމަށް ފައިސަލް
މުންދުގެ ސަފީރުކަމުގެ ފަތްކޮޅު ސިރިސެނާއަށް އަރުވައިފި
މަސްއޫދު، ސަފީރުކަމުގެ ފަތްކޮޅު ރަނިލްއަށް އަރުވައިފި
ޝާހިދު، ލަންކާގެ ރައީސާއި ބޮޑުވަޒީރާ ބައްދަލުކޮށްފި
ލަންކާގެ ދިވެހި ސަފީރަކަށް އަލީ ފާއިޒު އައްޔަންކުރަނީ
ރާއްޖެ-މޮރިޝަސް އިމުގެ މައްސަލާގައި ނުދައްކާ ވާހަކަ!
ރަޝިއާ އަށް ކަނޑައަޅާ ސަފީރަކަށް މުންދު އައްޔަންކުރަނީ
ގާތް ގައުމަކުން ރާއްޖެ އާމެދު ހަސަދަވެރިވޭ: ސައީދު
"ލަންކާއާ އެކު އޮތް ގުޅުން އާ ސަފީރުން ބަދަހިކުރާނެ"