Roadha Mihaaru
ރަޝިއާ އަށް ކަނޑައަޅާ ސަފީރަކަށް މުންދު އައްޔަންކުރަނީ

ރަޝިއާ އަށް ކަނޑައަޅާ ސަފީރުގެ މަގާމަށް ކަމަށް މުންދު އައްޔަންކުރަން ފާސްކޮށްފި

27 ޖޫން 2018

ރާއްޖެ އިން ރަޝިއާ އަށް ކަނޑައަޅާ ނޮން ރެސިޑެންޓް ސަފީރު ކަމަށް މުހައްމަދު ހުސައިން ޝަރީފް (މުންދު) އައްޔަން ކުރަން ރައްޔިތުންގެ މަޖިލީހުން މިއަދު ރުހުން ދީފި އެވެ.

މުހައްމަދު ޔާމީން މުހައްމަދު ޔާމީން

ރާއްޖެ އިން ރަޝިއާ އަށް ކަނޑައަޅާ ނޮން ރެސިޑެންޓް ސަފީރު ކަމަށް މުހައްމަދު ހުސައިން ޝަރީފް (މުންދު) އައްޔަން ކުރަން ރައްޔިތުންގެ މަޖިލީހުން މިއަދު ރުހުން ދީފި އެވެ.

މަޖިލީހުގެ މިއަދުގެ ޖަލްސާގައި މުންދު އަށް ރުހުން ދޭން ފެންނަ ކަމަށް ފާސްވީ ވޯޓުގައި ބައިވެރިވި ޕީޕީއެމް/އެމްޑީއޭ ކޯލިޝަންގެ 36 މެމްބަރުންގެ އިއްތިފާގުންނެވެ. ދެ ވަނަ ދައުރުގެ ޖަލްސާތައް ފެށުނު ފަހުން، އިދިކޮޅު އެއްވެސް ޕާޓީއެއްގެ މެމްބަރަކު ޖަލްސާތަކަށް ހާޒިރުވެވަޑައެއް ނުގަންނަވަ އެވެ.

މުންދުގެ ނަން ދިރާސާ ކުރި ގައުމީ ސަލާމަތުގެ ކޮމިޓީން ނިންމާފައި ވަނީ އޭނާއަކީ ދާއިރާގެ ތަޖުރިބާ ލިބިވަޑައިގެން ހުންނެވި ބޭފުޅެއްގެ ގޮތުގަ އެވެ. އަދި ޑިޕްލޮމެޓިކް މިޝަނާއި ތައުލީމާއި ތަޖުރިބާގެ ގޮތުން ރަޝިއާ އަށް ކަނޑައަޅާ ނޮން ރެސިޑެންޓް ސަފީރަކަށް އައްޔަން ކުރަން އެކަށީގެންވާ ބޭފުޅެއް ކަމަށް ކޮމިޓީގެ ނިންމުމުގައިވެ އެވެ. އެހެންވެ، ކޮމިޓީން މުންދުގެ ނަން ފާސް ކުރީ އިންޓަވިއު ކުރުމަކާ ނުލަ އެވެ.

މިދިޔަ އަހަރުގެ އޮގަސްޓު މަހުން ފެށިގެން މުންދު މިހާތަނަށް ހުންނެވީ ރާއްޖެ އިން ލަންކާ އަށް ކަނޑައަޅާފައި ހުންނަވާ ސަފީރުގެ މަގާމުގަ އެވެ. އޭގެ ކުރިން މުންދު ވަނީ ރާއްޖެ އިން ޖަޕާނަށް ކަނޑައަޅާ ސަފީރު ކަން ވެސް އަހަރެއްހާ ދުވަސް ވަންދެން ކުރައްވައިފަ އެވެ.

ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމްގެ ސަރުކާރުގައި ރައީސް އޮފީހުގެ ތަރުޖަމާނުކަން ކުރެއްވި މުންދު ވަނީ ޑިޕްލޮމަސީގެ ދާއިރާ އިން މާސްޓާސް ނަންގަވައިފަ އެވެ. މައުމޫންގެ ސަރުކާރުގައި އޭނާ އެންމެ ފުރަތަމަ އަދާކުރެއްވި ވަޒީފާއަކީ ރައީސް އޮފީހުގެ އެސިސްޓެންޓް ޑިރެކްޓަރުގެ މަގާމެވެ.

މައުމޫންގެ ސަރުކާރަށް ފަހު، މިހާރުގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގައި މުންދު ވަނީ ޔޫތު އެންޑް ސްޕޯޓްސް މިނިސްޓަރުކަމާއި ރައީސް އޮފީހުގެ މިނިސްޓަރުކަން ވެސް ކުރައްވައިފަ އެވެ.